Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިލްވާން މައްސަލަ

ރިލްވާން ވަގަށް ނެގި މައްސަލަ: ނޫރައްދީން ރަތްކުލައިގެ ކާރެއް ގެންގުޅުނު ކަމަށް ދެ މީހަކު ބުނެފި

ރަތް ކާރު ހުޅުމާލެއަށް ގެންގޮސް މާލެ ގެނައީ އެއްދޯންޏެއްގައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 10 އެޕްރީލު 2018 | އަންގާރަ 03:21
ޜިލްވާނަށް ފާރަލައިގެން އުޅުނުކަން ދައްކަދޭން ފޮޓޯއެއް:- މި މައްސަލާގައި ތިން މީހަކަށް ވަނީ ދައުވާ ކޮށްފައި

ޜިލްވާނަށް ފާރަލައިގެން އުޅުނުކަން ދައްކަދޭން ފޮޓޯއެއް:- މި މައްސަލާގައި ތިން މީހަކަށް ވަނީ ދައުވާ ކޮށްފައި

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނެގި ކަމުގެ ދައުވާ ލިބޭ މުހައްމަދު ނޫރައްދީން ހުޅުމާލޭގައި ރަތް ކުލައިގެ ކާރެއް ދުއްވި ކަމަށް ބުނެ އޭނާއާއެކު އެއްވިޔަފާރީގައި މަސައްކަތް ކުރި އޭނާގެ ދެ ރައްޓެއްސަކު ކުރިމިނަލް ކޯޓުގައި ހެކި ބަސް ދީފި އެވެ.

ގަދަކަމުން ރިލްވާން ފޮރުވާފައިވާ ކަމަށް ބުނެ ދައުލަތުން ތިން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާއިރު އޭގެ ތެރެއިން ޝަރީއަތް ހިނގަނީ ގ.ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. މި މައްސަލައިގައި ހުޅުދޫ އަތިރިއާގޭ، މުހައްމަދު ސުއައިދުގެ މައްޗަށް ވެސް އެ ދައުވާ ކޮށްފައިވެ އެވެ. އެހެން ނަމަވެސް ސުއައިދު ރާއްޖޭގައި ނެތް ކަމަށާއި އޭނާ ރާއްޖެއިން ބޭރުގައި މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ދައުލަތުން މީގެ ކުރިން ކޯޓްގައި ވަނީ ބުނެފައެވެ .އެހެން ކަމުން މި މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދަނީ އޭނާ ނުހިމަނަ އެވެ.

Advertisement - newsAdvertisement

މި މައްސަލާގައި ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި ނޫރައްދީނާއެކު ހުޅުމާލޭގައި ވޯޓާ ސްޕޯޓްސްގެ ވިޔަފާރީގައި ހަރަކާތްތެރިވި ދެ މީހަކު ހެކިބަސްދީފައިވެ އެވެ. އޭގެ ތެރެއިން ފުރަތަމަ ހެކިބަސްދިން މީހާ ބުނީ ރިލްވާން ގެއްލުނު ދުވަސްވަރު ރަތް ކުލައިގެ ކާރެއް ނޫރައްދީން ހުޅުމާލޭގައި ދުއްވި ކަމަށެވެ. އަދި ބުނީ އެއީ އާލިފްގެ ކާރެއް ކަމަށް އޭނާ ގާތު ނޫރައްދީން ބުނި ކަމަށެވެ. އެހެން ނަމަވެސް އެ ކާރު ހުޅުމާލޭގައި ގެންގުޅުނު ދުވަސްވަރު ނޫރައްދީނާ އެކު އާލިފް އުޅެނިކޮށް ފެނިފައިނުވާ ކަމަށް އެނާ ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ރިލްވާން ގެއްލުނު ރޭ ނޫރައްދީން އުޅުނީ ކިހިނެތްތޯ ދައުވާ ލިބޭ ދެ މީހުންގެ ދިފާއީ ވަކީލު އެހުމުން އޭނާ ބުނީ އެރޭ 8 އިން ފެށިގެން މެންދަމު 3 ޖަހަންދެން ނޫރައްދީން އުޅުނީ ސައިކަލުގައި އޭނާއާ އެއްކޮށް ކަމަށެވެ. މެންދަމު 3 ޖަހާކަން ހާއިރު ނޫރައްދީން ގެއަށް ގެންދިޔައީ ވެސް ސައިކަލުގައި އޭނާ ކަމަށާއި އެރޭ އެއްވެސް ވަރަކަށް ކާރު ބޭނުން ނުކުރާ ކަމަށް ބުންޏެވެ. ހަމަ އެހެންމެ އެރޭ ކާރު އޮތީ އާންމުކޮށް މަގުމަތީގައި އެ ކާރު ބާއްވާ ތަނުގައި ޕާކް ކޮށްފައި ކަމަށް ވެސް އޭނާ ބުންޏެވެ.

މި އަޑުއެހުމުގައި ދެވަނަ އަށް ވެސް ހެކިބަސްދިން ނޫރައްދީނާ އެކު ވިޔަފާރީގައި މަސައްކަތް ކުރި އަނެއް މީހާ ވެސް ބުނީ ރިލްވާން ގެއްލުނު ދުވަސްވަރު ނޫރައްދީން ރަތް ކުލައިގެ ކާރެއް ހުޅުމާލޭގައި ގެންގުޅުނު ކަމަށެވެ. އެކަމަކު އޭނާ ބުނީ އެ ކާރުގެ އަސްލު ވެރިފަރާތަކީ ކާކުކަން އޭނާ އަށް ނޭނގޭ ކަމަށެވެ. ހެކިބަސް ދިން ނޫރައްދީންގެ ދެ ރައްޓެހިން ވެސް ބުނީ އެކާރު ބޭނުން ކުރަމުން ގެންދިޔައީ އެ ދުވަސްވަރު ޓޫރިސްޓުން އުފުލަން ކަމަށެވެ.

ރިލްވާން ވަގަށް ނަގައިގެން ގެންދިޔަ ރަތްކުލައިގެ ކާރު އޮގަސްޓް، 2014 ގައި މާލެއިން ހުޅުމާލެ އަށް ގެންގޮސް އަދި ހަމަ އެ މަހު އަނބުރާ އެ ކާރު މާލެ ގެނެސްފައިވާ ކަމަށް ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައިވެ އެވެ. އެ ކާރު ގެންގޮސް އަދި އަދި އަނބުރާ ގެނައީ ވެސް އެއް ދޯންޏެއްގައި ކަމަށްވިއަސް ކާރު ގެނައި ވަގުތާއި ގެންދިޔަ ވަގުތު ހުރީ ދެ ކައްޕި އެއް ކަމަށް ދައުލަތުން ބުނެ އެވެ. އެހެންވެ އެ ދެ ކައްޕި ވަކި ވަކިން ވަނީ ކޯޓަށް ހާޒިރުކޮށް ހެކިބަސް ނަގާފަ އެވެ.

ރަތް ކުލައިގެ ކާރެއް ހުޅުމާލެ އަށް ގެންދިއުމަށް ފަހު މާލެ އަނބުރާ ގެނައި ކަމަށް އެ ދެ މީހުން ބުންޏެވެ. ނަމަވެސް ދެ މީހުންވެސް ބުނީ އެއީ ކާކުގެ ކާރެއް ކަމެއް ބުނަންނ ނޭނގޭ ކަމަށާއި ނަމަވެސް އެއީ ޕްރައިވެޓް ކާރެއް ކަން ޔަގީނުން ވެސް ބުނަން އެނގޭ ކަމަށެވެ. އެ ކާރު ގެންދިޔަ ވަގުތު ހުރި ކައްޕި އެ ކާރު ގެނައި ވަގުތު ދޯނީގައި ނެތުމުން ދެ މީހުނަށް ވެސް އެއީ އެއްކާރެއް ކަމަށް ބުނެދޭން ނޭނގޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ދޯނީގައި ކާރު ގެންދިޔަ އިރުއާއި އަނބުރާ ގެނައިއިރު ދޯނީގެ ކައްޕިއަށް ހުރި ދެ މީހުން ގާތުން ވެސް ވަނީ ޝަރީއަތުގައި ދައުވާލިބޭ އާލިފާއި ނޫރައްދީން ދެއްކުމަށް ފަހު، އެކަމުގައި ހަރަކާތްތެރިވަނިކޮށް އެ މީހުން އެތަނުން ފެނުންތޯ އަހާފަ އެވެ. ނަމަވެސް ދެ މީހުން ވެސް ބުނީ ދައުވާލިބޭ ދެ މީހުންގެ ތެރެއިން އެކަކު ވެސް އެކަމުގައި ހަރަކާތްތެރިވެފައި ނެތް ކަމަށެވެ.

މީގެކުރިން ބޭއްވި އަޑުއެހުމުގައި ރިލްވާންގެ ބޭބެ މޫސާ ރިލްވާންގެ ހެކިބަސް ނަގަން ދައުލަތާއި ދިފާއީ ވަކީލާ ދެމެދު ޚިޔާލު ތަފާތުވުމުން އެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ނިންމަވާފައިވަނީ އެކަމާ މެދު މިއަދު ގޮތެއް ނިންމުމަށެވެ. އެކަމަކު މި އަޑުއެހުމުގައި ގާޒީ އާރިފް ވިދާޅުވި ގޮތުގައި އެކަމުގައި ގޮތެއް ނިންމަވާނީ ދެ ފަރާތުން މިހާރު ހުށަހަޅާފައި ތިބި ހުރިހާ ހެކިންގެ ހެކިބަސް ނަގައި ނިންމުމަށް ފަހު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު