Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިޤްތިޞާދީ ސިޔާސަތު

ފްރީ ޓްރޭޑް އެގްރިމެންޓް ކޮބާ؟

17 އެޕްރީލު 2018 | އަންގާރަ 17:48

ފްރީ ޓްރޭޑް އެގްރިމެންޓުގައި ސޮއިކުރުމަށް ފަހު ދެން އެއަށް ވީ ގޮތެއް ނޭނގުނު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 17 އެޕްރީލު 2018 | އަންގާރަ 17:48
ފްރީ ޓްރޭޑް އެގްރިމެންޓްގައި ސޮއިކުރުމަށް ވެސް ދެޤައުމުގެ އިޤްތިޞާދާ ބެހޭ ވަޒީރުން

ފްރީ ޓްރޭޑް އެގްރިމެންޓްގައި ސޮއިކުރުމަށް ވެސް ދެޤައުމުގެ އިޤްތިޞާދާ ބެހޭ ވަޒީރުން

ނިމިގެން ދިޔަ އަހަރު ކުއްލި ގޮތަކަށް ރާއްޖެ އާއި ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރިއެވެ. އެކަށީގެންވާ ދިރާސާތަކެއް ހެދުމެއް ނެތި، ހަމައެކަނި މަޝްވަރާތަކެއްގެ މައްޗަށް ބިނާކޮށް ހެދި އެ އެއްބަސްވުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުއްލި ގޮތަކަށް ރުހުން ދީ، އޭގެ ހަފްތާއެއް ފަހުން ރައީސް ޔާމީން ޗައިނާއަށް ވަޑައިގެންނެވި ދަތުރުފުޅެއްގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު އެއްބަސްވުމުގައި ސޮއިކުރެއްވުމާ އެކު، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ.

ދިވެހިރާއްޖެއަށް ވުރެ ބޮޑަށް ޗައިނާއަށް ފައިދާވާ ގޮތަށް ހަދާފައިވާ އެއްބަސްވުމާ ގުޅިގެން ސަރުކާރު ތެރެއިންނާއި މަޖިލިސް ތެރެއިން އެ އެއްބަސްވުން ޕްރޮމޯޓް ކުރަން ދެއްކި ވާހަކަތައް ދިވެހިން އަދިވެސް ހަނދާން އެބަ ހުއްޓެވެ. މިއީ ޒުވާނުންނަށް ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާނެ އެއްބަސްވުމެއް ކަމަށާއި، މިއީ ރާއްޖޭގެ އިޤްތިޞާދު ސިންގަޕޫރު ފެންވަރަށް ގެންދާނެ އެއްބަސްވުމެއް ކަމަށް ބުނެ، ސަރުކާރުގެ އިސްވެރިން ވަރަށް ހުވަފެން ދެއްކެވިއެވެ.

މިކަމުގައި އެންމެ އިސް ސަފުގައި ހުންނެވި އެއް ބޭފުޅަކީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދެވެ. ރިސޯޓެއް މެނޭޖްކުރައްވަމުން ގެންދަވަނިކޮށް ޤާސިމް އިބްރާހިމް ދެއްވި ފުރުސަތެއްގައި ކެބިނެޓަށް ވަޑައިގެން، ކާންދިން އަތުގައި ދަތް އެޅި ކަމަށް ވިދާޅުވެ ސަޢީދު ގަދަ ދެއްކެވިއިރު، ޤައުމުގެ އިޤްތިޞާދު މިފެންނަނީ މިނިސްޓަރ ސަޢީދުގެ ބެއްލެވުމުގެ ދަށުން ވީރާނާވަމުންދާތަނެވެ.

ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލައިގެން އުޅުނު ދުވަސްވަރު ހީވީ އެހެން ފަދަ ކަމެއްހެންނެވެ. ހީވީ ދެންމެ ދިވެހި ރާއްޖޭގެ އުފެއްދުންތައް ހިފައިގެން ޗައިނާއަށް ނައްޓާލަން އުޅުނުހެންނެވެ. އެހެން ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރ ނިމިގެން ދިޔައިރު ވެސް، މި އެއްބަސްވުން ތަންފީޒުކުރުމަށް ކުރެވުނު މަސައްކަތެއް ފެންނާކަށް ނެތެވެ.

ޗައިނާއާ އެކު އެއްބަސްވުން އެކުލަވާލުމުގެ ކުރިން އެމެރިކާ، އިނގިރޭސިވިލާތް އަދި ޖަޕާނާ އެކު ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން ދައުވަތު ދިން ކަމަށާއި، ހޮންކޮންގއާ އެކު ވެސް އެއްބަސްވުމެއް އެކުލަވާލުމަށް މަސައްކަތްކުރާ ކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ. ހޮންކޮންގއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލާ ވާހަކަ އެއް ޒަމާނެއްގައި ދެެކެވުނެވެ. ބައްދަލުވުންތައް ވެސް ބޭއްވުނެވެ. އެކަމަކު އެ އެއްބަސްވުންތައް ކޮބައިތޯއެވެ؟ އޭގެ މަސައްކަތް ކުރިޔަށް ނުދަނީ ކީއްވެބާއެވެ؟ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު ބައިނަލްއަޤްވާމީ މުޖްތަމައުގެ ކުރިމަތީގައި ވިއްކުމުގެ ޤާބިލްކަން މިނިސްޓަރ ސަޢީދުގެ ނެތުމުގެ ސަބަބުން ހުރިހާ ލަދުވެތިކަމެއް ދިވެހި ސަރުކާރަށެވެ.

ޖަގަހަތަކުގައި ރައީސް ޔާމީން ނުވަތަ އެމަނިކުފާނުގެ އަނބިކަނބަލުން ފެންނަން ހުންނަ ހިސާބެއްގައި ނަމަ މޮޅެތި ވާހަކަތަކެއް މިނިސްޓަރ ސަޢީދު ދެއްކެވި ނަމަވެސް، ބައިނަލްއަޤްވާމީ މުޖްތަމައުގެ ކުރިމަތީގައި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު ތަމްސީލްކުރައްވަން މިނިސްޓަރ ސަޢީދަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެއްވޭތޯ މިއީ ކޮށްލަން ޖެހޭ ސުވާލެކެވެ. ޗައިނާ އިން ބޭނުންވާ ގޮތަށް، ނުވަތަ ޗައިނާގެ ޓާރމްސްގައި އެއްބަސްވުމެއް އެކުލަވާލެވުމުން، އެކަމުން ދޭހަވަނީ މިނިސްޓަރ ސަޢީދުގެ ނުވަތަ ރައީސް ޔާމީންގެ އިޤްތިޞާދީ ދުރު ވިސްނުންފުޅެއް ނޫނެވެ. އެއިން ދޭހަވަނީ ޗައިނާގެ ނުފޫޒު ރާއްޖެއަށް ފޯރާފައިވާ މިންވަރެވެ.

ފްރީ ޓްރޭޑް އެގްރިމެންޓަކީ އަނެއް އެސްއީޒެޑް ޤާނޫނަށް ނުވެއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. ވަރަށް ފޯރީގައި އެސްއީޒެޑްގެ ޤާނޫނު ފާސްކޮށްގެން، އުފާފާޅުކުރަން ބޭއްވި ހަފްލާތަކަށް ދިޔަ ޚަރަދު އަނބުރާ ލިބޭނެ މިންވަރަށް ވެސް އެސްއީޒެޑަށް އިންވެސްޓްކުރަން ރާއްޖެއަށް ބަޔަކު ނައީމަ، އިންވެސްޓްމަންޓް ފޯރަމްތަކަށް ބޮޑެތި ޚަރަދުކޮށްގެން މިނިސްޓަަރ ސަޢީދު ތިކުރައްވަނީ ކީއްތޯއޭ ބަޔަކު ނާހާނެތޯއެވެ؟ ކޮންމެ އަހަރަކު ބޮޑު ޚަރަދުކޮށްގެން، ސަރުކާރު ކުންފުނިތަކުން ޚަރަދުކޮށްގެން މިނިސްޓަރ ސަޢީދު އެކުރައްވާ ކަންތައް ސާފުވާނީ އެކަންކަމުގެ ވެސް އޮޑިޓެއް ކޮށްލީމައެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު، ސަރުކާރުން ވެސް މިކަން ކަމަށް ވިސްނާނެއެވެ. މިނިސްޓަރ ސަޢީދާއި، އެސްއީޒެޑާއި، ފްރީ ޓްރޭޑް އެގްރިމެންޓަކީ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބު ގެއްލޭ ސަބަބަށްވާން ސަރުކާރުން ބޭނުންވާނެ ކަމަކަށް ނުފެނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

09 ޖުލައި 2017

ޖީ20 އަކީ ކޮބާ؟

09 ޖުލައި 2017
ޖީ20 އަކީ ކޮބާ؟
28 ޖޫން 2017

ރަސްފަންނަށް ގެންނަން ބުނި "ކޭއެފްސީ" އާއި "ޕިއްޒާ ހަޓް" ކޮބާ؟

28 ޖޫން 2017
ރަސްފަންނަށް ގެންނަން ބުނި "ކޭއެފްސީ" އާއި "ޕިއްޒާ ހަޓް" ކޮބާ؟
15 ޖޫން 2017

ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

15 ޖޫން 2017
ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟
10 ޖޫން 2017

ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟

10 ޖޫން 2017
ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟
20 މެއި 2017

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟
02 މެއި 2017

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟
25 އެޕްރީލު 2017

ދިރާގު ޓީވީއަކީ ކޮބާ؟

25 އެޕްރީލު 2017
ދިރާގު ޓީވީއަކީ ކޮބާ؟
19 މާރިޗު 2017

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

19 މާރިޗު 2017
ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟
18 މާރިޗު 2017

ޑަންޑަނާ ބޭންޑް ކޮބާ؟

18 މާރިޗު 2017
ޑަންޑަނާ ބޭންޑް ކޮބާ؟
26 ފެބުރުއަރީ 2017

މުސްލިމް ފްރީ ހޮސްޕިޓަލުގެ ވާހަކަ އެނގޭތަ؟

26 ފެބުރުއަރީ 2017
މުސްލިމް ފްރީ ހޮސްޕިޓަލުގެ ވާހަކަ އެނގޭތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް