Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުސްތޫރީ މައްސަލަ

ދުސްތޫރީ ބޮޑު ދެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައި ހުކުމް ކުރަން ތައްޔާރުވެއްޖެ

20 މާރިޗު 2018 | އަންގާރަ 13:14

ހުކުމް ކުރާނެ ދުވަހެއް ޝެޑިއުލެއް ނުކުރޭ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 20 މާރިޗު 2018 | އަންގާރަ 13:14
އިދިކޮޅު މެމްބަރުން ސުޕްރީމް ކޯޓުން ނުކުންނަނީ

އިދިކޮޅު މެމްބަރުން ސުޕްރީމް ކޯޓުން ނުކުންނަނީ

ބާރަ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަންގެ ގާނޫނާއި ޖިނާއީ ކުށެއް ސާބިތުވުމުން ފަނޑިޔާރުކަން ގެއްލޭ ގޮތަށް މަޖިލީހުން ފާސްކުރި އިސްލާހު ބާތިލު ކުރުމަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ނިންމާލައި ހުކުމް ކުރަން ސުޕްރީމް ކޯޓުން ތައްޔާރުވެއްޖެ އެވެ.

ދުސްތޫރީ އެ މައްސަލަތަކުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލީ ވަކިވަކިން ބޭއްވި ހަތަރު އަޑުއެހުމަކަށްފަހުއެވެ. އެގޮތުން މިދިޔަ އާދީއްތަ ދުވަހާއި އަންގާރަ ދުވަހު ބޭއްވި ހަތަރު އަޑުއެހުމަކަށް ފަހު، ދެން އޮންނާނީ އެ ދެ މައްސަލައިގެ ހުކުމް ކުރުން ކަމަށް ފަނޑިޔާރުންގެ ބެންޗުން އަންގާރަ ދުވަހު ވަނީ އިއުލާން ކޮށްފައެވެ.

Advertisement - newsAdvertisement

ނަމަވެސް އެ މައްސަލަތަކުގައި ހުކުމް ކުރާނެ ދުވަހެއް ފަނޑިޔާރުންގެ ބެންޗުން ވިދާޅެއް ނުވެއެވެ.

އެ ދެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަންގާރަ ދުވަހު ބޭއްވި އަޑުއެހުންތަކުގައި ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވުމުން އޮޓަމެޓިކުން ފަނޑިޔާރުން މަގާމުން ވަކިވާ ގޮތަށް ފާސްކުރި އިސްލާހާއި އެންޓި ޑިފެކްޝަންގެ ބިލަކީ ރައްޔިތުންގެ އެ މައްޗަށް އަމަލު ކުރުން ލާޒިމު ބިލުތަކެއް ނޫން ކަމަށެވެ.

ވަކިވަކިން ބޭއްވި ދެ މައްސަލައިގެ ޝަރީއަތުގައި ބަންޑާރަ ނައިބުގެ އޮފީހުގެ ސްޓޭޓް ކައުންސެލް މާޝާ ލުތުފީ ވިދާޅުވީ މެމްބަރުން މަގުބޫލު އުޒުރެއް ނެތި ގަސްދުގައި މަޖިލީހަށް ހާޒިރު ނުވެއްޖެނަމަ އަމަލު ކުރާނެ ގޮތެއް މަޖިލީހުގެ ގަވާއިދުގައި މިހާރު ނެތް ކަމަށެވެ. ވަކި ބިލްތަކެއް ފާސްކުރަން ބޭނުންވާ އަދަދަށް މެމްބަރުން މަޖިލީހަށް ވަޑައިނުގެން، ގާނޫނީ ޑެޑްލޮކަކަށް މަޖިލިސް ހިނގައިދާނެ ކަމަށާއި އެކަމަކީ ގާނޫނީ ގޮތުން ހައްލެއް ހޯދަންޖެހޭ މައްސަލައެއް ކަމަށް މާޝާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑިފެކްޓޯ ހާލަތުގައި ހާލަތުއް ޟަރޫރާ ނުވަތަ ސްޓޭޓް އޮފް ނެސެސިޓީގެ ދަށުން މަޖިލީހުން ބިލު ފާސްކުރުމަށް ވަކި އަދަދަކަށް ކޯރަމް ބޭނުން ނުވާނެ ކަމަށެވެ. އަދި އެ ހާލަތުގައި ފާސްކުރާ ބިލުތަކަކީ ދުސްތޫރީ ގޮތުން ސައްހަ ބިލުތަކެއް ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

އެ ވާހަކަތައް ތަކުރާރު ކުރައްވައި، އޭނާ ވިދާޅުވީ އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައި ބިލަކީ ރައްޔިތުން އޭގެ މައްޗަށް އަމަލު ކުރުން ލާޒިމުވާ ބިލުތަކެއް ނޫން ކަމަށާއި އެހެންކަމުން އެ ބިލުތައް ފާސްކުރި ޖަލްސާއަށް މަޖިލީހުގެ ޖުމުލަ އަގުލަބިއްޔަތުގެ ދެބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވުން ލާޒިމު ނޫން ކަމަށެވެ.

ދައުލަތުގެ ވަކީލާ އެހެން ވިދާޅުވުމުން، ފަނޑިޔާރުންގެ ބެންޗުން ވަނީ ދައުލަތަށް ސުވާލުތަކެއް އަމާޒު ކުރައްވާފައެވެ. ރައްޔިތުން އެ މައްޗަށް އަމަލު ކުރަންޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ އިބާރާތުގެ ލަފްޒީ މާނައަށް ވިސްނައިގެން ނުވާނެ ކަމަށާއި އެ ބުނުމުގެ މާނައަކީ ރައްޔިތުން ތަބާވާންޖެހޭ ގާނޫނުތަކާއި ކިޔަމަންވާންޖެހޭ ގާނޫނުތަކަކީ ވެސް ރައްޔިތުން އެ މައްޗަށް އަމަލު ކުރަންޖެހޭ ގާނޫނުތަކެއް ކަމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަންގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އާއި މަކުނުދޫ ދާއިރާޣެ މެމްބަރު އަނާރާ ނައީމެވެ.

އެބޭފުޅުންގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލައިގެ އެއް އަސާސަކަށް ބިނާކޮށްފައި އޮތީ، މަޖިލީހުން ފާސްކުރި ދެ ބިލަކީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމު ދެ ބިލު ކަމަށެވެ. އެހެންކަމުން އެފަދަ ބިލުތައް ފާސްކުރަން ޖެހޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވެ، ވޯޓުނަގާ ޖަލްސާއެއްގައި ބައިވެރިވެގެން ކަމަށެވެ. އެގޮތުން އެ ދެ ބިލު ފާސްކޮށްފައި ވަނީ މަޖިލީހުގެ 43 މެމްބަރުން ހާޒިރުވެ ނެތީސް ކަމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައެވެ.

އެހެންކަމުން މަޖިލީހުން ފާސްކުރި އެ ދެ ބިލު ގާނޫނަކަށް ވެފައިވާތީ، އެ ގާނޫނުތަކުގެ ދަށުން އަޅާފައިވާ ފިޔަވަޅުތައް ހުއްޓުވައި، އެކަން ބާތިލުކޮށްދިނުމަށް އެދިފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް