Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިލްވާން ވަގަށް ނެގުން

ރިލްވާން ގެއްލުވާލި މައްސަލަ: ކާރަކަށް ގަދަކަމުން މީހަކު އެރުވިކަން އެނގޭ، އެކަން ކުރި މީހަކު ނުދެކެން: ހެކިވެރިޔާ

26 ފެބުރުއަރީ 2018 | ހޯމަ 15:15

ހަމައެކަނި އެނގެނީ ގަދަކަމުން ކާރެއްގައި މީހަކު ގެންދިޔަ ކަން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 26 ފެބުރުއަރީ 2018 | ހޯމަ 15:15
ރިލްވާން ގެއްލުނު ރޭގެ ވީޑިއޯ ފުޓޭޖްތަކެއް:  ރާއްޖެއެމްވީ ފޮޓޯ

ރިލްވާން ގެއްލުނު ރޭގެ ވީޑިއޯ ފުޓޭޖްތަކެއް: ރާއްޖެއެމްވީ ފޮޓޯ

މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގަދަކަމުން ފޮރުވި ރޭ ހުޅުމާލޭގައި ކާރަކަށް ގަދަކަމުން މީހަކު އަރުވައިގެން ދިޔަތަން ފެނުނު ކަމަށާއި އެހެން ނަމަވެސް އެމީހާ ކާރަށް އެރުވި އެއްވެސް މީހަކު އެތަނުން ނުދެކޭ ކަމަށް ކްރިމިނަލް ކޯޓުގައި ހެކިބަސް ދިން މީހަކު ބުނެފިއެވެ.

ރިލްވާން ގަދަމުން ފޮރުވާފައިވާ ކަމަށް ބުނެ ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީން މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާއާ ސާބިތު ކުރަން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ދެ މީހެއްގެ ހެކިބަސް ހޯމަ ދުވަހު ވެސް ވަނީ ނަގާފަ އެެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހުގެ މެންދުރު ފަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ހެކިބަސްދިން އެކަކީ ރިލްވާން ދިރިއުޅުނުގެ ކައިރިން ކާރަކަށް މީހަކު އަރުވައިގެން ގަދަކަމުން ގެންދިތަން ދުށް ކަމަށް ބުނެ ހެކިބަސް ދިން މީހެކެވެ. އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކާކުކަން ނޭނގޭ ގޮތަށް ހެކިބަސް ދިން މީހާ ބުނީ 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ އަށް ވަނަ ދުވަހުގެ ރޭގެ ދަންވަރު ގޭގައި އުޅެނިކޮށް ފުރަތަމަ އިވުނީ އަނގަމަތީ މީހަކު އަތްއަޅާތީ އަޅޭލަވަން މަސައްކަތް ކުރާ މީހެއްގެ އަޑު ކަމަށެވެ. އަދި އެވަގުތު ގޭގެ ބެލްކަނިން ބޭރު ބަލާލިރު މީހަކު ކާރަށް އަރުވާފައި އޮއްވާ ފެނުނީ އެމީހާގެ ފައި ކަމަށެވެ.

އެއީ ފިރިހެނެއް ކަން އެނގޭ ކަމަށާއި އެހެން ނަމަވެސް އެވަގުތު ކާރު ކައިރީގައި އެހެން މީހަކު ހުރިތަން ނުދެކޭ ކަމަށް އޭނާ ބުންޏެވެ. އެހެން ކަމަށް ވަންޏާ ގަދަކަމުން ކާރަކަށް މީހަކު ކޮއްޕާލިކަން އެނގުނީ ކިހިނެތްތޯ އެހުމުން ބުނީ އެކަން އެނގުނީ އެ ކާރު ތެރޭގައި އޮތް މީހާގެ އަޑުން ކަމަށެވެ.

ހެކިވެރިޔާ އިތުރަށް ބުނީ އޭނާ އެ މަންޒަރު ފެނިގެން ބައްޕަ ގާތު އެވާހަކަ ބުނުމުން އެ ކާރަށް މީހާ އަރުވައިގެން ދިޔަ ތަނަށް ގޮސް ބެލި އިރު ވަޅިއެއް ފެނުނުން ކަމަށެވެ.

މި ޝަރީއަތުގެ މަޖިލީހުގައި ދެން ހެކިބަސްދީފައި ވަނީ ރިލްވާން ގަދަކަމުން ފޮރުވި ކާރު އެ މަހު ހުޅުމާލެއަށް ގެންގޮސް އެ މަހު ގެނައި ކަން ސާބިތުކޮށްދޭން ދައުލަތުން ހުށަހެޅި ހެކިވެރިޔާގެ ހެކިބަހެވެ. އޭނާ ބުނީ 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ކުރީކޮޅު ރަތްކުލައިގެ ޕްރައިވެޓްކާރެއް އޭނާ މަސައްކަތްކުރާ ދޯނިން ހުޅުމާލެއަށް ގެންދިޔަ ކަމަށެވެ. އަދި އެ މަހު އަނބުރާ ރަތްކުލައިގެ ޕްރައިވެޓް ކާރެއް ހަމަ އެ ދޯނިން ގެނައި ކަމަށެވެ.

އިތުރަށް އޭނާ ބުނީ ހުޅުމާލެއަށް ކާރު ގެންދިޔައިރު އެ ދޯނީގައި އޭނާވެސް ދިޔަ ކަމަށާއި އަދި ކާރު އަނބުރާ ގެނައީ އޭނާ މާލޭ ޓީޖެޓީކައިރީގައި ހުއްޓާ ކަމަށެވެ. ނަމަވެސް އޭނާ ވެސް ބުނީ މި ޝަރީއަތުގެ މަޖިލީހުގައި ތިބި، ދައުވާ ލިބޭ އެއްވެސް މީހަކު އެ ކާރު ގެންދިޔައިރު ވެސް އަދި ކާރު އަނބުރާ ގެނައިރު ވެސް ދޯނިން ނުދެކޭ ކަމަށެވެ.

ޔަގީނުން ވެސް ކާރު ހުޅުމާލެ ގެންދިޔައިރު ކާރާ ހަވާލުވެގެން އެ ދޯނިން ދިޔައީ އެމީހުންނަށް ވުރެ ޒުވާން ކުއްޖެއް ކަމަށް ވެސް ޔަގީންކަމާ އެކު ބުންޏެވެ. އަދި އެއީ ކޮން ބައެެއްގެ ކާރެއް ކަމެއް ވެސް އަދި ކޮން ނަމްބަރެއްގެ ކާރެއްކަން ވެސް ނޭނގޭ ކަމަށް ވެސް އެމީހާ ބުންޏެވެ.

މީގެ އިތުރުން ހެކިވެރިޔާ ބުނީ ރިލްވާން ގެއްލުވާލައިގެން އުޅޭ ވާހަކަ އާއި އޭނާ ވަގައް ނަގައިގެން ގެންދިޔައީ ރަތްކުލައިގެ ކާރެއްގައި ކަމަށް ބައެއް މީހުން ވާހަކަ ދައްކާ އަޑުއިވިގެން އެ ދޯނިން ރަތްކުލައިގެ ކާރެއް އެ މަހު ގެންދިޔަ ވާހަކަ ފުލުހުންނަށް ރިޕޯޓްކުރީ އަމިއްލައަށް ކަމަށެވެ.

ނަމަވެސް އެ ހެކިވެރިޔާ މީގެ ކުރިން ފުލުހުންނަށް ދިން ބަޔާނުގައި އެ ކާރަކީ ޕްރައިވެޓް ކާރެއް ކަމެއް ނުވަތަ ޓެކްސީއެއް ކަމެއް ނޭނގޭ ކަމަށް ބުނެފައި ވާތީ އެއީ ތެދު މައުލޫމާތުތޯ ދައުވާ ލިބޭ ފަރާތުގެ ވަކީލު ވަނީ ސުވާލުކޮށްފައެވެ. އަދި ފުލުހުނަށް ދިން ބަޔާނަކީ އޭނާ ދީފައިވާ ބަޔާނެއް ކަން ކަށަވަރުކޮށްދޭން ޝަރީއަތުގައި އެދުމުން ގާޒީ ވަނީ އޭނާ ފުލުހުނަށް ދިން ބަޔާން ދެއްކުމަށް ފަހު އެއީ އޭނާ ދިން ބަޔާނެއްތޯ ވެސް އަހާފައެވެ. އަދި އެ ބަޔާނުގައި ސޮއި ކޮށްފައި ވަނީ އޭނާތޯ އެހުމުން ހެކިވެރިޔާ ބުނީ އެއީ އޭނާގެ ސޮއި ކަމަށާއި އެ ބަޔާނުގައި ސޮއި ކުރީ ރަނގަޅަށް ކިޔާފައި ކަން މިހާރު ހަނދާން ނެތް ކަމަށެވެ. އޭރު ގެންދިޔައީ ޕްރައިވެޓް ކާރެއް ކަން ހަނދާންވަނީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ވެސް ޕްރައިވެޓް ކާރެއް އެ ނޫނިއްޔާ ގެންގޮސްފައި ނުވާތީ އާއި ކާރުގައި އިން ކަޅުބޯޑުން ކަމަށެވެ.

ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީން މައްޗަށް ހިންގަމުންދާ މި ޝަރީއަތުގައި އަންގާރަ ދުވަހު ވެސް އަޑުއެހުމެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. ރިލްވާން ގެއްލުވާލާފައިވާ މައްސަލައި ގައި ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ، 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 8 ވަނަ ދުވަހުގެ ރޭ އަހުމަދު ރިލްވާން ދިރިއުޅޭ ފްލެޓް ކުރިމަތިން، ގަދަކަމުން ކާރަކަށް އަރުވައިގެން އޭނާ ފޮރުވާފައިވާ ކަމަށެވެ. މި ދައުވާގައި ހިމެނޭ ސ. ހުޅުދޫ އަތިރިއާގެ، މުހައްމަދު ސުއައިދު ރާއްޖެއިން ބޭރުގައި ހުރުމުން އޭނާގެ ބައި ކުރިއަކަށް ނުގެންދެއެވެ. އަދި ޝަރީއަތް ކުރެވޭ ދެ މީހުން ވެސް ތިބެނީ ދޫކޮށްލާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް