Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެސްޓީއޯ މާލޭ ލީގް

ޓީސީ ބަލިކޮށް، ނިއު އިން ލީގުގެ ފެށުން ރަނގަޅު ކޮށްފި

27 ފެބުރުއަރީ 2018 | އަންގާރަ 15:48

ޓީސީގެ މައްޗަށް ނިއު ކުރިހޯދީ 3-0 ން

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 27 ފެބުރުއަރީ 2018 | އަންގާރަ 15:48
އެސްޓީއޯ މާލޭ ލީގުގައި ނިއުރޭޑިއަންޓާއި ޓީސީ ބައްދަލު ކުރި މެޗުގައި ނިއުގެ ދެވަނަ ލަނޑު ޖެހުމަށްފަހު ހަމްޒާ މުހައްމަދު (ހަމްޕު) އަދި ނިއުގެ ކުޅުންތެރިން އުފާފާޅު ކުރަނީ

އެސްޓީއޯ މާލޭ ލީގުގައި ނިއުރޭޑިއަންޓާއި ޓީސީ ބައްދަލު ކުރި މެޗުގައި ނިއުގެ ދެވަނަ ލަނޑު ޖެހުމަށްފަހު ހަމްޒާ މުހައްމަދު (ހަމްޕު) އަދި ނިއުގެ ކުޅުންތެރިން އުފާފާޅު ކުރަނީ

އެސްޓީއޯ މާލޭ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރި ހޯދައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ލީގުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

މާލޭ ލީގުގައި މިދެޓީމް ކުޅުނު ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބުގެ މައްޗަށް ނިއުރޭޑިއަންޓް ކުރި ހޯދީ 3-0 ންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފް ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ނިއު އަށް ކުރި ހޯދައިދިނީ މިސީޒަނަށް ނިއު އާ ގުޅުނު މިޑްފީލްޑަރު މުޙައްމަދު އުމައިރު އެވެ. އުމައިރުގެ މިލަނޑަކީ، ނިއު އަށް ކުޅޭ އަފްޣާނިސްތާނުގެ ޑިފެންޑަރު ހާރޫން އަމީރީ ބޮލުން ޖައްސާލި ބޯޅަ އަކުން އުމައިރު ކާމިޔާބު ކުރި ލަނޑެކެވެ.

މިނަތީޖާގައި އޮވެ މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނުއިރު، ދެވަނަ ހާފްގައި ނިއުރޭޑިއަންޓަށް ކުޅޭ ސްޕެއިންގެ ޑިފެންޑަރު ޖޯޖް ގޮތޯރް އަށް ކުރި ފައުކަލާއި ގުޅިގެން ޓީސީގެ އަހުމަދު ރިލްވާން (ބެން) އަށް ދެއްކި ރަތް ކާޑާއެކު މެޗުގެ ފަހު 17 މިނިޓު ޓީސީ އިން ފުރިހަމަ ކުރީ 10 ކުޅުންތެރިންނާއެކުގައެވެ.

ޓީސީ އިން އެއް ކުޅުންތެރިޔަކު މަދުން ކުޅުމުގެ ފައިދާ ނަގައި، ނިއު އިން މެޗުގެ ފަހުބައިގައި ދެ ލަނޑު ޖެހިއިރު، 85 ވަނަ މިނިޓުގައި އެޓީމަށް ލީޑު ފުޅާކޮށްދިނީ ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ.

މެޗު ނިމެން މިނިޓަކަށް ވެފައިވަނިކޮށް ނިއުގެ ފަހު ލަނޑު ޖަހައިދިނީ އަމީރީ އެވެ.

އެސްޓީއޯ މާލޭ ލީގުގައި ހޯމަ ދުވަހުގެރޭ ކްލަބް ވެލެންސިއާގެ މައްޗަށް ޔުނައިޓެޑް ވިކްޓްރީ ކުރިހޯދީވެސް 3-0 ންނެވެ.

މިމެޗުގައި ފެނިގެންދިޔަ ތިން ލަނޑުވެސް ޔުނައިޓެޑް ވިކްޓްރީ އިން ޖެހީ މެޗުގެ ފަހު ހާފުގައެވެ.

ޔުނައިޓެޑް ވިކްޓްރީގެ ފުރަތަމަ ލަނޑު މެޗުގެ 60 ވަނަ މިނިޓުގައި ޖަހައިދިނީ ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ފޯވާޑް ކޯޑެލް ސެމުއެލް އެވެ.

72 ވަނަ މިނިޓުގައި ލިބުނު ހިލޭ ޖެހުމަކުން ޔުނައިޓެޑް ވިކްޓްރީ އަށް ލީޑު ފުޅާ ކޮށްދިނީވެސް ސެމުއެލް އެވެ.

ޔުނައިޓެޑް ވިކްޓްރީގެ ފަހު ލަނޑު، 79 ވަނަ މިނިޓުގައި ޖަހައިދިނީ އަލީ ހައިޝަމް (ޗުމްޕު) އެވެ.

މެޗު ނިމެން އަށް މިނިޓަށް ވެފައިވަނިކޮށް ވެލެންސިއާ އަށް ސުން ކަނޑުވާލަން ރަނގަޅު ފުރުޞަތެއް ލިބި ބޭކާރުވި އެވެ. ޔުނައިޓެޑް ވިކްޓްރީގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑިފެންޑަރު އަލީ ޝަރީފް ކުރި ފައުލަކާއި ގުޅިގެން ވެލެންސިއާ އަށް ޕެނަލްޓީ އެއް ލިބުނު ނަމަވެސް، ވެލެންސިޔާގެ ސަރްގީ ޑްރީގާ ފޮނުވާލި ޕެނަލްޓީ، ޔުނައިޓެޑް ވިކްޓްރީގެ ގޯލްކީޕަރު ތޮލާލް ހަސަން ވަނީ ދިފާއުކޮށްފައެވެ.

މާލޭ ލީގުގައި އާދީއްތަ ދުވަހު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ވިކްޓްރީ ސްޕޯޓްސް ކްލަބުގެ މައްޗަށް ކްލަބް އީގަލްސް ކުރި ހޯދާފައިވަނީ 4-1 ންނެވެ. އަދި އާދީއްތަ ދުވަހުގެރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބް ގްރީން ސްޓްރީޓް ބައްދަލުކުރި ލީގުގެ ދެވަނަ މެޗު ނިމިފައިވަނީ 2-2 ން އެއްވަރު ވެގެންނެވެ.

އަށް ޓީމުގެ މެދުގައި ކުޅޭ އެސްޓީއޯ މާލޭ ލީގުގައި މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު، ކްލަބް އީގަލްސް އާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި ޔުނައިޓެޑް ވިކްޓްރީ އަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ގްރީން ސްޓްރީޓަށް އެއް ޕޮއިންޓް ލިބިފައިވާއިރު، ވިކްޓްރީ ސްޕޯޓްސް ކްލަބާއި، ޓިސީ ސްޕޯޓްސް ކްލަބް އަދި ކްލަބް ވެލެންސިއާ އަށް ޕޮއިންޓެއް ލިބިފައެއްނުވެއެވެ.

މާލޭ ލީގުގައި މެޗެއް ދެން ކުޅޭނީ އަންނަ ހުކުރު ދުވަހު އެވެ. ހުކުރު ދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓްރީ އެވެ. ހުކުރު ދުވަހުގެރޭ ކުޅޭ މެޗުގައި ބައްދަލު ކުރާނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
14 ޖެނުއަރީ 2017

ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ

14 ޖެނުއަރީ 2017
ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ
11 ޖެނުއަރީ 2017

ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް