Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޓީބީ ބަލި

މިދިޔަ އަހަރު ރާއްޖެއިން ޓީބީ ޖެހިފައިވާ 136 ބަލިމީހުން ފެނިފައިވޭ: ހެލްތް މިނިސްޓްރީ

ރާއްޖެއިން ޓީބީ ބަލި ފެނިފައިވަނީ 1960 ވަނަ އަހަރު

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 26 މާރިޗު 2018 | ހޯމަ 11:25
ޓީބީ ނައްތާލުމަށް އެކުލަވާލި ސްޓިއަރިންގ ކޮމިޓީ

ޓީބީ ނައްތާލުމަށް އެކުލަވާލި ސްޓިއަރިންގ ކޮމިޓީ

މިދިޔަ އަހަރު ރާއްޖެއިން ޓީބީ ޖެހިފަިއިވާ 136 ބަލިމީހުން ފެނިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓީބީ ނައްތާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެކުލަވާލައިފައިވާ ސްޓިއަރިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 2017 ވަނަ އަހަރު ޓީބީ ބަލި ޖެހިފައިވާ 136 މީހުން ރާއްޖެއިން ފާހަގަކުރެވުނު އިރު 2016 ވަނަ އަހަރު ޓީބީ ބަލި ޖެހިފައިވާ 170 މީހުން ވަނީ ފާހަގަކުރެވިފަ އެވެ.

Advertisement - newsAdvertisement

ފާއިތުވެދިޔަ އަށް އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު އެންމެ މަދުން ޓީބީ ބަލި ޖެހިފައިވާ މީހުން ފެނިފައިވަނީ 2011 ވަނަ އަހަރު އެވެ. އެއަހަރު ރާއްޖެއިން 88 ޓީބީ ބަލި މީހުން ފެނިފައިވެ އެވެ. އަދި އެއް އަހަރުން އަނެއް އަހަރަށް ބަލާ އިރު ފަހުގެ އަހަރުތަކުގައ ޓީބީ ބަލި ޖެހޭ މީހުން އިތުރުވެފައިވާ ކަން ވަނީ ފާހަގަކުރެވިފަ އެވެ. ހެލްތް މިނިސްޓްރީން ބުނީ، މި އިތުރުވުމަކީ، ރާއްޖޭގައި ޓީބީ ބަލި ޖެހޭ މީހުން ސީދާ އިތުރުވުމަށް ނުވުން ވެސް އެކަށީގެންވެދާނެ ކަމަށާއި އެހެން ނަމަވެސް ބަލި ޖެހިފައިވާކަން އެނގޭ މީހުން ކުރިއަށް ވުރެ އިތުރުވުން ވެސް އެކަށީގެންވާ ކަމަށެވެ.

ރާއްޖެއިން ޓީބީ ބަލި އެންމެ ފުރަތަމަ ފާހަގަކުރެވިފައިވަނީ 1960 ވަނަ އަހަރު އެވެ. އަދި 1962 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓީބީއަށް ހާއްސަ ކްލިނިކެއް ހުޅުވިގެންދިޔަ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޓީބީ ބައްޔަށް ހާއްސަ ބީސީޖީ ވެކްސިން ޖަހަން ފަށާފައިވަނީ 1971 ވަނަ އަހަރު އެވެ. އަދި 1988 ބީސީޖީ ވެކްސިން ޖަހާ ކުދިންގެ ނިސްބަތް އާބާދީގެ 98 ޕަސެންޓަށް އެރިއެވެ. ޓީބީ ބަލި މަދުކޮށް ކޮންޓްރޯލް ކުރުމަށް އެންމެ ފުރަތަމަ ގައުމީ ފެންވަރުގެ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލައިފައިވަނީ 2001 ވަނަ އަހަރު އެވެ. މީގެ އިތުރުން 2004 ވަނަ އަހަރު ރާއްޖެއިން ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޓީބީ ކޮންޓްރޯލްވެފައިވާ ގައުމުތަކުގެ ލިސްޓުން ޖާގަ ހޯދާފައެވެ.

ޓީބީ ބައްޔާ ގުޅޭ ދެވަނަ ގައުމީ ފެންވަރުގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލައިފައިވަނީ 2008 ވަނަ އަހަރު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު