Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިޓާލިއަން ސެރީއޭ

އިޓާލިއަން ސެރީއޭ: ފިއޮރެންޓީނާ އަތުން ބަލިވެ ނަޕޯލީގެ ހުވަފެން ބިލާހަކަށް

މި މެޗުން ނަޕޯލީ ބަލިވީ 3-0 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 30 އެޕްރީލު 2018 | ހޯމަ 01:32
ނަޕޯލީ އަދި ފިއޮރެންޓީނާ ކުޅުނު މެޗުގެ ތެރެއިން

ނަޕޯލީ އަދި ފިއޮރެންޓީނާ ކުޅުނު މެޗުގެ ތެރެއިން

އިޓާލިއަން ސެރީގައި ފިއޮރެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ތަށި ހޯދުމަށް ނަޕޯލީއިން ދެކެމުން އައި ހުވަފެން ބިލާހަކަށް ވެއްޖެއެވެ.

ރަށުން ބޭރުގައި ފިއޮރެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުން ނަޕޯލީ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މި ދެ ޓީމު ސީޒަނުގެ ކުރީކޮޅު ނަޕޯލީގެ ދަނޑުގައި ކުޅުނު މެޗު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި މެޗާއި ނަޕޯލީއިން ކުރިމަތިލީ މި މެޗު ކާމިޔާބުކުރުމުގެ އުއްމީދުގައި ކަމަށްވާއިރު ތަށި ކާމިޔާބުކުރުމުގެ ކުޑަވެސް ފުރުސަތެއް އެ ޓީމަށް އޮތީ މި މެޗަށް ނުކުތްއިރު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. ދެ ޓީމުން ވެސް މި މެޗަށް ނެރެފައިވަނީ ވަރުގަދަ ފުރަތަމަ އެގާރައެކެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތައް އުފެއްދުމަށް މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް މެޗުގައި ނަޕޯލީއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އެ ޓީމުގެ ޑިފެންޑަރު ކަލިޑޫ ކުލިބާލީއަށް މެޗުގެ އަށްވަނަ މިނެޓުގައި ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމެވެ. މި ރަތް ކާޑު ދެއްކީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ގެ މަޝްވަރާއާއެކުއެވެ. 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ނަޕޯލީ ކޮޅަށް ފިއޮރެންޓީނާގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 34 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖިއޮވާނީ ސިމިއޯނޭއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ފިއޮރެންޓީނާއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް މޮޅު ކުޅުމެއް ދައްކައި ނަޕޯލީގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި ވެސް ޖަހައިދިނީ ޖިއޮވާނީއެވެ. ނަޕޯލީގެ ފަރާތުން ދެވަނަ ހާފުގައި ދަށް ކުޅުމެއް ފެނިގެންދިޔައިރު ޖިއޮވާނީ ވަނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ލަނޑެއް ޖަހާ އޭނާގެ ހެޓްރިކް މި މެޗުގައި ފުރިހަމަކޮށްފައެވެ.

ސެރީއޭގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު އޭސީ މިލާން ވަނީ ރަށުން ބޭރުގައި 2-1 އިން ބޮލޯންޔާ ބަލިކޮށްފައެވެ. ލާޒިއޯ ވެސް ވަނީ 1-0 އިން ޓޮރީނޯ ބަލިކޮށްފައެވެ. އުދިނޭޒީ އަދި ބެނެވެންޓޯ ކުޅުނު މެޗު 3-3 އިން އެއްވަރުވިއިރު އެޓްލާންޓާ ވަނީ އަމިއްލަ ދަނޑުގައި 3-1 އިން ޖެނޯއާ ބަލިކޮށްފައެވެ.

ސެރީއޭގެ ތަށި ހޯދުމަށް ނަޕޯލީއިން ކުރަމުން އައި އުއްމީދުތައް އެއްކޮށް ފުނޑުފުނޑުވެގެން ގޮސްފައިވާއިރު އެ ޓީމަށް ތަށި ލިބެން އޮތް ހަމައެކަނި މަގަކީ ޔުވެންޓަސް ދެން ކުޅޭ ހުރިހާ މެޗަކުން ބަލިވެ، ނަޕޯލީ ކުޅޭ ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ.

ސެރީއޭގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ކުޅުނު 35 މެޗުން ލިބުނު 88 ޕޮއިންޓާއެކު ޔުވެންޓަސް އޮތްއިރު ނަޕޯލީ އޮތީނ 84 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. ތިންވަނައިގައި 70 ޕޮއިންޓާއެކު ރޯމާ އޮތްއިރު ހަތަރު ވަނައިގައި ހަމަ އެއަދަދަށް ޕޮއިންޓް ހޯދައިގެން އޮތީ ލާޒިއޯއެވެ. ރޯމާއަށް ލަނޑުގެ ތަފާތުން ކުރި ލިބޭއިރު ފަސް ވަނައިގައި އޮތީ އިންޓަ މިލާންއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު