Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއދ. ގެ ވަފުދު

ރާއްޖެ ވަޑައިގެން އުޅުއްވާ އދ. ގެ ވަފުދު މިނިސްޓަރ ޝައިނީއާއި ބައްދަލު ކުރައްވައިފި

27 މާރިޗު 2018 | އަންގާރަ 07:11

މިނިސްޓަރު ޝައިނީއާ އދ.ގެ ވަފްދުގެ ބޭފުޅުން ބައްދަލުކުރެއްވީ ހޯމަ ދުވަހު

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 27 މާރިޗު 2018 | އަންގާރަ 07:11
އދ. ގެ ވަފުދު މިނިސްޓަރ ޝައިނީއާއި ބައްދަލު ކުރައްވަނީ

އދ. ގެ ވަފުދު މިނިސްޓަރ ޝައިނީއާއި ބައްދަލު ކުރައްވަނީ

ރާއްޖެ ވަޑައިގެން އުޅުއްވާ އދ.ގެ ޕޮލިޓިކަލް އެފެއާޒްގެ ވަފުދުގައި ހިމެނޭ ބޭފުޅުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާ ބައްދަލުކުރައްވައިފި އެވެ. ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ހުންނަވާ އިސް މަންދޫބު ކަމުގައިވާ މިނިސްޓަރު ޝައިނީއާ އދ.ގެ ވަފްދުގެ ބޭފުޅުން ބައްދަލުކުރެއްވީ ހޯމަ ދުވަހުއެވެ. އދގެ ވަފްދުގެ ބޭފުޅުން މިނިސްޓަރު ޝައިނީގެ އިތުރުން ޖުމްހޫރީ ޕާޓީއާއި އެމްޑީޕީގެ އިސް ބޭފުޅުންނާ ވެސް ހޯމަ ދުވަހު ވަނީ ބައްދަލުކުރައްވާފަ އެވެ. ނަމަވެސް މިބައްދަލުވުންތަކުގެ ތަފްސީލް މައުލޫމާތު އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އދގެ ވަފްދެއް ރާއްޖެ އައިސްފައި މިވަނީ ރާއްޖޭގައި އުފެދިފައިވާ ސިޔާސީ މައްސަލަތައް މަޝްވަރާކޮށްގެން ހައްލުކުރެވޭނެ މަގެއް ހޯދުމަށެވެ. އެގޮތުން މިވަފްދުގެ ބޭފުޅުން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތަކީ ގުޅިފައިވާ ޕާޓީތަކާއެކު ސަރުކާރުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް މަގުފަހިކުރުމެވެ.

އދގެ ވަފްދުގެ ބޭފުޅުން ސަރުކާރުގެ އޮފިޝަލުންނާއި ގުޅިފައިވާ ޕާޓީތަކުގެ އިސްވެރިންގެ އިތުރުން މަދަނީ ޖަމިއްޔާތަކާ ބައްދަލުކުރައްވާ ރާއްޖޭގެ މަސްރަހުގައި ހިނގަމުންދާ ކަންކަން އޮޅުންފިލުއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. ޕާޓީތަކުގެ މަޝްވަރާތައް ފެށުމަށް ސަރުކާރުގެ އިހްލާސްތެރިކަމެއް ނެތް ކަމަށް ބުނެ ގުޅިފައިވާ ޕާޓީތަކުގެ ޓީމެއް މިދިޔަ ހަފްތާ ވަނީ އެމެރިކާއަށް ދަތުރުކޮށް އދގެ ކަމާ ގުޅޭ ފަރާތްތަކާ ބައްދަލުކޮށް ޝަކުވާ ހުށަހަޅާފަ އެވެ. ނަމަވެސް ސަރުކާރުން ގެންދަނީ މިފަދަ ހުރިހާ ތުހުމަތެއް ދޮގުކުރަމުންނެވެ. އދ. އިން މީގެ ކުރިން ވަނީ ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ކުރި އަމުރަކާ ގުޅިގެން ސަރުކާރުން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ އެ އަމުރު ތަންފީޒު ކުރުމަށް ގޮވާލާފަ އެވެ. އަދި ރާއްޖޭގެ މަޝްރަހު ފިނިކުރުމަށް ސިޔާސީ ޕާޓީތަކާއި ސަރުކާރާއިއެކު މަޝްވަރާތައް ބޭއްވުމަށް ވެސް އދ. އިން ދެ ފަހަރެއްގެ މަތީން ގޮވާލިއެވެ. އަދި އެ ވާހަކަތަކުގެ މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ހުށައެޅުމުން ސަރަުކާރުން އެކަމާއި ދެކޮޅު ހެއްދެވިކަމަށް އދ. އިން ބުންޏެވެ. އެހެން ނަމަވެސް ސަރުކާރުން ފަހުން އެކަން ދޮގުކުރިއެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓްގެ އަމުރަށް ފަހު، ސަރުކާރުން ވަނީ ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރަން ދައުވަތު ދީފަ އެވެ. އެހެން ނަމަވެސް، އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ މަޝްވަރާ ކުރާނީ ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒު ކޮށް، އދ. ވެސް މެދުވެރިއެއްގެ ދައުރު އަދާކުރާ ގޮތަށް ކަމަށެވެ.

އދގެ ޕޮލިޓިކަލް އެފެއާޒް އަކީ ގައުމުތަކުގައި ހިނގާ ސިޔާސީ ހަމަނުޖެހުންތައް ހައްލު ކުރުމަށް މަސައްކަތް ކުރާ އދ. ގެ މައި ޖަމްއިއްޔާ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް