Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނިމާލް-ޖުމަލް

ނިމާލް އާއި ޖުމަލް ފުރަތަމަ ފަހަރަށް ފިލްމަކުން ފެންނަނީ

ފިލްމުގެ ޝޮޓްތައް ނަގާނީ ރާއްޖެއާއި ސްރީލަންކާގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 1 އެޕްރީލު 2018 | އާދީއްތަ 07:51
ނިމާލް އާއި ޖުމަލް

ނިމާލް އާއި ޖުމަލް

ދަރިފުޅާއި އެކު ފުރަތަމަ ފަހަރަށް ފިލްމަކުން ފެންނާނެކަމަށް މަޝްހޫރު ޑައިރެކްޓަރ އަދި ފިލްމީ ތަރި އަހުމަދު ނިމާލް ބުނެފިއެވެ.

ނިމާލްގެ ފޭސްބުކްގައި އާންމު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ އާއި ދަރިފުޅު ޖުމަލް އެކީގައި ފެނިގެންދާ ފިލްމު މިހާރު ފައިނަލް ވެފައިވާކަމަށާއި ފިލްމުގެ ޝޮޓްތައް ނަގާނީ ރާއްޖެއާއި ސްރީ ލަންކާގައި ކަމަށެވެ. ޖުމަލް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޑާކްރެއިން އެންޓަޓައިންމަންޓުގެ ފިލްމެއް ކަމަށްވާ ވަކިން ލޯބިން އިންނެވެ.

ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ނިމާލް، އޭނާގެ ދަރިފުޅާއެކީ ފިލްމަކުން ފެނިގެންދާނެ ކަމަށް އިއުލާން ކޮށްފައިވާއިރު ފިލްމީ ދާއިރާ އަށް ޖުމަލް ނެރުނީވެސް އޭނާއެވެ. އެއީ 2014 ވަނަ އަހަރު ނެރުނު ފިލްމު "އަނިޔާ" އެވެ. ޖުމަލް އަށް ވަނީ އެ ފިލްމުން އެ ފަހަރު އެންމެ މޮޅު އާ އެކްޓަރުގެ އެވޯޑު ލިބިފައެވެ. މިފަހަރުގެ ދިވެހި ފިލްމު އެވޯޑްސްގައި ޖުމަލް އަށް ވަނީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ވާށޭ މަށާއެކީ" ގައި އޭނާ ކުޅުނު ބައިން ހޯދި އެންމެ މޮޅު އެކްޓަރުގެ އެވޯޑުވެސް ލިބިފައެވެ.

މި އެވޯޑްތަކާއި ގުޅިގެން ދަރިފުޅު ހޯދަމުން އަންނަ ކާމިޔާބީތަކަށް ވަރަށް ފަހުރުވެރިވާ ކަމަށް ނިމާލް ބުނެފައިވެ އެވެ.އަދި ޖުމަލް ބުނެފައިވަނީ އޭނާ އަށް އެ ހިސާބަށް އާދެވުނީ ނިމާލްގެ ދަރިއަކަށް ވުމުންކަމަށާއި ފިލްމީ ދާއިރާ އިން ކުރިއަށް ދާން މުޅި އާއިލާ އިން ލިބޭ އެއްބާރުލުމަށް ޝުކުރު ވަނީ އަދާކޮށްފައެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި

20 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
13 ފެބުރުއަރީ 2017

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017
ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި
13 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ
12 ފެބުރުއަރީ 2017

ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް

12 ފެބުރުއަރީ 2017
ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު