Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ފެލައިނީގެ ލަނޑުން ޔުނައިޓެޑް ފަހުވަގުތު މޮޅުވެއްޖެ

މި މެޗުން ޔުނައިޓެޑް މޮޅުވީ 2-1 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 30 އެޕްރީލު 2018 | ހޯމަ 01:33
ޔުނައިޓެޑްގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ޔުނައިޓެޑްގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގައި މަރުއާން ފެލައީނީ ފަހު ވަގުތު ކާމިޔާބުކުރި ލަނޑުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑު ކަމަށްވާ އޯލްޑް ޓްރެފޯޑްގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މި ދެ ޓީމު ސީޒަނުގެ ކުރީކޮޅު އާސެނަލްގެ ދަނޑުގައި ކުޅުނު މެޗު ވެސް 3-1 އިން ކާމިޔާބުކުރީ ޔުނައިޓެޑްއެވެ. މި މެޗާއި އާސެނަލް ކުރިމަތިލިއިރު އެ ޓީމު މިއަހަރުގެ ތެރޭގައި ރަށުން ބޭރުގައި ކުޅުނު އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. މި މެޗާއި ޔުނައިޓެޑްއިން ކުރިމަތިލީ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކުރުމުގެ އުއްމީދުގައި ކަމަށްވާއިރު އެ ޓީމުން ނެރެފައިވަނީ ވަރުގަދަ ފުރަތަމަ އެގާރައެކެވެ. އެހެން ނަމަވެސް އާސެނަލްގެ ފަރާތުން މި މެޗަށް ނެރުނު ފުރަތަމަ އެގާރައިން ގިނަ ބަދަލުތަކެއް ވަނީ ފެނިގެންގޮސްފައެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ މެންޗެސްޓާ ޔުނައިޓެޑްއިންނެވެ. މެޗުގެ 16 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާއެވެ. މި ލަނޑަށްފަހު އާސެނަލްއިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ހަމަލާ އުފެއްދުމަށް މަސައްކަތްކޮށްފައިވެއެވެ. މި ހާފުގެ ފަހުވަގުތުކޮޅުގެ ތެރޭގައި އޭޝްލީ ޔަންގް ފޮނުވާލި ހަމަލާއެއް އާސެނަލްގެ ގޯލުގެ ދަނޑިއަށް އަމާޒުވެފައިވެއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ޔުނައިޓެޑްއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި އާސެނަލްއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން މެޗުގެ 51 ވަނަ މިނެޓުގައި އެ ޓީމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޔުނައިޓެޑް ދޫކޮށް އެ ޓީމާއި ގުޅުނު ހެންރިކް މިޚްތަރިޔާންއެވެ. މި ލަނޑަށްފަހު ދެ ޓީމަށް ވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތައް ލިބިގެންދިޔައިރު މި މެޗުން ޔުނައިޓެޑް މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކުޅެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި މަރުއާން ފެލައިނީއެވެ.

މި މެޗުގައި ޖެހި ލަނޑާއެކު މިޚްތަރިޔާން ވެގެންގޮސްފައިވަނީ އެއް ސީޒަނެއްގައި ޔުނައިޓެޑަށް ކުޅެ، އެ ޓީމާއި ދެކޮޅަށް ލަނޑު ވެސް ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ހަމައެހެންމެ މިއަހަރުގެ ތެރޭގައި ރަށުން ބޭރުގައި ކުޅުނު އެއްވެސް މެޗަކުން އާސެނަލް މޮޅުނުވުމުގެ ސިލްސިލާއަށް މި މެޗަކީ އިތުރުވެގެންދިޔަ ބޮޅެކެވެ. މިއީ 1996 ވަނަ އަހަރުގެ ފަހުން ޖެހިޖެހިގެން މިހާ ގިނަ މެޗުން އެ ޓީމު ބަލިވި ފުރަތަމަ ފަހަރެވެ.

ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގައި ޔުނައިޓެޑް އޮތީ ކުޅުނު 35 މެޗުން ލިބުނު 77 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. އާސެނަލް އޮތީ 57 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު