Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކަންގަނާ

ކޭންސް ރެޑްކާޕެޓްގައި ފުރަތަމަ ފަހަރަށް ކަންގަނާ

ކޭންސް ފިލްމު ފެސްޓިވަލް ބާއްވަނީ ފްރާންސްގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 25 އެޕްރީލު 2018 | ބުދަ 06:23
ކަންގަނާ

ކަންގަނާ

މިއަހަރުގެ މޭމަހުގެ 8 އިން 19 ވަނަ ދުވަހާއި ހަމައަށް ބާއްވާ ކޭންސް ފިލްމް ފެސްޓިވަލްގައި ބޮލީވުޑްގެ ތަރި ކަންގަނާ ރަނާވަތު ރެޑްކާޕެޓްގައި ފެންނާނެއެވެ. ކަންގަނާ ފެނިގެން ދާނީ ބްރޭންޑް އެންބެސެޑަރެއްގެ ގޮތުގައެވެ. އޭނާ ފެނިގެންދާނީ ކްލޯއީ ގޯޓްލީބްގެ ޑިޒައިންތަކުންނެވެ.

މީގެ އިތުރުން މިފަހަރުގެ ކޭންސް ފިލްމު ފެސްޓިވަލްގައި އިންޑިއާގެ ސިނަމާތަކުގެ ރެޕްރެޒެންޓޭޓިވްއަކީ ވެސް ކަންގަނާއެވެ. ކުރިއަށް އޮތް އަހަރުގެ ތެރޭގައި ފެށުމަށް ހަމަޖައްސާ ފިލްމާއި ޑޮކިއުމެންޓްރީތަކާއި ގުޅޭ މައުލޫމާތު ވެސް ހާމަކުރުމަށް ހަމަޖެހިފައިވާ ކޭންސް ފިލްމު ފެސްޓިވަލްގެ ޖޫރީ ރައީސަކީ އޮސްޓްރޭލިއާގެ ބަތަލާ ކޭޓް ބްލެންޝެޓެވެ.

މިއީ ކަންގަނާ ކޭންސް ފިލްމު ފެސްޓިވަލްގެ ރެޑް ކާޕެޓުގައި ހިނގާ ފުރަތަމަ ފަހަރެވެ.

މިއަހަރު ބާއްވާ ކޭންސް ފިލްމު ފެސްޓިވަލްގައި ކަންގަނާ ރެޑްކާޕެޓްގައި ހިނގާއިރު މިއަހަރަކީ އޭނާއަށް އުފާވެރި އަހަރެކެވެ. އެގޮތުން އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ މިޝެލް އޮބާމާ އަދި މަޝްހޫރު އަންހެން ޝަހުސިއްޔަތެއް ކަމަށްވާ އޮޕްރާ ވިންފްރީއާއި އެކީގައި އެއް ސްޓޭޖަކުން ޕާފޯމް ކުރަން އޭނާއަށް ވަނީ ލިބިފައެވެ. ކަންގަނާއަށް އެ ފުރުސަތު ލިބުނީ އިންޑިއާ އަށް މިނިވަންކަން ހޯދައި ދިން މަހާތުމާ ގާންދީގެ ސިޔާސަތުތަކާއި އޭނާގެ ގެންގުޅުނު އުސޫލްތައް ދިރުވުމާ ގުޅޭ ގޮތުން ބާއްވާ ސަމިޓް ކަމަށްވާ ގާންދީ ގޯޒް ގްލޯބަލްގައެވެ. މި ސަމިޓް އޮންނާނީ އަންނަ އޮގަސްޓް މަހުގެ 18-19 އަށް އެމެރިކާގެ ނިއު ޖާޒީގައެވެ.

ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން ކަންގަނާ މިހާރު މަސައްކަތް ކުރަމުން އަންނަނީ މަނިކާނިކާ އާއި މެންޓަލްހޭ ކިޔާގެ މަސައްކަތެވެ. ތެލުގޫ ޑައިރެކްޓަރ ރާޖާ ކްރިޝްނާ ޖަގަލްމޫޑީ ޑައިރެކްޓް ކުރާ މަނިކާނިކާ ގައި އޭނާގެ އިތުރުން ފެނިގެންދަނީ އަންކިތާ ލޮކަންޑޭއާއި ސޯނޫ ސޫދު، އަތުލް ކުލްކާނީ އަދި ޖިޝޫ ސެންގުޕްތާއެވެ. ކުރިން މަނިކާނިކާ ރިލީޒް ކުރުމަށް ހަމަޖެހިފައި އޮތީ މިމަހުގެ 27 ގައެވެ. އެހެން ނަމަވެސް ފަހުން އެ ފިލްމު ވަނީ އޮގަސްޓަށް ލަސްކޮށްލާފައެވެ. ކަންގަނާ ބުނެފައިވަނީ އޭނާ މި ފިލްމުން ފެނިގެންދާނީ އެކި "ޝޭޑް" ތަކުންނެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2017

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!
01 މާރިޗު 2017

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
25 ފެބުރުއަރީ 2017

"ރަންގޫން" ގައި އަހަރެންގެ ބައެއް މަންޒަރުތައް ވަނީ އުނިކޮށްފައި: ކަންގަނާ

25 ފެބުރުއަރީ 2017
"ރަންގޫން" ގައި އަހަރެންގެ ބައެއް މަންޒަރުތައް ވަނީ އުނިކޮށްފައި: ކަންގަނާ
23 ފެބުރުއަރީ 2017

ސަލްމާން ހާންގެ "ޓިޔުބްލައިޓް" ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

23 ފެބުރުއަރީ 2017
ސަލްމާން ހާންގެ "ޓިޔުބްލައިޓް"  ފުރަތަމަ ޓްރައިލާ އެޕްރީލް މަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު