Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑްރަގް ކޯޓު

ޑްރަގް ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

4 އެޕްރީލު 2018 | ބުދަ 10:54

ކޯޓަށް ހާޒިރު ކުރުމުގެ އަމުރުގައި ހުންނަންޖެހޭނެ ކަންކަން ވަނީ ހިމަނާފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 4 އެޕްރީލު 2018 | ބުދަ 10:54
ޑްރަގް ކޯޓް

ޑްރަގް ކޯޓް

ޑްރަގް ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި އެވެ.

ޑްރަގް ކޯޓުން އެކުލަވާލާފައިވާ ގަވައިދުގައި ބުނެފައިވަނީ، ދައުވާ ކުރާ ފަރާތަށާއި ދައުވާ ލިބޭ މީހުންނާއި ހެކީންނާއި އެނޫން ވެސް އެކިއެކި ބޭނުންތަކަށް ކޯޓަށް ހާޒިރުކުރަންޖެހޭ މީހުން ހާޒިރު ކުރުމަށް ކޯޓު އަމުރު ފޮނުވުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވާ ކަމަށެވެ.

މީގެ އިތުރުން ކޯޓަށް ހާޒިރުވާންޖެހޭ މީހާއަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވެން އޮތް ނަމަ ހާޒިރުވުމުގެ އަމުރު އެ މީހާއާ ހަވާލުކުރުމުން އަމުރު ރައްދުކުރެވުނީ ކަމަށް ބެލެވޭނެ ކަމަށް އެކޯޓުން ބުނެ އެވެ. އަދި ކޯޓު އަމުރު ހަވާލު ނުކުރެވިއްޖެ ނަމަ ދިރިއުޅޭ ގޭގައި އުޅޭ މީހަކާ އަމުރު ހަވާލު ކުރެވޭނެ ކަމަށާއި އެ ހިސާބުން ވެސް އަމުރު ރައްދު ކުރެވުނީ ކަމަށް ބެލެވޭނެ ކަމަށް ޑްރަގް ކޯޓުން ބުނެ އެވެ.

ކޯޓުގައި ހިގަމުންދާ މައްސަލައަކާ ގުޅިގެން ދައުލަތުގެ މުއައްސަސާއެއް ތަމްސީލު ކުރުމަށްޓަކައި އެ މުއައްސަސާ ތަމްސީލުކުރާނެ ފަރާތެއް ކޯޓަށް ހާޒިރު ކުރުމަށް އަމުރު ފޮނުވިދާނެ ކަމަށާއި މިގޮތަށް ފޮނުވާ އަމުރު އެ މުއައްސަސާއަކާ ހަވާލުކުރުމުން އެ އަމުރު ރައްދުކުރެވުނީ ކަމަށް އެ ކޯޓުން ބުނެ އެވެ.

ކޯޓަށް ހާޒިރު ކުރުމުގެ އަމުރު ލިބޭ ކޮންމެ މީހަކު އެ އަމުރުގައި ކަނޑައަޅާފައިވާ ތާރީހުގައި އެ އަމުރުގައި ކަނޑައަޅާފައިވާ ގަޑިއަށް ކޯޓަށް ހާޒިރުވާންވާނެ ކަމަށް އެ ކޯޓުން ބުނެ އެވެ.

މީގެ އިތުރުން މަގްބޫލު އުޒުރެއް ނެތި ހާޒިރުނުވެއްޖެ ނަމަ އެ މުއައްސަސާއެއް 75ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހަކީ ބަންދުގައި ހުރި މީހެއް ނަމަ ކޯޓަށް ހާޒިރު ކުރުމަށް ނެރޭ އަމުރު ބަންދުކޮށްފައި ހުރި ތަނުގެ އިދާރާއަށް ފޮނުވުމުން އެ އަމުރު އެ މީހާއަށް ރައްދުކޮށް އެ އަމުރުގައި ކަނޑައަޅާފައިވާ ގަޑިއަށް އެ އިދާރާއިން އޭނާ ހާޒިރު ކޮށްދޭން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި

10 ޖެނުއަރީ 2017
ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް