Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލާއި ފަލަސްތީނު މައްސަ

ނަތަންޔާހޫއަކީ ޓެރަރިސްޓެއް: އޮރްދަޣާން

2 އެޕްރީލު 2018 | ހޯމަ 08:24

ނަތަންޔާހޫ ވިދާޅުވަނީ އަފްރިންގައި ތުރުކީ އިން ދަނީ އަނިޔާކުރަމުން ކަމަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 2 އެޕްރީލު 2018 | ހޯމަ 08:24
އޮރުދޮޣާން ވަނީ އިސްރާއީލަކީ ޓެރެރިސްޓް ދައުލަތެއް ކަމަށް ވިދާޅުވެފައި

އޮރުދޮޣާން ވަނީ އިސްރާއީލަކީ ޓެރެރިސްޓް ދައުލަތެއް ކަމަށް ވިދާޅުވެފައި

ސީރިޔާގެ އަފްރިންގައި ތުރުކީއިން ހިންގާ އަސްކަރީ އޮޕަރޭޝަނަށް އަމާޒުކޮށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފާޑުވިދާޅުވުމުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އޮރުދޮޣާން ނަތަންޔާހޫ ލަދުގަންނުވާލައިފިއެވެ

އޮރުދޮޣާން މިފަދަ އިން ވާހަކަ ދައްކަވާފައި މިވަނީ ޣައްޒާގައި މުޒާހަރާ ކުރި ފަރާތްތަކާ މެދު އިސްރާއީލުން އަމަލުކުރި ގޮތުން ތުރުކީ އިން އެކަމަށް ފާޑުކިއުމުން ތުރުކީ އިން ކުރުދީންގެ އަވަށްތަކުގައި ބޮން ގޮއްވަމުންދާ ކަމަށް ނަތަންޔާހޫ ވިދާޅުވުމުންނެވެ.

Advertisement - worldAdvertisement
"އޭނާ ބުނީ އަހަރުމެންގެ ސިފައިން އަފްރިންގައި މީހުންނަށް އަނިޔާކުރަމުންދާ ކަމަށް. ނަތަންޔާހޫ، ކަލޭ ތީ ވަރަށް ބަލިކަށި މީހެއް. ވަރަށް ނިކަމެތި މީހެއް،" ދެކުނުގެ އަދަނާ ޕްރޮވިންސްގައި ވެރިކަން ކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ ޕީކޭކޭގެ ބައްދަލުވުމުގައި އޮރުދޮޣާން ވިދާޅުވިއެވެ.

އޮރްދޮޣާން ވިދާޅުވީ އެ ގައުމުން ހަނގުރާމަކުރަނީ ޓެރެރިސްޓުންނާ ކަމަށާއި ނަމަވެސް އިސްރާއީލުން ހަނގުރާމަކުރަނީ ޓެރެރިސްޓުންނާ ނޫން ކަމަށެވެ. އޭގެ ސަބަބަކީ އިސްރާއީލަކީ ޓެރެރިސްޓް ދައުލަތަކަށްވުން ކަމަށް އޮރްދޮޣާން ވިދާޅުވިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރަކީ ފަލަސްތީނު ހިސާރުކޮށްގެން އުޅުއްވާ ފަރާތެއް ކަމަށް ވެސް އޮރުދޮޣާން ވަނީ ވިދާޅުވެފައެވެ. އަދި ނަތަންޔާހޫއަކީ ޓެރެރިސްޓެއް ކަމަށާއީ ފަލަސްތީނުގެ ރައްޔިތުންނަށް ދިން އަނިޔާ ތާރީޚްގައި އެ ދަނީ ރެކޯޑް ކުރެވިގެން ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ތުރުކީއަކީ އެއްވެސް ގައުމެއް ހިސާރުކޮށް އެކަމުގެ ލަދުގައި އޮތް ގައުމެއް ނޫން ކަމަށް އޮރްދޮޣާން ވިދާޅުވިއެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފުމާ ދެކޮޅަށް އިހުތިޖާޖުކުރަން ނިކުތް މީހުންނާއި އިސްރާއީލް ސިފައިން ކުރިމަތިލައި، ފަލަސްތީނުގެ 773 މީހެއްގެ ގަޔަށް ޔަހޫދީ ސިފައިން ވަނީ ބަޑި ޖަހާފައެވެ.

"ގްރޭޓް މާޗް އޮފް ރިޓާން"ގެ ނަމުގައި ހަ ހަފުތާގެ މުއްދަތަށް މިދިޔަ ހުކުރު ދުވަހު ފަލަސްތީނު ރައްޔިތުން ފެށި މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް އިސްރާއީލު ސިފައިން ބާރުގެ ބޭނުންކުރުމުން ފަލަސްތީނުގެ 17 މީހެއް ވަނީ މަރުވެފައެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

5

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

އިތުރަށް ކިޔާލަން

09 ނޮވެމްބަރު 2025

އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

09 ނޮވެމްބަރު 2025
އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި
01 މެއި 2019

މައްސޫދް އަޒްހަރް ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅައިފި

01 މެއި 2019
މައްސޫދް އަޒްހަރް ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅައިފި
17 މާރިޗު 2019

މަސްއޫދަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައިދޭން ޗައިނާއާ މަޝްވަރާ ކުރަނީ

17 މާރިޗު 2019
މަސްއޫދަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައިދޭން ޗައިނާއާ މަޝްވަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް