Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިފްކޯ މަސްބޯޓް

ކޫއްޑޫއިން ބަރުކުރި 3،000 ޓަނުގެ މަހާއެކު ކެރިއާ ބޯޓު ބެންކޮކަށް

އިތުރު ކެރިއާ ބޯޓެއް ހޮނިހިރު ދުވަހު އަންނާނެ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 19 އެޕްރީލު 2018 | ބުރާސްފަތި 08:30

ދެކުނަށް އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވެފައި ވަނިކޮށް، ކޫއްޑޫއިން ބަރު ކުރި 3،000 ޓަނުގެ މަހާއެކު، ތައިލެންޑުގެ ކެރިއާ ބޯޓު ފުރުވާލައިފިއެވެ.

މިފްކޯގެ ސީއޯއޯ ރަމްޒީ އަބޫބަކުރު "ރާއްޖެއެމްވީ"އަށް ވިދާޅުވީ 3،000 ޓަނުގެ މަހާއެކު، ކެރިއާ ބޯޓު ބުދަ ދުވަހު ފުރުވާލާފައިވާ ކަމަށާއި އެ ބޯޓު ދެން ބަނދަރު ކުރާނީ ބެންކޮކަށް ކަމަށެވެ. އަދި ވިދާޅުވީ 2،500 ޓަނުގެ މަސް ބަރުކުރެވޭ ވަރުގެ އިތުރު ކެރިއާ ބޯޓެއް ހޮނިހިރު ދުވަހު ކޫއްޑޫއަށް ބަނދަރު ކުރާނެ ކަމަށެވެ.

މި މަހުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގެ ދެކުނަށް އާދަޔާ ހިލާފަށް ވަނީ މަސްވެރިކަން ރަނގަޅުވެފައެވެ. އެގޮތުން ރެކޯޑު އަދަދަކާއެކު، އެއް ދުވަހެއްގެ ތެރޭގައި 700 ޓަނުގެ މަސް މި މަހުގެ ހަތް ވަނަ ދުވަހު މިފްކޯއަށް ވަނީ ކިރުވާފައެވެ. އަދި މަސްވެރިންގެ އާމްދަނީ އިތުރުވެ، ދެކުނުގައި މަސްވެރިކަން ކުރި ބައެއް ދޯނިތަކަށް މިދިޔަ ހަފްތާގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.

މިފްކޯއިން ބުނީ މި ދުވަސްވަރު މަސްވެރިކަން އެންމެ ރަނގަޅީ އައްޑޫ ސަރަހައްދުގައި ކަމަށެވެ. އާންމުކޮށް މަސް ބާނާ މިންވަރަށް ވުރެ ގިނައިން އެ ސަރަހައްދުގެ މަސްވެރިން މަސް ބާނަމުންދާ ކަމަށް މިފްކޯއިން ބުންޏެވެ.

އިތުރަށް ކިޔާލަން

06 ޖެނުއަރީ 2019

3000 އަށް ވުރެ ގިނަ މެމްބަރުންގެ ފޯމް ހޯމަ ދުވަހު އީސީއަށް ހުށަހަޅާނަން: އަދުރޭ

06 ޖެނުއަރީ 2019
3000 އަށް ވުރެ ގިނަ މެމްބަރުންގެ ފޯމް ހޯމަ ދުވަހު އީސީއަށް ހުށަހަޅާނަން: އަދުރޭ
28 ޑިސެމްބަރު 2018

ޕާޓީއަށް 3000 މެމްބަރުން ހަމަވެއްޖެ: އަބްދުއްރަހީމް

28 ޑިސެމްބަރު 2018
ޕާޓީއަށް 3000 މެމްބަރުން ހަމަވެއްޖެ: އަބްދުއްރަހީމް
17 ޖުލައި 2018

ސައުދީން ހަދިޔާކުރި 50 ޓަނުގެ ކަދުރު ކޮންމެ ގޭބީސީއަކަށް ކަދުރު ޕެކެޓެއްގެ މަގުން ބަހަން ފަށައިފި

17 ޖުލައި 2018
ސައުދީން ހަދިޔާކުރި 50 ޓަނުގެ ކަދުރު ކޮންމެ ގޭބީސީއަކަށް ކަދުރު ޕެކެޓެއްގެ މަގުން ބަހަން ފަށައިފި
21 އެޕްރީލު 2018

މާ ސާފު މާލެ ޕްރޮގްރާމުގެ ތެރެއިން 70 ޓަނުގެ ކުނި ވަނީ އެއް ކުރެވިފައި: އެންވަޔަރަމެންޓް މިނިސްޓްރީ

21 އެޕްރީލު 2018
މާ ސާފު މާލެ ޕްރޮގްރާމުގެ ތެރެއިން 70 ޓަނުގެ ކުނި ވަނީ އެއް ކުރެވިފައި: އެންވަޔަރަމެންޓް މިނިސްޓްރީ
11 އެޕްރީލު 2018

ކޫއްޑޫއަށް ބަނދަރުކުރި ކެރިއާ ބޯޓު ބަރާވެ، 2500 ޓަނުގެ ބޭރުގެ ބޯޓެއް ގެންނަނީ

11 އެޕްރީލު 2018
ކޫއްޑޫއަށް ބަނދަރުކުރި ކެރިއާ ބޯޓު ބަރާވެ، 2500 ޓަނުގެ ބޭރުގެ ބޯޓެއް ގެންނަނީ
06 އެޕްރީލު 2018

ޕީޕީއެމްގެ ޖަލްސާއަށް ލ. އަތޮޅުން 3000 މީހުން ހަމަކުރުމަކީ ހުވަފެނެން: ލ. އަތޮޅު ކައުންސިލްގެ ރައީސް

06 އެޕްރީލު 2018
ޕީޕީއެމްގެ ޖަލްސާއަށް ލ. އަތޮޅުން 3000 މީހުން ހަމަކުރުމަކީ ހުވަފެނެން: ލ. އަތޮޅު ކައުންސިލްގެ ރައީސް
13 ޖެނުއަރީ 2018

400 ޓަނުގެ މަހާއެކު ސިފައިން އަތުލި ބޭރުގެ ދެ ބޯޓު މިއަދު މާލެ ގެންނާނެ

13 ޖެނުއަރީ 2018
400 ޓަނުގެ މަހާއެކު ސިފައިން އަތުލި ބޭރުގެ ދެ ބޯޓު މިއަދު މާލެ ގެންނާނެ
27 މެއި 2017

ރަމަޟާން މަހާއެކު ދިރިއުޅުމަށް ބޮޑު ބަދަލެއް!

27 މެއި 2017
ރަމަޟާން މަހާއެކު ދިރިއުޅުމަށް ބޮޑު ބަދަލެއް!
04 މެއި 2017

ރަމަޟާން މަހާ ދިމާކޮށް ސައުދީން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި

04 މެއި 2017
ރަމަޟާން މަހާ ދިމާކޮށް ސައުދީން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި
14 ފެބުރުއަރީ 2017

ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި

14 ފެބުރުއަރީ 2017
ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު