Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ މެންބަރު ނާޒިމް

ދެ މިލިއަނެއްހާ ރުފިޔާގެ ދަރަނީގެ މައްސަލައެއް ނާޒިމްގެ މައްޗަށް ސާބިތުވެއްޖެ

28 މާރިޗު 2018 | ބުދަ 07:42

މިއަހަރުގެ ނިމުމުގެ ކުރިން ދަރަނި ދައްކަންޖެހޭ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 28 މާރިޗު 2018 | ބުދަ 07:42
ނާޒިމް: ދަރަނީގެ މައްސަލައެއް ވަނީ ސާބިތުވެފައި

ނާޒިމް: ދަރަނީގެ މައްސަލައެއް ވަނީ ސާބިތުވެފައި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް ދަރަނީގެ މައްސަލައެއް ސާބިތުވެ، މިއަހަރު ނިމުމުގެ ކުރިން ދެ މިލިއަނެއްއާ ރުފިޔާ މޮރިޝަސް ކޮމާޝަލް ބޭންކަށް ދައްކަން ޖެހިއްޖެ އެވެ.

މަކަރާއި ހީލަތް ހެދިކަމުގެ ކުށް ސާބިތުވެ، އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހޭ ނާޒިމް ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ، ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު ތެރޭގައެވެ. ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ފަހުން، އޭނާ ރާއްޖެ ވަޑައިނުގަންނަވާތާ ދެ އަހަރު ވަނީ ވެފައެވެ.

ނާޒިމްގެ މައްޗަށް މިދިޔަ އާދިއްތަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ 1.5 މިލިއަން ރުފިޔާގެ ކްރެޑިޓް ފެސިލިޓީއެއް މޮރިޝަސް ކޮމާޝަލް ބޭންކުން ނާޒިމަށް ދޫކޮށްފައިވާ ކަމަށާއި އެއްބަސްވެފައިވާ ގޮތަށް ކްރެޑިޓް ފެސިލިޓީ ނުދެއްކުމުން އިންޓްރެސްޓާއި ޖޫރިމަނާއާއެކު 1.9 މިލިއަން އޭނާ ދައްކަންޖެހޭ ކަމަށެވެ. ނާޒިމަށް އެ ކްރެޑިޓް ފެސިލިޓީ ދޫކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޖުލައި 24ގައި ކަމަށާއި ދަރަނި ދައްކައި ހަލާސް ނުކޮށްފިނަމަ، ރަހުނުގެ ގޮތުގައި ބެހެއްޓި ތަކެތީގެ މައްޗަށް ބާރު ހިންގުމުގެ ހުއްދައަށް އެދުމުގެ ހައްގު މޮރިޝަސް ކޮމާޝަލް ބޭންކަށް ލިބިގެންވާ ކަމަށް ސިވިލް ކޯޓުގެ ހުކުމްގައިވެއެވެ.

ސާބިތުވި ދަރަނީގެ މައްސަލައިގައި ބުނެފައި ވަނީ ނާޒިމް ނެންގެވި ކްރެޑިޓް ފެސިލިޓީއަށް ދައްކަންޖެހޭ އެންމެހާ ފައިސާ އަދާކޮށްދިނުމުގެ ގޮތުން މި މަހުގެ ނިޔަލަށް 400،556 ރުފިޔާ ދެއްކުމަށާއި އަންނަ މަހުން ފެށިގެން، ކޮންމެ މަހަކަށް ޖެހޭ މިންވަރު ދައްކަމުން ގޮސް މިއަހަރުގެ ނިޔަލަށް އެ ފައިސާ ދައްކައި ހަލާސްކުރަން ޖެހޭނެ ކަމަށެވެ.

ކްރެޑިޓް ފެސިލިޓީގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ނާޒިމް ނަންގަވާފައި ވަނީ ރަހުނުގެ ގޮތުގައި ކޮންއެއްޗެއް ބެހެއްޓެވުމަށްފަހު ކަމެއް ހުކުމްގައި ބުނެފައި ނުވެއެވެ. ހުކުމްގައި ބުނެފައި ވަނީ ނާޒިމް ބޭންކުގައި ބެހެއްޓި ރަހުނަށް ތަސައްރަފު ކުރަންޖެހިއްޖެ ހާލަތެއްގައި އެކަމުގެ ހުއްދައަށް އެދި ހުށަހަޅަން ޖެހޭ މައްސަލަތައް ވަކިން ހުށަހެޅުމުގެ ހައްގު އެ ބޭންކަށް ލިބިގެންވާ ކަމަށެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް