Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސަލާމަތީ މަޖިލިސް

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖޭގެ ޚާރިޖީ ސިޔާސަތު ސިފަކުރަނީ "ލާހޫރޭ ސިޔާސަތެއް"ގެ ގޮތުގައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 1 އެޕްރީލު 2018 | އާދީއްތަ 13:50
ރާއްޖެ ވަޑައިގެންނެވި ޒެމްބިއާގެ ސަފީރާއިއެކު ރާއްޖޭގެ ސަފީރު (ކ) އަލީ ނަސީރު. ދެޤައުމުން ވަނީ ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފައި.

ރާއްޖެ ވަޑައިގެންނެވި ޒެމްބިއާގެ ސަފީރާއިއެކު ރާއްޖޭގެ ސަފީރު (ކ) އަލީ ނަސީރު. ދެޤައުމުން ވަނީ ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފައި.

އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރިމަތިލާން އެންމެ ފުރަތަމަ ނިންމީ ރައީސް މައުމޫންގެ ވެރިކަމުގައެވެ. އޭރު ރާއްޖެއަކީ ވަކި ފަރާތަކަށް ނުޖެހޭ ޚާރިޖީ ސިޔާސަތެއް ގެންގުޅެމުން އައި، ބޭރުގެ ޤައުމުތަކާއި ގުޅުން ރަނގަޅު ޤައުމެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ރާއްޖެއަށް އައި ސިޔާސީ ހަލަބޮލިކަމުގައި ވެސް، ރާއްޖެއިން ދިޔައީ ބޭރުގެ ޤައުމުތަކާއިއެކު އޮންނަ ގުޅުން ދަމަހައްޓައި، ބޭރު ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ނަން ހިފަހައްޓަމުންނެވެ.

1 ޖެނުއަރީ 2019ގައި ފެށޭ ސަލާމަތީ މަޖިލީހުގެ ދައުރުގައި، އެމަޖިލީހުގެ ދާއިމީ ނޫން 10 ޤައުމުގެ ތެރޭގައި ހިމެނުމަށް ރާއްޖެއިން މަސައްކަތްކުރަމުން އަންނަތާ އެތައް ދުވަހެއް ވަނީ ވެފައެވެ. އެހެން ނަމަވެސް މިއަހަރު މެދުތެރޭގައި ނިއުޔޯކްގައި އޮންނަ އދގެ އާއްމު މަޖިލީހުގެ 72ވަނަ ޖަލްސާގައި ސަލާމަތީ މަޖިލީހުގެ ގޮނޑިތަކަށް މެމްބަރުން ހޮވާއިރު، ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮތީ ކިހިނެއްތޯއެވެ؟ ފުރަތަމަ ކަމަކަށް އާއްމު މަޖިލީހުގެ ޖަލްސާއަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެރިކަމަށް ވަޑައިގަތްފަހުން ހާޒިރެއް ނުވެއެވެ. މިއަހަރު ވަޑައިގެން މިރާއްޖެއަށް ވޯޓެއް ދެއްވާށޭ ދެންނެވިޔަސް ޤައުމުތަކުން ޖަވާބަކަށް އަރުވާނީ "މިއީ ކާކުހޭ" ނޫންތޯއެވެ؟

އެކަމަށް ސަރުކާރުން އެވަނީ ހައްލެއް ހޯދާފައެވެ. ދުނިޔޭގެ ކުދި، ފަޤީރު އަދި ކޮރަޕްޓް ޤައުމުތަކަށް ދިވެހިރާއްޖެއަކީ ކޮންތަނެއްކަން ކިޔައިދިނުމަށް ސަރުކާރުން އެއޮތީ ފޫގަޅާފައެވެ. ޚާރިޖީ ސިޔާސަތު ކޮންތާކުން ކިޔަވައިވިދާޅުވެގެން ވަޑައިގެންނެވި ބޭފުޅަކު ދެއްވި ޚިޔާލެއް ބާވައޭ ހިތަށް އަރައެވެ. ސަރުކާރުން އެކަމުގައިވެސް ނެގީ އެންމެ ކަތި ފިޔަވަޅެވެ. ޤައުމުތަކުގެ ޚާރިޖީ ދާއިރާގެ އިސް ބޭފުޅުންނާއި ބައްދަލުކޮށް، ވާހަކަ ދައްކައިގެން ތާޢީދެއް ނުލިބުމުން، ދެން ފެށީ ނިއުޔޯކުގައި ތިއްބަވާ، އެކި ޤައުމުތަކުން އދއަށް ކަނޑައަޅާފައިވާ މަންދޫބުންނާއި ބައްދަލު ކުރުމަށެވެ. އެކަން ވެސް ކުރަން ފެށީ އެންމެ ޚަރަދު ބޮޑުކޮށެވެ. ރާއްޖެއިން ވަފުދެއް ނިއުޔޯކަށް ވަޑައިގެން އެބޭފުޅުންނާއި ބައްދަަލުކުރެއްވުމުގެ ބަދަލުގައި، ސަފީރުން ރާއްޖެ ގެންނަވައި، އަގު ބޮޑެތި ރިސޯޓުތަކުގައި އެބޭފުޅުން ބައިތިއްބަވައިގެން ޚަރަދުކުރައްވަނީ ސަރުކާރުގައި ފައިސާ ގިނަވެގެންތޯއެވެ؟ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން އެފްރިކާގެ ޑިކްޓޭޓަރުން ތަމްސީލްކުރައްވާ ސަފީރުން ވެސް ހިމެނޭ ގޮތަށް ބޭބޭފުޅުން ބޮޑު ޚަރަދުކޮށްގެން ޓިކެޓް ދީގެން ގެންނަނީ ކޮން މޮޅެއްވާނެ ކަމަށްތޯއެވެ؟

އދ ގައި ތިއްބަވާ ސަފީރުން ބަނޑޮހަށް ގެނެސްގެން ސަރުކާރުން އެކުރައްވާ ކަމެއް ކުރައްވަނީ ވަރަށް ވެސް ސިއްރިޔާތުގައެވެ. ރާއްޖެ ވަޑައިގެންނެވީ ކޮންކޮން ޤައުމުތަކެއްގެ ސަފީރުންތަކެއްކަން ވެސް ހާމަކުރަން ޚާރިޖިއްޔާއިން ބޭނުމެއް ނުވިއެވެ. އެހެން ނަމަވެސް އެނގިފައިވާ ގޮތުގައި ރާއްޖެ ވަޑައިގެންނެވި ސަފީރުންނަކީ އަލްބޭނިއާ، ބޮސްނިއާ ހަޒްގޮވީނާ، ރިޕަބްލިކް އޮފް ކޮންގޯ، ގެމްބިއާ، މޮޒަމްބީކް، ނައިޖީރިއާ، ސޯމާލިއާ، ޒެމްބިއާ، އެރިޓްރިއާ، މެސަޑޯނިއާ، އިކުއިޓޯރިއަލް ގިނީ އަދި ޒިމްބާބްވޭގެ ސަފީރުންނެވެ. އިރުމަތީ ޔޫރަޕް އަދި އެފްރިކާގެ ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސް، ރާއްޖޭގެ ގޮނޑޮދޮށްތައް ދައްކާލައި، މަތީފަންތީގެ ރިސޯޓްތަކުގައި ހަފްތާއެއްގާ ދުވަހު ގެންގުޅެލެވުނީމާ ސަރުކާރުން ބޭނުންވާހާ ކަމެއް ވާނެ ކަމަށް ހީކުރަނީތޯއެވެ؟

ފާހަގަ ކޮށްލެވޭ ހެއްވާ އަނެއްކަމަކީ މިބޭބޭފުޅުން ގެންނަވަން ރާއްޖެއިން ދެއްކި ހުއްޖަތެވެ. މާމޮޅު ވޯކްޝޮޕެއް ހިންގަނީޔޯލައެވެ. ތަރައްޤީގެ ވާހަކަޔާއި، މަސްވެރިކަމުގެ ވާހަކަ ސަފީރުންނަށް ކިޔައިދެނީ ކަމަށް އަޑުތައް އިވެއެވެ. ރާއްޖެ ވަޑައިގެންނެވި ބައެއް ސަފީރުންގެ ޤައުމުތަކަކީ ފެންނަ ހިސާބެއްގައި ކަނޑު އޮތް ޤައުމުތަކެއް ނޫނެވެ. ދެން އެބޭފުޅުންނަށް ކިޔައިދޭން މިއުޅެނީ ކޮން މަސްވެރިކަމެއްތޯއެވެ؟

ކިތަންމެ ވަރަކަށް ސަފީރުން ގެނެސް، ރާއްޖޭގެ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ސިއްރުން ހޭދަކުރިޔަސް، ދުނިޔޭގެ ޤައުމުތަކުން ވިސްނާނެ ކަންކަން ހުންނާނެއެވެ. ރާއްޖެއާއިއެކު އޭޝިއާ ޕެސިފިކްގެ ގޮނޑިއަށް ވާދަކުރާ ޤައުމަކީ އިންޑޮނީޝިއާއެވެ. ދުނިޔޭގެ ގިނަ ޤައުމުތަކާއި ގާތް ގުޅުމެއް އޮންނަ އިންޑޮނީޝިއާއިން ވެސް ގެންދަނީ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ވަރުގަދައަށް ކެމްޕޭން ކުރަމުންނެވެ. އދގެ މެމްބަރު ޤައުމުތަކާއި، މެމްބަރު ޤައުމުތައް ނިސްބަތްވާ އެހެން ޖަމާޢަތްތަކާއި އޮންނަ ގުޅުމަށް ބަލާއިރު، އިންޑޮނީޝިއާ އޮތީ ރާއްޖެއަށް ވުރެ މާ ފަސޭހަކޮށް ގޮނޑި ކާމިޔާބުކުރަން ތައްޔާރަށެވެ. ޗައިނާއިން ބޭނުންހާ ގޮތެއް ހަދަން ސަލާމަތީ މަޖިލީހަށް ވަންނާނެ ޤައުމަކަށް ފުރުސަތުދޭން ސަލާމަތީ މަޖިލީހުގެ ދާއިމީ އަނެއް 4 މެމްބަރުން ތިބޭނެތޯ ވެސް ސުވާލުކޮށްލަން ޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން އެ ވަނީ ދެ ފަނޑިޔާރަކު ރަހީނުކޮށްފައިތަ؟ ރައީސް ޔާމީންގެ ފޮތުގައި އެކަމަށް އޮތް އަދަބަކީ ކޮބާ!

ސަރުކާރުން އެ ވަނީ ދެ ފަނޑިޔާރަކު ރަހީނުކޮށްފައިތަ؟ ރައީސް ޔާމީންގެ ފޮތުގައި އެކަމަށް އޮތް އަދަބަކީ ކޮބާ!

02 އެޕްރީލު 2018
ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދެއްމުން: ސަރުކާރުން ބުނި ހުރިހާ ސަބަބެއް ހައްލު ކުރެވިފައި!

ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދެއްމުން: ސަރުކާރުން ބުނި ހުރިހާ ސަބަބެއް ހައްލު ކުރެވިފައި!

21 ފެބުރުއަރީ 2018
މުސާރައާ މެދު ސަރުކާރުން ބޮޑު އޮޅުވާލުމެއް!

މުސާރައާ މެދު ސަރުކާރުން ބޮޑު އޮޅުވާލުމެއް!

09 ފެބުރުއަރީ 2018
ސަރުކާރުން ގަމު ރައްޔިތުން ގުނބޯ ހައްދާފައި، ރައްޔިތުންގެ ތުހުމަތުގެ އިނގިލި ކައުންސިލަށް

ސަރުކާރުން ގަމު ރައްޔިތުން ގުނބޯ ހައްދާފައި، ރައްޔިތުންގެ ތުހުމަތުގެ އިނގިލި ކައުންސިލަށް

28 ޖެނުއަރީ 2018
ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

18 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު