Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާނޫނީ ވަކީލުން

ހައްޔަރީންގެ ހައްގުގެ ދިފާއުގައި ދިޔަ ވަކީލުންނަށް ކަރެކްޝަނުން ދިނީ ފޯމެއް!؟

17 އެޕްރީލު 2018 | އަންގާރަ 12:21

ތިން މަސް ކުރިން ހުށަހެޅި ފޯމަށް ޖަވާބު ހޯދަން އަނެއްކާ ވެސް ފޯމެއް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 17 އެޕްރީލު 2018 | އަންގާރަ 12:21
ގާނޫނީ ވަކީލުން ކަރެކްޝަނަލް ސާވިސްގައި

ގާނޫނީ ވަކީލުން ކަރެކްޝަނަލް ސާވިސްގައި

ހައްޔަރުކޮށްފައިވާ ފަރާތްތަކުގެ ހައްގުތައް ގެއްލިގެންދާ ކަމަށް ބުނެ، ކަރެކްޝަނަލް ސާވިސްގެ އިސް ބޭފުޅުންނާ ބައްދަލު ކުރަން ގާނޫނީ ވަކީލުން ވަޑައިގަތުމުން، އެ ބޭފުޅުންނާ ބައްދަލުނުކޮށް އިތުރު ތަކުލީފުތަކެއް ޖައްސައިފިއެވެ.

ކަރެކްޝަނަލް ސާވިސްގެ އިސް ބޭފުޅުންނާ ބައްދަލު ކުރެއްވުމަށް މީގެ ތިން މަސް ކުރިން ވެސް ގާނޫނީ ވަކީލުން ވަނީ އެ ސާވިސްއަށް ފޯމު ހުށަހަޅުއްވާފައެވެ. އެ ފޯމުތަކަށް ޖަވާބު ނުލިބި ދިގުލައިގެން، ދިއުމުން ގާނޫނީ ވަކީލުން އަންގާރަ ދުވަހު އެ ސާވިސްއަށް ވަޑައިގެން ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. އެގޮތުން 20 ވަކީލަކު ކަރެކްޝަނަށް ވަޑައިގެން، އެ ބޭފުޅުންގެ މުވައްކިލުންގެ ހައްގުގައި ވާހަކަ ދައްކަވަން ފެއްޓެވުމުން، ފޯމެއް ހުށަހެޅުމަށް ވަކީލުންނަށް ވަނީ އަންގާފައެވެ.

Advertisement - newsAdvertisement

ގާނޫނީ ވަކީލުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި-- ފޮޓޯ/ ޙުސައިން ޙަސަން

ކަރެކްޝަނަލް ސާވިސް އިން ނުކުމެވަޑައިގެން، ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ ގާނޫނީ ވަކީލުން މިދިޔަ ފެބްރުއަރީ މަހު ވެސް ކަރެކްޝަނަށް ފޯމު ހުށަހަޅާފައިވާ ކަމަށާއި އެ ފޯމުތަކުގެ ޖަވާބު އަދިވެސް ނުލިބޭ ކަމަށެވެ. އެ ހުށަހެޅުންތަކަށް ޖަވާބު ނުލިބި ދިގުލައިގެންދާއިރު، އެ ސާވިސްއަށް ޝަކުވާ ހުށަހަޅަންޖެހޭ އުސޫލު މުވައްޒަފުންނަށް ނޭނގޭ ކަމަށާއި އެ އުސޫލުތައް ވެސް ލިޔެވިފައި ނުހުންނަ ކަމަށް ހިސާން ވިދާޅުވިއެވެ.

"އެ ބޭފުޅުންނަށް ވެސް އެހާ ސާފެއް ނޫން ކަންނޭނގޭ އެ ބޭފުޅުން އަމަލު ކުރައްވަންޖެހޭ އުސޫލުތަކަކީ ކޮބައިކަން. އަދި ލިޔެވިފައެއް ވެސް ނުހުރޭ. އަޅުގަނޑުމެންނަށް މިއަދު މި އެނގިގެންދިޔައީ ހަގީގަތުގައި އެތާ އިންނަވާ ބޭފުޅާއަށް ވެސް އަންނަ ކޮމާންޑެއް އައިމާ އެއީ އެވަގުތު އަމަލު ކުރާ އުސޫލު. އެ ދުވަހަކު އަމަލު ކުރަން އޮންނަ އުސޫލު،" ހިސާން ވިދާޅުވިއެވެ.

ހައްޔަރުކޮށްފައިވާ މީހުންނާއި ގައިދީންނާ މެދު ކަރެކްޝަނުން އަމަލު ކުރަމުންދާ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ހިސާން ވިދާޅުވީ ހައްޔަރީން ޑޮކްޓަރަށް ދެއްކުން ލަސްކުރަމުންދާ ކަމަށާއި ވަކީލުންގެ ބައްދަލުވުންތަކަަށް ފުރުސަތު ދިނުމުގައި ކަރެކްޝަނުން ދަތިތަކެއް ކުރިމަތިކުރަމުންދާ ކަމަށެވެ. އެގޮތުން ރޭގަނޑުގެ ލަސް ވަގުތުތަކުގައި ވަކީލުންގެ ބައްދަލުވުން ހަމަޖައްސާތީ އާއި ގިނަ ދުވަސްތަކެއް ފާއިތުވެގެންދާއިރު ވެސް ބައްދަލުވުން ހަމަޖެހުނުކަން ނާންގާތީ އެކަމުގެ ކަންބޮޑުވުން ހިސާން ވަނީ މީޑިއާއާ ހިއްސާކުރައްވާފައެވެ.

"ގޮޅިތަކުގައި ބައިތިއްބާފައި ތިބޭއިރު އިންސާނުންނާ މެދު އަމަލު ކުރަންޖެހޭ ގޮތާ ކަނޑައެޅިގެން ހިލާފަށް، ވަރަށް ބޭއިންސާފުން ލާއިންސާނީ ގޮތަށް އަމަލު ކުރާކަން. ގޮޅިތަކުގެ ހާލަތު ވަރަށް ދަށްކަން،" ހިސާން ވިދާޅުވިއެވެ.

ވަކީލުންގެ ޝަކުވާ ކަރެކްޝަނަށް ހުށަހަޅަނީ-- ފޮޓޯ/ ޙުސައިން ޙަސަން

ހައްޔަރުކޮށްފައިވާ ފަރާތްތަކާ މެދު އަމަލު ކުރަމުންދަނީ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް ބަންދުގެ ޝަރީއަތްތަކުގައި ފުލުހުން ބުނަމުންދާތީ، އެ އުސޫލުތައް ހިއްސާކޮށްދިނުމަށް ކަރެކްޝަނަލް ސާވިސްގައި ވަކީލުން ވަނީ އެދިވަޑައިގެންފައެވެ. ގެޒެޓްކޮށްފައިވާ ކަމަށް ބުނާ އެ އުސޫލުތަކުގެ ނަމްބަރުތަކާއި ތާރީހުތައް ދިނުމަށް އެދުމުން ވެސް ކަރެކްޝަނުން އެ މައުލުމާތު ފޯރުކޮށްދީފައި ނުވާ ކަމަށް ވަކީލުން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް