Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމިޝެލް އޮބާމާގެ ބިކަމިން

މިޝެލް އޮބާމާގެ "ބިކަމިން" އަންނަ ނޮވެމްބަރު މަހު ނެރެނީ

މި ފޮތް ނެރޭނީ އަންނަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 2 މާރިޗު 2018 | ހުކުރު 03:48
ބިކަމިންގެ ޕޯސްޓަރ

ބިކަމިންގެ ޕޯސްޓަރ

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝެލް އޮބާމާގެ ބައޮގްރަފީ އަންނަ ނޮވެމްބަރު މަހު ނެރޭ ގޮތަށް ހަމަޖެހިއްޖެއެވެ.

މިޝެލްގެ އިންސްޓަގްރާމުގައި ހާމަކުރައްވާފައިވާ ގޮތުގައި މި ފޮތް ނެރޭނީ އަންނަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. މިޝެލް ހާމަކުރެއްވި ގޮތުގައި "ބިކަމިން"ގައި އެކަމަނާގެ އަމިއްލަ ތަޖުރިބާ ހިއްސާ ކުރައްވާފައި ވާނެއެވެ. އެ ފޮތުގައި އެކަމަނާ އެންމެ ކުޑައިރުއްސުރެ އެމެރިކާގެ ޝިކާގޯއަށް ވަޑައިގެން ކުރެއްވި ދިގު ދަތުރުގެ ވާހަކަ އާއި އެހެން މީހުން ބާރުވެރިކުރުވުމަށް އެކަމަނާ ކުރެއްވި މަސައްކަތް ފޮތުގައި ހިމަނުއްވާފައި ވާނެ ކަމަށް މިޝެލްގެ އިންސްޓްގްރާމުގައި ވަނީ ވިދާޅުވެފައެވެ. އަދި އެ ވާހަކަތައް ހިއްސާކުރެއްވުމަށް ކެތްމަދުވެފައި ހުންނެވި ކަމަށް މިޝެލް ވަނީ ވިދާޅުވެފައެވެ.

މިޝެލްގެ ބިކަމިން 24 ބަހަކުން ލިބެންހުންނާނެއެވެ. މި ފޮތް ނެރެނީ ޕެންގްއިން ރެންޑަމް ހައުސްއާ ގުޅިގެންނެވެ.

އެމެރިކާގެ ތާރީޚުގައި ފެނިގެންދިޔަ ފުރަތަމަ އެފްރިކަން- އެމެރިކަން ފަސްޓް ލޭޑީ މިޝެލްއާ ބެހޭ ގޮތުން އޭނާގެ ފިރިކަލުން އަދި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެފައި ވަނީ މިޝެލްއަކީ ހިތްވަރުގަދަ އަންހެނެއް ކަމަށާއި މުޅި އެމެރިކާ މިޝެލްއަށްޓަކައި ފަޚުރުވެރި ވާކަމަށެވެ. މިޝެލްވެފައި ވަނީ އެމެރިކާގެ ފަސްޓްލޭޑީންގެ ތެރެއިން ގިނަ ބައެއްގެ ލޯބި ލިބިވަޑައިގެންފައިވާ ފަސްޓްލޭޑީއަކަށެވެ.

އިތުރަށް ކިޔާލަން

22 އޯގަސްޓު 2017

"ވީރޭ ދި ވެޑިން" ގެ ޝޫޓިން އަންނަ މަހު ފަށަނީ

22 އޯގަސްޓު 2017
"ވީރޭ ދި ވެޑިން" ގެ ޝޫޓިން އަންނަ މަހު ފަށަނީ
16 އޯގަސްޓު 2017

އަޖޭގެ "ރެއިޑް" އަންނަ މަހު ފަށަނީ

16 އޯގަސްޓު 2017
އަޖޭގެ "ރެއިޑް" އަންނަ މަހު ފަށަނީ
03 އޯގަސްޓު 2017

ބޮލީވުޑް ފިލްމީ ދާއިރާގައި ކާޖޮލް މަސައްކަތްކުރަމުން އަންނަތާ 25 އަހަރު ފުރިއްޖެ

03 އޯގަސްޓު 2017
ބޮލީވުޑް ފިލްމީ ދާއިރާގައި ކާޖޮލް މަސައްކަތްކުރަމުން އަންނަތާ 25 އަހަރު ފުރިއްޖެ
26 ޖޫން 2017

"ބަދްޝާހޯ" ނެރޭނީ އަންނަ ސެޕްޓެމްބަރު 1 ގައި

26 ޖޫން 2017
"ބަދްޝާހޯ" ނެރޭނީ އަންނަ ސެޕްޓެމްބަރު 1 ގައި
18 މެއި 2017

އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ

18 މެއި 2017
އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު