Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މާލެ ސާފު ކުރުން

މާ ސާފު މާލެ ޕްރޮގްރާމުގެ ތެރެއިން 70 ޓަނުގެ ކުނި ވަނީ އެއް ކުރެވިފައި: އެންވަޔަރަމެންޓް މިނިސްޓްރީ

4500 މީހުން ސާފު ކުރުމުގައި ހަރަކާތްތެރިވެފައިވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 21 އެޕްރީލު 2018 | ހޮނިހިރު 08:25
ވެމްކޯ އިން ކުނި އުފުލުގެ މަސައްކަތް ކުރާ ސަރަހައްދު

ވެމްކޯ އިން ކުނި އުފުލުގެ މަސައްކަތް ކުރާ ސަރަހައްދު

މާ ސާފު މާލެ ނަމުގައި ކުރިއަށްގެންދިޔަ ސާފުކުރުމުގެ ޕްރޮގްރާމުގެ ދަށުން 70 ޓަނުގެ ކުނި އެއް ކުރެވުނު ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ އާމިރު ވިދާޅުވެއްޖެ އެވެ.

މާލޭ އިންޑަސްޓްރިއަލް ވިލޭޖުގެ ކުނި އުކާ ސަރަހައްދުގައި ހުންނަވާ އަލީ އާމިރު ވިދާޅުވީ، މާލެއަކީ ސާފު ތަނަކަށް ހެދުމަށްޓަކާއި ކުރަމުންދާ މަސައްކަތުގެ ތެރެއިން " މާ ސާފު މާލެ" ޕްރޮގްރާމުގައި 120 އިދާރާއަކުން 4500 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށެވެ. މި ހަރަކާތުގެ ތެރެއިން މުޅި މާލެއާއި ވިލިމާލެ ތިން ގަޑިއިރުގެ ތެރޭގައި ސާފުކޮށް ނިންމާލެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

އަލީ އާމިރު ވިދާޅުވީ، މިއަދު ކުރި މަސައްކަތަކީ ވެމްކޯ އިން މާލެ ތެރެ ސާފުކުރުމަށް ފަށާ މަސައްކަތަށް އެއްބާރުލުންދިނުން ކަމަށެވެ. އަލީ އާމިރު ވިދާޅުވީ، މި މަސައްކަތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު އިރު، މިކަން ކުރާތީ އޭގެ ނާޖައިޒް ފައިދާ ވެސް ބައެއް ފަރާތްތަކުން ނަގާފައިވާ ކަމަށެވެ.

" ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން މާލެ ތެރެ ސާފު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން މިހާތަނަށް ކުރެވުނު މަސައްކަތުގެ ތެރޭގައި ބައިސްކަލުގައިދާއިރު މަގު މައްޗަށް ކުނި އެޅުން މިވަނީ ހުއްޓުވާލެވިފައި. ކުނި ކަލެކްޓް ކުރުމުގެ މަސައްކަތް މިވަނީ ހަމައަކަށް އެޅިފައި. ވެމްކޯ އިން ކޮންމެ ދުވަހަކު 18000 ގެއިން ކުނި ކަލެކްޓް ކުރޭ." އަލީ އާމިރު ވިދާޅުވި އެވެ.

އާންމު ގޮތެއްގައި އުފައްދާ ކުންޏަކީ ވަކި ވަކި ފަރުދުން އުފައްދާ ކުންޏަށް ވާއިރު ސާފު މާހައުލެއް ގާއިމް ކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް އަލީ އާމިރު ވިދާޅުވި އެވެ.

" އަޅުގަނޑުމެންނަށް ފެންނަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ހުންނަ ސްލަމްތަކުގެ ހާލަތަށް މާލޭގެ ހާލަތު ވެއްޓޭތަން. މިއީ އަޅާނުލާ ތިބެވޭނެ ކަމެއް ނޫން. ވަކި އުސޫލުތަކެއް އަޅަންޖެހޭ. ކުނި މަގު މައްޗަށް އަޅާ ފަރާތްތަކާމެދު ފިޔަވަޅުތަކެއް އަޅަންޖެހޭ. އަޅުގަނޑުމެން މިދަނީ އެންވަޔަރަމެންޓް ޕޮލިސް އުފެއްދުމުގެ މަސައްކަތް ކުރަމުން. އެންވަޔަރަމެންޓް ޕޮލިސް ހަރަކާތްތެރިވާ ހިސާބުން، މާލޭގެ މަގު މައްޗަށް ކުނި އަޅާ ފަރާތްތަކާ މެދު ފިޔަވަޅުތަކެއް އެޅޭނެ." އަލީ އާމިރު ވިދާޅުވި އެވެ.

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އޮޕަރޭޝަން މެނޭޖަރ އަހުމަދު ޝާން ވިދާޅުވީ، މުޅި މާލެ އަދި ވިލިމާލެ ސާފު ކުރެވިގެންދިޔަ އިރު މާލެ ސާފު ކުރެވިފައި ވަނީ 10 ޒޯނަކަށް ބަހާލައިގެން ކަމަށާއި އޭގެ ތެރެއިން ވެސް 60 ސަބް ޒޯން ގާއިމް ކުރެވުނު ކަމަށެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 12:00 ގައި މާލޭ މަގުތައް ސާފު ކުރުން ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

" މާލޭގެ މަގުތައް ކުނި ކަހާ ސާފު ކުރުމުގެ މަސައްކަތް ފެށޭއިރު އަޅުގަނޑު އުންމީދު ކުރަނީ މި މަސައްކަތާއި އެކު މާލޭގެ މަގުތައް ވަރަށް ސާފުކޮށް ހުރުން. " ޝަން ވިދާޅުވި އެވެ.

ޝާން ވިދާޅުވީ، ކޮންމެ ރެއެއްގެ ދަންވަރު މާލޭގެ މަގުތައް ސާފު ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށާއި ސާފު ކުރުން ކުރިއަށްދަނީ ކަނޑައެޅިފައިވާ އުސޫލެއްގެ ތެރެއިން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު