Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން

ވެރިކަމާ ހެދި އުޅޭ މީހުންގެ އަމަލުތަކުން ސިފައިން ރާއްޖެ ސަލާމަތް ކުރަންޖެހޭ: ރައީސް

21 އެޕްރީލު 2018 | ހޮނިހިރު 10:44

ބާރުތަކުގެ ބޭނުން ނާޖައިޒު ގޮތުގައި އެބަ ހިފާ: ރައީސް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 21 އެޕްރީލު 2018 | ހޮނިހިރު 10:44
އާންމު އެއްވުމެއްގައި ސިފައިންގެ ހިމާޔަތުގައި ރައީސް ޔާމީން

އާންމު އެއްވުމެއްގައި ސިފައިންގެ ހިމާޔަތުގައި ރައީސް ޔާމީން

ވެރިކަމުގެ ދަހިވެތިކަމުގައި ޣައިރު ޤާނޫނީ ޢަމަލުތައް ހިންގާ ފަރާތްތަކުގެ ކިބައިން ސިފައިން ޤައުމު ސަލާމަތް ކުރަން ކުރަންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ސިފައިންގެ 126 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ޔާމީން ވިދާޅުވީ ދިވެހި ދަޢުލަތް ދިފާޢުކުރަން ޖެހިފައި ވަނީ ހަމައެކަނި ބޭރުގެ ދުޝްމަނުންނާއި ބޭރުގެ ޢަދާވާތްތެރިންގެ ކިބައިން އެކަނި ނޫން ކަމަށެވެ. ރާއްޖޭގައި އޮތް ސިޔާސީ ހަލަބޮލިކަމާއި އަމިއްލަ އެދުމާއި ވެރިކަމުގެ ދަހިވެތިކަމުގައި ޣައިރު ޤާނޫނީ ޢަމަލުތައް ހިންގަމުންދާ ކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވިއެވެ. ރައީސް ވިދާޅުވީ ދަޢުލަތުގެ މުހިއްމު ބާރުތަކުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން ދަޢުލަތާ ދެކޮޅަށް ތެދުވާ ތެދުވުންތައް އިތުރުވަމުން ދާކަމަށެވެ. އެކަމުގައި ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާއި ދަޢުލަތުގެ ޝަރަފުވެރި މަޤާމުގައި ތިބޭ އިއްޒަތްތެރިން ޝާމިލްވެފައިވާ ކަމަށާއި އެކަމާ ދިވެހި ރައްޔިތުން ވިސްނަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެމަނިކުފާނު ވިދާޅުވީ ދަޢުލަތުގެ އިސް މަޤާމްތަކުގައި ތިއްބަވާ ބޭފުޅުންނާއި ދަޢުލަތުގެ ޝަރަފުވެރި ޢިއްޒައްތެރިންގެ ގޮތުގައި ތިއްބަވާ ބައެއް ބޭފުޅުން ވެސް އަމިއްލަ އެދުމާއި މާއްދިއްޔަތަށް އެބޭފުޅުންގެ ޝަޚްސިއްޔަތު ޤުރުބާން ކުރައްވަމުން ގެންދަވާ ކަމަށެވެ. މިގޮތުން މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާކަމާއި ސިފައިންގެ އެންމެމަތީ ވެރިޔާކަން ކުރައްވާފައިވާ ބައެއް ބޭފުޅުން ދިވެހި ދަޢުލާތާ ދެކޮޅަށް ނުކުމެވަޑައިގެން ބޭރުގެ އަސްކަރީ ބާރުތައް މި ޤައުމަށް އެރުމަށް ތަކުރާރުކޮށް ގޮވާލައްވަމުން ގެންދަވާ ކަމަށާއި އެކަމަށް އެދިވަޑައިގެން ބޭރުގެ ފަރާތްތަކުގެ އާދޭސް ކުރައްވައްވަމުން ގެންދަވުމަކީ އެކަމާ މެދު ވިސްނަންޖެހޭ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ އަދި މިނިވަން ޤައުމުކަށް ވުމާއެކު މަދާމާގެ ޖީލަށް މިޤައުމު މިގޮތުގައި ގެންގޮސްދިނުމަށް ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ކުރަމުންދާ މަސައްކަތްތަކަކީ އަގުހުރި އިޚުލާޞްތެރި މަސައްކަތްތަކެއް ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް