Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހޮލީވުޑް

ސެލީނާއާއި ދަ ވީކްއެންޑް ވަކިވީ ޖަސްޓިން ބީބަރގެ ސަބަބުންތަ؟

ނިމިގެން ދިޔަ ހަފްތާ ބަންދު ތެރޭގައި ސެލީނާ އާއި ޖަސްޓިން އެކުގައި ވަނީ ފެނިފައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 2 ނޮވެމްބަރު 2017 | ބުރާސްފަތި 07:43
ސެލީނާ ގޮމެޒް އާއި ޖަސްޓިން ބީބަރ، ބުދަ ދުވަހުގެ ވަގުތެއްގައި

ސެލީނާ ގޮމެޒް އާއި ޖަސްޓިން ބީބަރ، ބުދަ ދުވަހުގެ ވަގުތެއްގައި

ހޮލީވުޑްގެ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ ސެލީނާ ގޮމެޒް އާއި އެބެލް ޓެސްފަޔޭ ނުވަތަ "ދަ ވީކްއެންޑް" ވަކިވެއްޖެ ކަމުގެ ހަބަރުތައް ފެތުރެން ފަށައިފިއެވެ.

ދެ ލޯބިވެރިން ވަކިވުމުގެ ހަބަރުތައް ފެތުރުމުގެ ކުރިން ސެލީނާއާއި އޭނާގެ ކުރީގެ ލޯބިވެރިޔާ، ލަަވަކިޔުންތެރިޔާ ޖަސްޓިން ބީބަރގެ ފޮޓޯ ތަކެއް ސޯޝަލް މީޑިއާގައި އާންމު ވެފައިވާ އިރު، ގިނަ ފަރާތްތަކެއް ބުނަމުން ދިޔައީ ދެ މީހުން ވަކިވީ ޖަސްޓިންގެ ސަބަބުން ކަމަށެވެ.

ނަމަވެސް ޓީއެމްޒީން ރިޕޯޓްކޮށްފައިވާ ގޮތުގައި 10 މަހަށް ފަހު ދެ މީހުން ވަކިވާން ޖެހުނީ ޝެޑިއުލްގެ ސަބަބުން އެކަކު އަނެކަކަށް ވަގުތު ނުދެވުމުގެ ސަބަބުންނެވެ. އަދި އެކަމާ ޖަސްޓިންއާ އެއްވެސް ގުޅުމެއް ނުވާކަމަށް ވެސް ޓީއެމްޒީން ރިޕޯޓްކޮށްފައިވެއެވެ.

މީގެ އިތުރުން، ވަކިވާން ނިންމީ ސެލީނާ ނޫންކަމަށާއި، އެއީ ވީކްއެންޑްގެ ނިންމުމެއްކަމަށް ރިޕޯޓް ތަކުގައި ވެއެވެ.

ސެލީނާއާއި ރަށްޓެހިވުމުގެ ކުރިން ވީކްއެންޑް ރަށްޓެހިވެގެން އުޅުނީ މަޝްހޫރު މޮޑެލް ބެލާ ހަދީދުއާއެވެ. ދާދި ފަހުން ބެލާއާއި މަޝްހޫެރު ރެޕް އާޓިސްޓް ޑްރޭކްއާ ގުޅުމެއްވާ ކަމަށް ރިޕޯޓް ކުރެވިފައިވާ އިރު، އެކަމާ ވީކްއެންޑް ހިތްހަމަ ނުޖެހިގެން އުޅޭ ވާހަކަ އަކީވެސް މުނިފޫހި ފިލިވުމުގެ ދުނިޔޭގައި ހޫނުވި ވާހަކަ އެކެވެ. ވީކްއެންޑް އަދި ޑްރޭކްއަކީ ކެނެޑާއަށް ނިސްބަތްވާ ދެ ފަންނާނުން ނެވެ.

ނިމިގެންދިޔަ ހަފްތާ ބަންދުގައި ސެލީނާއާއި ޖަސްޓިންގެ ފޮޓޯތައް އާންމުވުމާ ގުޅިގެން ފޭނުންތައް ދަނީ ސޯޝަލް މީޑިއާގައި އުފާ ފާޅުކުރަމުންނެވެ. ފަސް ވަރަކަށް އަހަރު އެކުގައި އުޅުމަށް ފަހު ސެލީނާއާއި ޖަސްޓިން ރުޅިވެފައިވަނީ 2015 ގަ އެވެ.

ސެލީނާ އާއި ޖަސްޓިންއާ އެކުގައި ފުރަތަމަ ފަހަރަށް ފެނިފައި ވަނީ ނިމިގެން ދިޔަ ހަފްތާ ބަންދު ތެރޭގައެވެ. އެއަށް ފަހު އެކުގައި ގިނަ ފަހަރަށް ފެނިފައިވާކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ގުޅުމާ މެދު ދެ ފަރާތުން ވެސް ބަހެއް ބުނެފައެއް ނުވެއެވެ،

އިތުރަށް ކިޔާލަން

02 އެޕްރީލު 2018

ދަ ވީކްއެންޑްގެ އާ އަލްބަމް: ސެލީނާ ދެކެ ލޯބިވެވުމަކީ ކުށެއް؟

02 އެޕްރީލު 2018
ދަ ވީކްއެންޑްގެ އާ އަލްބަމް: ސެލީނާ ދެކެ ލޯބިވެވުމަކީ ކުށެއް؟
26 މާރިޗު 2018

ޖަސްޓިންއާއި ސެލީނާ: ބްރޭކަކަށް ދާން ޖެހުނީ ކީއްވެ؟

26 މާރިޗު 2018
ޖަސްޓިންއާއި ސެލީނާ: ބްރޭކަކަށް ދާން ޖެހުނީ ކީއްވެ؟
14 މާރިޗު 2018

ސެލީނާ އާއި ޖަސްޓިން ބީބާ ބްރޭކެއްގައި

14 މާރިޗު 2018
ސެލީނާ އާއި ޖަސްޓިން ބީބާ ބްރޭކެއްގައި
29 ޖެނުއަރީ 2018

ޖަސްޓިން ބީބާ އާ އަލްބަމެއް ހަދަނީ

29 ޖެނުއަރީ 2018
ޖަސްޓިން ބީބާ އާ އަލްބަމެއް ހަދަނީ
19 ޖެނުއަރީ 2018

ޖަސްޓިން ބީބާ އޭނާގެ މަންމައާ އެކު ރާއްޖޭގައި

19 ޖެނުއަރީ 2018
ޖަސްޓިން ބީބާ އޭނާގެ މަންމައާ އެކު ރާއްޖޭގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު