Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމިލީ ބޮބީ ބްރައުން

މިލީ ބޮބީ ބްރައުންގެ މުސާރަ ބޮޑުކޮށްފި

9 އެޕްރީލު 2018 | ހޯމަ 05:21

މިލީ ބޮބީ ބްރައުން އައީ ނެޓްފްލިކްސް އޮރިޖިނަލް ސީރީޒް ސްޓްރޭންޖާސް ތިންގްސްގެ ތަރި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 9 އެޕްރީލު 2018 | ހޯމަ 05:21
މިލީ ބޮބީ ބްރައުން

މިލީ ބޮބީ ބްރައުން

ސްޓްރޭންޖަރ ތިންގްސްގެ ޗައިލްޑް ތަރި މިލީ ބޮބީ ބްރައުންގެ މުސާރަ ބޮޑުކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ނެޓްފްލިކްސް އޮރިޖިނަލް ސީރީޒް ސްޓްރޭންޖަރ ތިންގްސްގެ ތަރި މިލީ ބޮބީ ބްރައުންގެ މުސާރަ ބޮޑުކޮށްފައިވަނީ އެ ސީރީޒްގެ ތިންވަނަ ސީޒަންއަށެވެ.

މުނިފޫހިފިލުވުމުގެ ދާއިރާތަކުގެ ޚަބަރުތައް ފަތުރާ ނޫހެއް ކަމަށްވާ ޓީއެމްޒީން ރިޕޯޓް ކޮށްފައިވާގޮތުގައި މިލީ ތިންވަނަ ސީޒަންގެ މުސާރަ ބޮޑު ކޮށްފައިވަނީ ފުރަތަމަ ދެ ސީޒަނުގައި އޭނާއަށް އޮތް ތަރުހީބު ބޮޑުވުމުގެ ސަބަބުންނެވެ. މީގެ ކުރިން އޭނާ ތިންވަނަ ސީޒަންގެ އެޕިސޯޑަކަށް ކަނޑައަޅާފައި އޮތީ 250 ހާސް ޑޮލަރު ކަމަށާއި އެހެން ނަމަވެސް މިހާރު އެޕިސޯޑަކަށް 350 ހާސް ޑޮލަރަށް ބޮޑު ކޮށްފައިވާ ކަމަށް އެ ނޫހުން ވަނީ ރިޕޯޓު ކޮށްފައެވެ. މި ސީޒަނުގައި ހިމެނެނީ ނުވަ އެޕިސޯޑެވެ. އެހެން ކަމުން އޭނާއަށް ތިންވަނަ ސީޒަނުގައި ޖުމްލަ 3.15 މިލިއަން ޑޮލަރު ލިބޭނެއެވެ.

ސްޓްރޭންޖަރ ތިންގްސް އަކީ އެމެރިކާގެ "ސައިންސް ފިކްޝަން" ބިރުވެރި ސީރީޒްއެކެވެ. ދަ ޑަފާ ބްރަދާސް ޑައިރެކްޓް ކޮށްފައިވާ މި ސީރީޒްގެ ފުރަތަމަ ސީޒަން ދައްކާފައިވަނީ 2016 ވަނަ އަހަރުގެ ޖުލައިމަހުގައެވެ.

މި ސީރީޒްގައި މިލީގެ އިތުރުން ފެނިގެންދާ ބައެއް ތަރިންގެ ތެރޭގައި ވިނޯނާ ރައިޑާ، ޑޭވިށް ހާބަރ، ފިން ވޮލްފް ހާޑް ހިމެނެއެވެ.މި ސީރީޒްގެ ދެވަނަ ސީޒަން މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 27ގައި ދައްކަން ފަށާފައިވާއިރު ކުރިއަށް އޮތް ތިންވަނަ ސީޒަން ދައްކަން ފަށާނީ އަންނަ އަހަރުގައެވެ. ދަ ޑަފާ ބްރަދާސް ބުނެފައިވަނީ މި ސީރީޒް ނިންމާލާނީ ހަތަރުވަނަ ނުވަތަ ފަސްވަނަ ސީޒަނާއި އެކީގައިކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

25 އެޕްރީލު 2020

ފިލްމީތަރި ވަރުންގެ އެހީތެރިކަން ދުވަހު މުސާރައަށް މަސައްކަތް ކުރާ މީހުންނަށް!

25 އެޕްރީލު 2020
ފިލްމީތަރި ވަރުންގެ އެހީތެރިކަން ދުވަހު މުސާރައަށް މަސައްކަތް ކުރާ މީހުންނަށް!
05 އޯގަސްޓު 2019

މި ތަރިންނަށް ލިބުނު ފުރަތަމަ މުސާރަ ޚަރަދުކުރިގޮތް އިނގޭތަ؟

05 އޯގަސްޓު 2019
މި ތަރިންނަށް ލިބުނު ފުރަތަމަ މުސާރަ ޚަރަދުކުރިގޮތް އިނގޭތަ؟
10 ޖުލައި 2019

ކަބީރު ސިންގް ގެ ކާމިޔާބަށްފަހު ޝާހިދު ފިލްމް ކުޅޭ އަގު ބޮޑުކޮށްފި

10 ޖުލައި 2019
ކަބީރު ސިންގް ގެ ކާމިޔާބަށްފަހު ޝާހިދު ފިލްމް ކުޅޭ އަގު ބޮޑުކޮށްފި
28 ޖޫން 2018

ބަލަމުން މިދަނީ ރަނގަޅު ރޯލެއް ލިބޭތޯ: ބޮބީ

28 ޖޫން 2018
ބަލަމުން މިދަނީ ރަނގަޅު ރޯލެއް ލިބޭތޯ: ބޮބީ
24 ޖޫން 2018

ފިލްމްތަކުން ނުފެނުނީ އަމިއްލަ ސަބަބުތަކާ ހުރެ: ބޮބީ

24 ޖޫން 2018
ފިލްމްތަކުން ނުފެނުނީ އަމިއްލަ ސަބަބުތަކާ ހުރެ: ބޮބީ
25 މާރިޗު 2018

ކިޑްސް ޗޮއިސް އެވޯޑްސް 2018: މިލީ، ޖޯން، ޒެންޑޭޔާގެ ވާހަކަތައް 'މާޗް ފޯ އަވަރ ލައިވްސް' މޫވްމަންޓަށް

25 މާރިޗު 2018
ކިޑްސް ޗޮއިސް އެވޯޑްސް 2018: މިލީ، ޖޯން، ޒެންޑޭޔާގެ ވާހަކަތައް 'މާޗް ފޯ އަވަރ ލައިވްސް' މޫވްމަންޓަށް
09 އޮކްޓޯބަރު 2017

ވަރުން ފިލްމު ކުޅެދޭ އަގު ބޮޑުކޮށްފި

09 އޮކްޓޯބަރު 2017
ވަރުން ފިލްމު ކުޅެދޭ އަގު ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް