Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބިޔޯންސޭ ނޯލްސް

ބިޔޯންސޭގެ މޫނުގައި ދަތް އެޅީ ކާކު؟

27 މާރިޗު 2018 | އަންގާރަ 07:03

މި ހާދިސާ ހިނގާފައިވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 27 މާރިޗު 2018 | އަންގާރަ 07:03
ބިޔޯންސޭ ނޯލްސް

ބިޔޯންސޭ ނޯލްސް

އެމެރިކާގެ ހިއުސްޓަން އަށް އުފަން ބިޔޯންސޭ ނޯލްސް އަކީ މުޅި ދުނިޔެ އަށް ނަން މަޝްހޫރު ތަރިއެކެވެ.

100 މިލިއަން ރެކޯޑްސް އޭނާ މިހާތަނަށް ވިއްކާފައިވާއިރު، ބިޔޯންސޭ އަކީ ދުނިޔޭގެ އެންމެ ވަރުގަދަ ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. 24 އެމްޓީވީ މިއުޒިކް އެވޯޑާއި 22 ގްރެމީ އެވޯޑް ލިބިފައިވާ ބިޔޯންސޭގެ ކާމިޔާބީއާއި ހުނަރާއިމެދު އެއްވެސް ފަރާތަކުން ސުވާލު އުފައްދާނެ ޖާގައެއްވެސް ނެތެވެ.

ދުނިޔޭގެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ "ކުއީން ބީ"ގެ ވެސް "ހޭޓަރސް" ހުންނަކަން އެއީ އިނގޭ ކަމެެކެވެ. އެގޮތުން، އެންމެ ފަހުން ހޮލީވުޑްގައި ފެތުރިގެން އުޅޭ ހަބަރަކީ ބިޔޯންސޭގެ މޫނުގައި އަންހެން އެކްޓަރަކު ދަތް އެޅި ވާހަކައެވެ.

މި ވާހަކަ ދައްކާފައިވަނީ 2017 ވަނަ އަހަރުގެ ފިލްމެއްކަމަށްވާ "ގަރލްސް ޓްރިޕް"އިން ފެނިގެންދިޔަ ކޮމީޑިއަން ޓިފަނީ ހެޑިޝްއެވެ. ޖީކިއު އިންޓަވިއުއަށް ދިން އިންޓަވިއުއެއްގައި ޓިފަނީ ބުނީ ޑިސެންބަރު މަހު އޮތް ޕާޓީއެއްގެ ތެރޭގައި މަޝްހޫރު އެކްޓްރެސްއެއް ބިޔޯންސޭ މޫނުގައި ދަތް އެޅި ކަމަށެވެ. ނަމަވެސް އެއީ ކާކުކަން ހާމަކޮށްފައެއް ނުވެއެވެ.

އަދި އެ ވާހަކަ އެނގިގެން އެ އަންހެން މީހާއާ ކުރިމަތިލާން އުޅުމުން އެހެން ކަންތައް ނުކުރަން ބިޔޯންސޭ އެދުނު ކަމަށާއި، ހަމައެކަނި ބުނި އެއްޗަކީ އެ މީހާ ހުރީ "ޑްރަގްސް" ނަގައިގެން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ބިޔޯންސޭ، ނުވަތަ އޭނާގެ ޓީމުން އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު، ބިޔޯންސޭގެ ރެޕްރެޒެންޓޭޓިވް ބުނީ "ތިކަމާ ގުޅުން ހުރި އެއްވެސް މައުލޫމާތެއް ނޭނގޭ" ކަމަށެވެ.

ޓިފަނީގެ އިންޓަވިއުއަށް ފަހު މުޅި ސޯޝަލް މީޑިއާ ވަނީ ހޫނު ވެފައެވެ. އަދި މި އެކްޓްރެސްއަކީ ކާކުތޯ ހޯދުމުގެ މަސައްކަތް ބިޔޯންސޭގެ ފޭނުން، ނުވަތަ "ބޭ ހައިވް"އިން ފެށިއެވެ. އޭގެ ތެރޭގައި މަޝްހޫރު މޮޑެލް އަދި ޖޯން ލެޖެންޑްގެ އަންހެނުން، ކްރިސީ ޓީގަން ހިމެނެއެވެ.

ބިޔޯންސޭ މޫނުގައި ދަތް އެޅީ ކާކުކަން ނޭނގި ނޫޅެވޭނެ ކަމަށް ކްރިސީ ޓްވީޓް ކޮށްފައިވެއެވެ. އަދި މިފަދަ ކަމެއް ކުރާނެ ފަރާތެއް އިނގޭ ކަމަށާއި އެއީ ކާކު ކަން ނުބުނެވޭނެ ކަމަށް އޭނާ ބުންޏެވެ. އަދި އެއީ އެންމެ "ގޯސް" މީހާ ކަމަށް ވެސް ކްރިސީ ސިފަ ކުރިއެވެ.

ނަމަވެސް، ކްރިސީ ފަހުން ކުރި ޓްވީޓަކުން ދަތް އެޅީ ކާކުކަން އޭނާއަށް އެނގިއްޖެކަން ހާމަވިއެވެ. އެއީ އޭނާ ހިތަށް އެރި މީހާ ނޫން ކަމަށާއި، އަދި އެއީ "ދުވަހަކު ވެސް ގެސް ނުކުރެވޭނެ މީހެއް" ކަމަށް ބުންޏެވެ.

އެއީ ކާކުކަން ބުނެ ދިނުމަށް 'ބޭ ހައިވް' އިން އާދޭސް ކުރުމުންވެސް ކްރިސީ ބުނީ އެއީ ކާކުކަން ހާމަ ކުރެވެން ނެތް ކަމަށާއި، "މިހާރުވެސް މާ ގިނަ ވާހަކަ ދެއްކިއްޖެ "ކަމަށެވެ.

"ކަންކަން އެނގުމަކީ ކަރސްއެއް،" ކްރިސީ ބުންޏެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

13 ނޮވެމްބަރު 2018

ވަރުން ދަވަންގެ ލޯބިވެރިޔާ އަކީ ކާކު؟

13 ނޮވެމްބަރު 2018
ވަރުން ދަވަންގެ ލޯބިވެރިޔާ އަކީ ކާކު؟
16 އޮކްޓޯބަރު 2018

ކޮފީ ވިތް ކަރަންގެ ގެސްޓަކަށް އާމިރުޚާން އާއެކު އަންނަނީ ކާކު؟

16 އޮކްޓޯބަރު 2018
ކޮފީ ވިތް ކަރަންގެ ގެސްޓަކަށް އާމިރުޚާން އާއެކު އަންނަނީ ކާކު؟
26 ޖޫން 2018

ފަންނޭ ޚާންގައި އައިޝްވަރިއާ އާއި އެކު ބިޔޯންސޭގެ ކޮރިއޯގްރާފަރު

26 ޖޫން 2018
ފަންނޭ ޚާންގައި އައިޝްވަރިއާ އާއި އެކު ބިޔޯންސޭގެ ކޮރިއޯގްރާފަރު
06 ޖޫން 2018

އާލިއާ އަށް ކޮންމެ ކަމަކާ ވެސް މަޝްވަރާކޮށްލެވޭ މީހަކީ ކާކު؟

06 ޖޫން 2018
އާލިއާ އަށް ކޮންމެ ކަމަކާ ވެސް މަޝްވަރާކޮށްލެވޭ މީހަކީ ކާކު؟
27 އެޕްރީލު 2018

ވިހެއުމަށް ފަހު އަލުން ފިލްމީ ދާއިރާއަށް ގުޅެން އެންމެ ބާރު އެޅީ ސައިފް: ކަރީނާ

27 އެޕްރީލު 2018
ވިހެއުމަށް ފަހު އަލުން ފިލްމީ ދާއިރާއަށް ގުޅެން އެންމެ ބާރު އެޅީ ސައިފް: ކަރީނާ
18 ޑިސެމްބަރު 2017

ޒީ ސިނަމާ އެވޯޑްސްގެ ޑާންސަކަށް ޕްރިޔަންކާ ހުށައެޅީ ފަސް ކުރޯޑް ރުޕީސް

18 ޑިސެމްބަރު 2017
ޒީ ސިނަމާ އެވޯޑްސްގެ ޑާންސަކަށް ޕްރިޔަންކާ ހުށައެޅީ ފަސް ކުރޯޑް ރުޕީސް
28 ސެޕްޓެމްބަރު 2017

ދަތް އެޅި މިޔަރު ލޯންޗަށް އެރުމުން ވެސް ދުލެއް ނުކުރި

28 ސެޕްޓެމްބަރު 2017
ދަތް އެޅި މިޔަރު ލޯންޗަށް އެރުމުން ވެސް ދުލެއް ނުކުރި
16 ޖުލައި 2017

ބިޔޯންސޭގެ އެއްމާބަނޑު ދެ ކުދިން ދައްކާލައިފި

16 ޖުލައި 2017
ބިޔޯންސޭގެ އެއްމާބަނޑު ދެ ކުދިން ދައްކާލައިފި
23 މާރިޗު 2017

ކަރަން ޖޯހަރުގެ "ސްޓޫޑެންޓް އޮދް ދި އިޔާ" ގެ ލީޑް އެކްޓްރެސް އަކީ ކާކު؟

23 މާރިޗު 2017
ކަރަން ޖޯހަރުގެ "ސްޓޫޑެންޓް އޮދް ދި އިޔާ" ގެ ލީޑް އެކްޓްރެސް އަކީ ކާކު؟
02 މާރިޗު 2017

ބަލިވެ އިން ބިޔޯންސޭގެ ބަދަލުގައި ލޭޑީ ގާގާ ކޯޗެލާއަށް

02 މާރިޗު 2017
ބަލިވެ އިން ބިޔޯންސޭގެ ބަދަލުގައި ލޭޑީ ގާގާ ކޯޗެލާއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް