Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިޔާދު ޤާސިމް

ސިޔާދުގެ މައްސަލަ ބައްލަވަން ހަމަ ޖެއްސެވި ގާޒީ ބަދަލުކުރި ސަބަބު ހާމަކޮށްދޭން ނިންމަވައިފި

16 އެޕްރީލު 2018 | ހޯމަ 06:12

ފަނޑިޔާރުނަށް 2.4 މިލިއަން ޑޮލަރުގެ ސިޔާދު ސޮއިކޮށް ދީފައިވާކަން އެނގޭ ކަމަށް ދައުލަތުން ބުނޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 16 އެޕްރީލު 2018 | ހޯމަ 06:12
ސިޔާދު ޤާސިމް ކޯޓަށް ގެނައުމަށް ދޫނިދޫއިން މާލެ ގެންނަނީ -- ފޮޓޯ : މުހައްމަދު ޝަރުހާން

ސިޔާދު ޤާސިމް ކޯޓަށް ގެނައުމަށް ދޫނިދޫއިން މާލެ ގެންނަނީ -- ފޮޓޯ : މުހައްމަދު ޝަރުހާން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ ޝަރީއަތް ކުރުމަށް އެންމެ ފުރަތަމަ ހަމަ ޖެއްސެވި ގާޒީ ބަދަލު ކޮށްފައިވާ ސަބަބު އޮޅުފިލުވާ ދިނުމަށް ފަހު ނޫނީ އިބްތިދާއީ އަޑުއެހުންތައް ނުފެށުމަށް އެ މައްސަލަ މިހާރު ބައްލަވާ ގާޒީ ނިންމަވައިފިއެވެ.

ސިޔާދުގެ މައްޗަށް އުފުލައިފައިވާ ރިޝްވަތުދިނުމުގެ ދައުވާއާ ގުޅިގެން އެ މައްސަލަ ކްރިމިނަލް ކޯޓުން ބެލުމަށް އެންމެ ފުރަތަމަ އެ ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި އާދަމް އާރިފު ހަވާލު ކުރެއްވީ ގާޒީ ހުސެއިން ޝަހީދު އަށެވެ. ނަމަވެސް މައްސަލަ ފަހުން ގާޒީ އަހްމަދު ހައިލަމް އާ ހަވާލު ކޮށްފައިވާއިރު އާދިއްތަ ދުވަހު ބޭއްވި ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ސިޔާދު ފަރާތުން ވަކީލުން ވަނީ ގާޒީ ބަދަލު ކުރެއްވި ސަބަބު ސާފުކޮށްދެން އެދިވަޑައިގެންފައެވެ.

Advertisement - newsAdvertisement

ސިޔާދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ނޫރުއް ސަލާމް ވަނީ މައްސަލަ ބައްލަވާ ގާޒީ ބަދަލު ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ ވަކީލުން ކޯޓުގައި އެދިފައިވާނެތޯ ސާފުކުރައްވާފައެވެ. އެހެން ނަމަވެސް ދައުލަތުގެ ވަކީލުން ވިދާޅުވީ ގާޒީ ބަދަލު ކޮށްދޭން އެދިފައިނުވާނެ ކަމަށެވެ.

އެއާ ގުޅިގެން ސިޔާދު ވަކީލުން ވިދާޅުވީ މައްސަލަ ބައްލަވާ ގާޒީ ބަދަލު ކުރައްވާ ކަމަށްވާނަމަ ބަދަލު ކުރެއްވޭނެ ހާލަތްތަކެއް އަދި އެ ހާލަތުގައި އަމަލު ކުރަންވާނެ ގޮތްތަކެއް ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި އާއި ފަނޑިޔާރުންގެ ގާނޫނުގައިވެސް ބަޔާން ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އެންމެ ފުރަތަމަ ވިދާޅުވަމުން ގެންދެވީ އެ މައްސަލަ ބަލާ ގާޒީ ބަދަލު ކުރެއްވީ ކްރިމިނަލް ކޯޓާއި ހަވާލުވެ ހުންނެވި ގާޒީ ކަމަށާއި އެކަން ކޮށްފައިވަނީ ޝަރީއަތް ކުރުމާ ބެހޭ އުސޫލުތަކާ ހިލާފަށް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އަނެއްކާ ވެސް ސިޔާދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވިދާޅުވީ ގާޒީ ބަދަލު ކުރެއްވި ސަބަބު މައްސަލާގައި ހިމެނޭ ދައުވާ ކުރި ފަރާތަށާއި ދައުވާ ލިބޭ ފަރާތައް ސާފުކޮށްދޭން ޖެހޭނެ ކަމަށާއި އެހެން ނޫން ނަމަ ޝަރީއަތްތައް ކުރިއަށްދާނީ ޖިނާއީ އިޖްރާއަތާ ހިލާފަށް ކަމަށެވެ.

އެންމެފަހުން ގާޒީ ނިންމެވީ ސިޔާދުގެ ގާނޫނީ ޓީމުން ފާހަގަ ކުރެއްވި ގާނޫނީ ނުކުތާތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު ގާޒީ ބަދަލު ކުރެއްވި ސަބަބު އޮޅުން ފިލުވާ ދިނުމަށް ފަހު އިބްތިދާއީ އަޑުއެހުންތައް ފެށުމަށެވެ. އެގޮތައް ނިންމުމަށް ފަހު މިއަޑުއެހުން ނިންމާލައްވާފައިވާއިރު ދެން އަޑުއެހުމެއް އޮންނާނީ ކޮންއިރަކުން ކަމެއް ނުބުނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިޔާދުގެ މައްސަލަ ބަލާ ގާޒީ ބަދަލުކުރުމަށް ނިންމެވިއިރު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހުންނެވީ ޗުއްޓީއެއްގައެވެ. އެހެންކަމުން އެ ބަދަލު ގެންނެވީ އެ މުއްދަތުގައި ކޯޓާއި ހަވާލުވެ ހުންނެވި ގާޒީއެވެ.

ދައުލަތުން ސިޔާދުގެ މައްޗަށް އުފުލި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ކުރީގެ ޖުޑިޝަލް އެޑްމިނިސްޓެރޭޓަރ ހަސަން ސައީދު، މައްޗަށް ކުރެވުނު ތުހުމަތުތަކަކާ ގުޅިގެން ހ.ނިޝާންޕްލާޒާ ގޭގައި ހަސަން ސައީދު އުޅޭ އެޕާޓްމަންޓް ބަލާ ފާސްކުރިއިރު އެ އެޕާޓްމަންޓްގެ ކޮޓަރިއެއްގެ ތެރޭގައި އޮތް ކަޅުކުލައިގެ ބެކްޕެކްއެއްގެ ތެރެއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވިލާ ކުންފުނީގެ ޑިރެކްޓަރުގެ ހައިސިއްޔަތުން ސިޔާދު ސޮއި ކުރައްވާފައިވާ ސިޓީއެއް ފެނިފައިވާ ކަމަށެވެ. އަދި މުދާ ގަތުމަށް އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ދަރިކަލެއް ކަމަށްވާ ސ.ހުޅުދޫ، ކާމިނީގެ އަހްމަދު މިސްފިރުއާއެކު ތިން މީހަކަށް 2.4 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާކަން އެ ސިޓީ އެނގޭ ކަމަށެވެ. އަދި އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ދަރިކަލުންގެ ނަމުގައި މެލޭޝިޔާގެ "ސައިބަރޖަޔާ"އިން ލޭކް ފްރޮންޓް ވިލާތަކެއް ރިޒާވް ކޮށްފައިވާ ކަމަށާއި އެތަންތަނަށް ދައްކަން ޖެހޭ ފައިސާތަކުގެ ތެރެއިން ބައެއް ވިލާ ކުންފުނިން ދައްކާފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

އަދި އެހެންމެ އެ ދައުވާ ސިޔާދުގެ މައްޗަށް ކޮށްފައިވަނީ އަލީ ހަމީދާއި އަބްދުﷲ ސައީދު ހިމެނޭ ގޮތަށް ސޮއިކޮށް އެކެއް ފެބްރުއަރީ 2018 ގައި ނެރުނު ކޯޓު އަމުރެއްގައި ވިލާ ކުންފުނީގެ ޗެއާމަން އަދި ސިޔާދުގެ ބައްޕަ ވަގުތުން ވަގުތައް މިނިވަން ކުރުމަށް އަމުރުކޮށްފައި ވާތީ ހަސަން ސައީދުގެ ހިޔާޒަތުގެ ދަށުން ފެނުން ސިޔާދު ސޮއި ކުރައްވާފައިވާ ސިޓީގައިވާ ފައިސާއަކީ އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގެ މުޤާބިލްގައި ދީފައިވާ އެއްޗެއް ކަމަށް ބެލެވޭތީ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވަނީ ވިދާޅުވެފަ އެވެ.

ސިޔާދު ހުންނެވީ އޭނާގެ މައްޗަށް ކުރާ މި ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް