Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

އެންއައިސީއަށް ސުލައިމާން، ޖަޕާން ސަފީރު ކަމަށް އުވައިސް އައްޔަން ކުރުމަށް ރުހުން ދިނުމުގެ ޖަލްސާ މަދާމާ

ސުލައިމާނަށް 75.89 މާކްސް، ފާސްވަނީ 75 އިން މަތިން މާކްސް ލިބިގެން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 27 ފެބުރުއަރީ 2018 | އަންގާރަ 09:58
އަހުމަދު ސުލައިމާން (ވ)ގައި

އަހުމަދު ސުލައިމާން (ވ)ގައި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރު ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ސުލައިމާން އައްޔަނު ކުރުމާ މަޖިލީހުން ރުހުން ދިނުމާއި ރާއްޖެ އިން ޖަޕާނަށް ކަނޑައަޅުއްވާ ސަފީރު ކަމަށް އިބްރާހީމް އުވައިސް އައްޔަށް ކުރުމަށް މަޖިލީހުން ރުހުން ދިނުމުގެ މައްސަލަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ބާއްވާ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ތިން ވަނަ ޖަލްސާ ބުދަ ދުވަހު ބާއްވާއިރު، އެޖެންޑާ ކޮށްފައި ވަނީ ކޮމެޓީތަކުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގެ ދަށުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރު ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަޖިލީހަށް ފޮނުއްވާފައިވާ ސުލައިމާންގެ ނަން ދިރާސާކޮށް، މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓާއި ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް ރައީސް ޔާމީން ފޮނުވާފައިވާ އުވައިސްގެ ނަން ދިރާސާކޮށް، މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓެވެ.

Advertisement - newsAdvertisement

މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ސުލައިމާންގެ ނަން ދިރާސާ ކުރުމަށް ފަހު، ސުލައިމާން އަށް ރުހުން ދިނުމަށް ނިންމާފައި ވަނީ 75.89 ޕޮއިންޓް ލިބިގެންނެވެ. ކޮމެޓީން ރުހުން ލިބޭ ކަމަށް ނިންމަނީ 75 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބޭނަމަ އެވެ.

ގައުމީ ސަލާމަތުގެ ކޮމެޓީން އުވައިސްގެ ނަން ދިރާސާ ކުރުމަށް ފަހު، އުވައިސް އަށް ރުހުން ދިނުމަށް ނިންމާފައި ވަނީ އެ ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނެވެ.

ކަމާބެހޭ ކޮމެޓީތަކުން ނިންމާ މިފަދަ ނިންމުންތައް ދެން ދާނީ މަޖިލީހުގެ ތަޅުމަށެވެ. ގޮތެއް ނިމިގެންދާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ނިންމާ ގޮތެއްގެ މަތީން ނެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް ރައީސް ޔާމީން ފޮނުއްވާފައިވާ ސުލައިމާނަކީ ދާދިފަހަކާ ޖެހެންދެން އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އިހުލާސްތެރިކަމެއް ނެތް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުންނާއި ދިވެހި ގިނަ ރައްޔިތުން ގަބޫލު ކުރާ ސުލައިމާން އިންޓެގްރިޓީ ކޮމިޝަނަށް އައްޔަން ކުރާއިރު، އެކޮމިޝަނަކީ ފުލުހުންނާއި ކަސްޓަމްއާއި ކަރެކްޝަންސްގެ މުވައްޒަފުންނާ ގުޅޭ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނެކެވެ.

ފުލުހުންނާ ގުޅޭ އެތައް މައްސަލަތަކެއް ހުށަހެޅިފައިވާއިރު، ގޮތެއް ނުނިންމާ ދިގުލައިގެން ގޮސްފައިވާ ވަރަށް ގިނަ މައްސަލަތައް އެ ކޮމިޝަނުގައި އެބަހުއްޓެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިއިރު، އެކޮމިޝަނުގެ ރައީސަކީ ވެސް ސުލައިމާނެވެ. އަދި ސުލައިމާނަކީ ކުރީގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ޕީޕަލްސް އެލަޔަންސްގައި ރައީސް ޔާމީންއާއެކު އުޅުއްވި، އަދި ރައީސް ޔާމީންގެ އަރިސް ބޭފުޅެކެވެ.

އިތުރަށް ކިޔާލަން

02 ޖޫން 2017

ޖަރުމަނު ވިލާތަށް ކަނޑައަޅުއްވާފައިވާ ސަފީރު އޮޕޮޒިޝަންގެ ވަފުދާ ބައްދަލުކުރައްވައިފި

02 ޖޫން 2017
ޖަރުމަނު ވިލާތަށް ކަނޑައަޅުއްވާފައިވާ ސަފީރު އޮޕޮޒިޝަންގެ ވަފުދާ ބައްދަލުކުރައްވައިފި
22 މެއި 2017

ޕޯލެންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ފޮރިން ސެކްރެޓަރީގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި

22 މެއި 2017
ޕޯލެންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ފޮރިން ސެކްރެޓަރީގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި
21 މެއި 2017

ގެއްލުނު ލޭންޑިން ކްރާފްޓް ހޯދުމުގައި އިންޑިއާގެ ނޭވީންގެ ހިތްވަރަށް ސަފީރު ތައުރީފް ކުރައްވައިފި

21 މެއި 2017
 ގެއްލުނު ލޭންޑިން ކްރާފްޓް ހޯދުމުގައި އިންޑިއާގެ ނޭވީންގެ ހިތްވަރަށް ސަފީރު ތައުރީފް ކުރައްވައިފި
17 މެއި 2017

ނިއުޒިލޭންޑް ސަފީރު މިނިސްޓަރ އާސިމް އާ ބައްދަލު ކުރައްވައިފި

17 މެއި 2017
ނިއުޒިލޭންޑް ސަފީރު މިނިސްޓަރ އާސިމް އާ ބައްދަލު ކުރައްވައިފި
24 އެޕްރީލު 2017

ޖަޕާން ސަރުކާރުން ރާއްޖެއަށް 9.2 މިލިޔަން ރުފިޔާގެ މެޑިކަލް އިކުއިޕްމެންޓް ހަދިޔާކޮށްފި

24 އެޕްރީލު 2017
ޖަޕާން ސަރުކާރުން ރާއްޖެއަށް 9.2 މިލިޔަން ރުފިޔާގެ މެޑިކަލް އިކުއިޕްމެންޓް ހަދިޔާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު