Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީޔޫ ކައުންސިލް ނިންމުން

އީޔޫއިން ރާއްޖެ އަށް ދިން އިންޒާރު، ދިވެހި ބަހުން ވެސް ނެރެފި

2 މާރިޗު 2018 | ހުކުރު 09:30

ގަރާރުގެ ހަތް ނުކުތާ ވެސް ދިވެހި ބަހުން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 2 މާރިޗު 2018 | ހުކުރު 09:30
އުއްވުމެއް ރޫޅާލުމުގެ މަސައްކަތުގައި ފުލުހުން

އުއްވުމެއް ރޫޅާލުމުގެ މަސައްކަތުގައި ފުލުހުން

ރާއްޖޭގެ ހާލަތަށް ހެޔޮ ބަދަލެއް ނާންނަ ނަމަ ދައުލަތުގެ ވަކިވަކި ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ، ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ކައުންސިލުން ނިންމާފައިވާ ގަރާރު، ދިވެހި ބަހުން އެ ޖަމިއްޔާއިން ނެރެފިއެވެ.

މިދިޔަ ހޯމަ ދުވަހު ޔޫރަޕިއަން ކައުންސިލްގެ ފޮރިން އެފެއާޒް ކައުންސިލުން ނިންމި އެ ގަރާރުގެ ދިވެހި ތަރުޖަމާ އާންމުކޮށްފައި ވަނީ ހުކުރު ދުވަހުގެ ހެނދުނު ޓްވީޓާ މެދުވެރިކޮށެވެ. ހަތް ކަމެއް ފާހަގަކޮށްފައިވާ އެ ގަރާރުގައި ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން ނިންމި ގޮތްތައް ތަފްސީލުކޮށް ދިވެހި ބަހުން ލިޔެފައިވެއެވެ.

Advertisement - newsAdvertisement

އެ ގަރާރުގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ހާލަތު ގޯސްވަމުންދާތީ، އެ ޖަމިއްޔާގެ ކައުންސިލުން އެކަން ބަލަމުންދާ ކަމަށާއި ރާއްޖޭގެ ހާލަތާމެދު ކަންބޮޑުވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ހުރިހާ ފަރާތްތަކަށް، ހާއްސަކޮށް ސަލާމަތީ ހިދުމަތްތަކަށް އެކަށީގެންވާ އިމުގެ ތެރެއިން އަމަލުތައް ބެހެއްޓުމަށް ގޮވާލާ ކަމަށް ވެސް އެ ޖަމާއަތުން ގޮވާލާފައިވެއެވެ.

ސިޔާސީ ބައެއް ފަރާތްތަކުގެ މައްޗަށް ހިންގާފައިވާ ޖިނާއީ އިޖުރާއަތްތަކުގެ ސައްހަކަމާމެދު ސުވާލު އުފައްދައި، އެ ފަރާތްތައް ވަގުތުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މިދިޔަ މަހުގެ އެއް ވަނަ ދުވަހު ކުރި އަމުރަށް ވެސް އީޔޫގެ ނިންމުމުގައި ހަވާލާދީފައިވެ އެވެ. އަދި 12 މެމްބަރުންގެ ގޮނޑި އަނބުރާ ރުޖޫއަކުރުމަށް ވެސް އެ އަމުރުގައި ފާހަގަކޮށްފައި ވާތީ އީޔޫ އިން އެކަން ވެސް ފާހަގަކޮށް، އެކަންކަން ތަފީޒު ކުރުމަށް ބާރުއަޅާފައި ވެއެވެ.

އިޔޫގެ ކައުންސިލުގެ ގަރާރުގައި ވަނަ ތިން ވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މަޖިލީހާއި އަދުލުއިންސާފުގެ ދާއިރާ އާންމު ހާލަތަކަށް ރުޖޫއަވުމަށާއި ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން އެތަންތަން މަސައްކަތް ކުރުމަށް މަގުފަހި ކޮށްދޭންޖެހޭ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ކަމާބެހޭ މުއައްސަސާތަކުން ރުޖޫއަ ކުރާނެ ކަމަށް ކައުންސިލުން އުންމީދު ކުރާ ކަމަށް ވެސް އެ ނިންމުމުގައި ފާހަގަކޮށްފައިވެ އެވެ. އަދި ގާނޫނަށް ހުރުމަތްތެރިކޮށް ހިތައި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އަދުލުވެރިކަމާއެކު ޝަރީއަތް ކުރުމާއި އިންސާނީ ހައްގުތައް ރައްކާތެރިކުރަން މުއައްސަސާތަކުން މަސައްކަތް ކުރުމަށް ވެސް އީޔޫ ކައުންސިލްގެ ނިންމުގައި ގޮވާލާފައިވެއެވެ. ސިޔާސީ ބޭނުމަށް އެކި ފަރާތްތައް ހައްޔަރުކުރާކުރުން ކުށްވެރިކޮށް، އެ އެންމެހައި ސިޔާސީ ހައްޔަރީން ވަގުތުން މިނިވަން ކުރުމަށް އީޔޫ ކައުންސިލުން ސަރުކާރަށް ޝަރުތުކޮށްފައި ވަނީ އެއްވެސް ހުށަހެޅުމަކާ ނުލައެވެ.

ސުޕްރީމް ކޯޓުގެ މަސައްކަތްތައް ސަރުކާރުން ނުފޫަޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކޮށް، އީޔޫ ކައުންސިލްގެ ނިންމުގައި ބުނެފައި ވަނީ އަދަލުއިންސާފުގެ ދާއިރާ އާއި ފަނޑިޔާރުންނާމެދު އަޅާފައިވާ ފިޔަވަޅުތައް އެ ކައުންސިލުން ކުށްވެރި ކުރާ ކަމަށެވެ.

ފަތުރުވެރިން ހިމެނޭ ގޮތަށް ރާއްޖެއަށް ޒިޔާރަތް ކުރާ އަދި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ރައްކާތެރި ކަމަށް ކޮށްފާނެ އަސަރާމެދު ވެސް އީޔޫގެ ކައުންސިލުން ކަންބޮޑުވުންފާޅުކޮށްފައިވެ އެވެ. އަދި ރާއްޖޭގެ މިހާރު އޮތް ހާލަތަކީ ޑިމޮކްރަޓިކް ވެރިކަމާއި ބާރުތައް ވަކިވެފައިވާ ނިޒާމުގެ އަސާސްތަކާ އެއްގޮތްވާ ހާލަތެއް ނޫން ކަމަށާޢި ހާލަތަށް ހެޔޮ ބަދަލެއް ނާންނަނަމަ ވަކިވަކި ފަރާތްތަކާމެދު ފިޔަވަޅު އެޅުމާމެދު ވިސްނާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

އިދިކޮޅު ހުރިހާ ލީޑަރުން ހައްޔަރު ކުރުމަށްފަހު، ސަރުކާރުން މަޝްވަރާއަށް ގޮވާލާފައި ވާތީ، އީޔޫގެ ބަޔާނުގައި ބުނެފައި ވަނި އިތުބާރުހިފޭ، ދެފުށް ފެންނަ އަދި އެންމެހާ ފަރާތްތަކަށް ބައިވެރިވެވޭ ރިޔާސީ އިންތިހާބަކަށް މަގުފަހި ކުރުމަށްޓަކާ އިދިކޮޅު އިސްވެރިންނާއެކު އިހްލާސްތެރި ކަމާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށެވެ. އެފަދަ މަޝްވަރާތަކަށް މަގުފަހި ކޮށްދިނުމަށް އދ. ކުރާ ހުރިހާ މަސައްކަތްތަކަށް އިޔޫއިން އެހީތެރިވާން ތައްޔާރަށް އޮތް ކަމަށް ވެސް އެ ޖަމާއަތުގެ ނިންމުގައި ފާހަގަކޮށްފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް