Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ރައީސް ނަޝީދު

މައިބަނދައިގެ ރިހުން ރަނގަޅުވެއްޖެ، އެނބުރި ރާއްޖެ އަންނާކަށް ނާނގާ: ރައީސް ނަޝީދު

8 މާރިޗު 2018 | ބުރާސްފަތި 08:21

ޔާމީން ވެރިކަމުގައި ހުއްޓަސް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 8 މާރިޗު 2018 | ބުރާސްފަތި 08:21
ރައީސް ނަޝީދު: އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި

ރައީސް ނަޝީދު: އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ބޭސްފަރުވާއަށް ވަޑައިގެންނެވި ކަންކަން ފުރިހަމަ ކުރުމުން، މައިބަނދައިގެ ރިހުން ވެސް ރަނގަޅުވެފައިވާ ކަމަށާއި އެނބުރި ރާއްޖެވަޑައިގަތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އަދިވެސް އަންގާފައި ނުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ހަކުރުބަލީގެ މީހެއް ނޫން ކަމަށާއި އަދި ލޭގެ ޕްރެޝަރު މައްޗަށް ދިއުމުގެ މައްސަލައެއް ވެސް ކުރިމަތިވެވަޑައިގެންފައި ނެތް ކަމަށެވެ. ސިއްހަތު ރަނގަޅު ކަމަށާއި ނަމަވެސް މައި ބަނދައިގައި ރިހުމަށް ފަރުވާ ހޯދި ފަހުން އެކަން ވެސް ރަނގަޅު ކަމަށާއި ކަސްރަތުކޮށް ހެދުމުން ވެސް މައްސަލައެއް ފާހަގަ ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

"ހަމައެކަނި އަޅުގަނޑު ހުންނަނީ ބުރަކަށީގައި، މައި ބަނދައިގައި ހުންނަ ރިހުމެއް. މިހާރު މި ފަރުވާ ލިބުނު ފަހުން، ވަރަށް ރަނގަޅު. ކަސްރަތުކޮށް އުޅުނީމަ އަޅުގަނޑު ދެކޭ ގޮތުގައި ނުފެނޭ މާ ބޮޑު މައްސަލައެއް،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ބޭސްފަރުވާގެ ކަންކަން ނިމިފައިވާތީ، އެކަން ކަރެކްޝަނަލް ސާވިސަށް އަންގަވާފައިވާ ކަމަށާއި ނަމަވެސް އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް އެމަނިކުފާނަށް އަންގަވާފައި ނުވާ ކަމަށެވެ. "އަދިވެސް އަޅުގަނޑު ގާތަކު އެއްފަހަރަކު ވެސް ވިދާޅެއް ނުވޭ ކަރެކްޝަނަލް ސާވިސަސްއަކުން ވެސް އެނބުރި އައުމަކަށް. އަޅުގަނޑު ބޭސްފަރުވާ ނިމުނު ވާހަކަ ކަރެކްޝަންގައި ދަންނަވާފައި ވާނީ. ދެން އަޅުގަނޑު ކައިރީ އެނބުރި އައުމަކަށް އެއްވެސް ފަހަރަކު ނުބުނުއްވާ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަ ކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށާއި ގުޅިފައިވާ ޕާޓީތަކާއެކު މަސައްކަތްކުރާއިރު، އިންތިހާބުގައި ވާދަކުރާނެކަން ހާމަކުރާނީ ޕާޓީތަކާއެކު މަޝްވަރާކޮށް، އެއްބަސްވުމަކަށް އާދެވިގެން ކަމަށެވެ.

"އާދެ އަޅުގަނޑު ބޭނުން ވާދަކުރަން. އެކަމަކަށް ޝައްކެއް ނެތް. އެހެން ނަމަވެސް އަޅުގަނޑުމެން އެކަން ކުރަން ޖެހޭނީ މަޝްވަރާ ކުރެވިގެން، އެއްބަސްވުމަކަށް އާދެވިގެން،"

އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވިޔަސް، އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް އެމަނިކުފާނު ވެރިކަމުގައި ހުންނަވާ ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"މާލެ އަޅުގަނޑު ދާނަން. ރާއްޖެ އަޅުގަނޑު ދާނަން. ރައީސް ޔާމީން ވެރިކަމުގައި ހުންނެވިޔަސް އަޅުގަނޑު ރާއްޖެ ދާނަން. އެކަމަކު އަޅުގަނޑަކަށް ނުފެނޭ ރައީސް ޔާމީން ވެރިކަމުގައި ހުންނަވާ ތަނެއް. އަޅުގަނޑު ރާއްޖ ދާނަަން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ އިއްތިހާދު މިހާރު މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ ގުޅިފައިވާ ޕާޓީތައް އެކީގައި. އަޅުގަނޑުމެން އެ ޕާޓީތަކާ މަޝްވަރާކޮށްގެން، އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ މިސްރާބު ރަނގަޅު ރީތި ގޮތަކަށް ސާފު ކަނޑައެޅިގެން ރައްޔިތުންގެ ފައިދާއަށް ރައްޔިތުންގެ އެދުންތައް ފުއްދައިދެވޭ ހެޔޮވެރިކަމެއް ގާއިމު ކުރެވޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް