Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރު ވައްޓާލަން އުޅުން

ސަރުކާރު ވައްޓާލަން އުޅުނު މައްސަލަ މި ހަފްތާގައި ޕީޖީއަށް ފޮނުވާނަން: ފުލުހުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތުދީގެން ޤާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތްކޮށްފައިވާ ކަމުގެ ހެކި ލިބިފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 ފެބުރުއަރީ 2018 | ހޯމަ 13:20
ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން

ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތު ކުރާ ފަރާތްތަކުގެ މައްސަލަ މި ހަފްތާގައި ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ.

ހޯމަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ އެކެއް ފެބްރުއަރީގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތަހުގީގް ވަރަށް ހަލުވި ސްޕީޑެއްގައި ކުރިއަށްދާ ކަމަށާއި ކުރީގެ ރައީސް މައޫމޫން އަބްދުލް ޤައްޔޫމާއި ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނުގެ އިތުރުން ރައީސް މައުމޫނުގެ ދަނބިދަރިކަނލުން މުހައްމަދު ނަދީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތުދީގެން ޤާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތްކޮށްފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތަހްގީގް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން 2017 ވަނަ އަހަރުގެ ޖުލައި 24 ވަނަ ދުވަހު މި ތިން ބޭފުޅުން އިސްވެ ތިބެގެން މަޖިލީސް މެމްބަރުންނަށް ރިޝްވަތު ދީގެން މަޖިލީސް މެދުވެރިކޮށް ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން މަސައްކަތް ކުރިކަމުގެ ހެކި ލިބިފައިވާ ކަމަށާއި އެ މައްސަލަ ވެސް ތަހުގީގް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރަށް ފަހު އަމިއްލަ މަސްލަހަތު އިސްކޮށް، ވަކި ގޮތަކަށް ޖުޑިޝަރީ ބައްޓަން ކުރަން މަސައްކަތްކޮށް، ގާޒީންނަށް ނުފޫޒު ފޯރުވައި، ތަހްގީގަށް ތަހްލީލް ކުރަމުންދިޔަ ހެކި އަނބުރާ އެތަކެތި ނިސްބަތްވާ ފަރާތްތަކަށް ރައްދު ކޮށްދިނުމަށް އަމުރު ނެރެފައިވާ ކަމަށާއި އަދި ބައެއް ފަރާތްތަކަށް މި ނުފޫޒުގެ ތެރެއިން ނާޖާއިޒް ފައިދާ ލިބޭ ގޮތަށް މަސައްކަތް ކޮށްފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށް ޝިފާން ވިދާޅުވިއެވެ.

"އަދި ފާހަގަކޮށްލަން ބޭނުން އަލިވާގެ ސ. މީދު އަބްދުﷲ ސައީދު އާއި ހަސަން ސައިދު ހުސެއިން އަދި އަލީ ހަމީދު، މިތިން ބޭފުޅުންނަށް ރާއްޖޭއިން ބޭރުން އަގު ބޮޑެތި ފްލެޓް ގަތުމަށް، ކުރިން އަޅުގަނޑުމެން ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކޮށްފައިވާ ކުންފުނި ނޫން އެހެން ކުންފުންޏަކުން ހާއްސަކޮށް ރާއްޖޭގެ ބޮޑު ކުންފުންޏަކުން ގިނަ އަދަދެއްގެ ޑޮލަރު މި ފަރާތްތަކަށް ދީފައިވާކަން. މި ކުންފުނިން ފައިސާ ހޯދާފައިވާކަމުގެ ޑޮކިއުމަންޓްރީ އެވިޑެންސް އަޅުގަނޑުމެންނަށް ލިބިފައިވަނީ" ޝިފާން ވިދާޅުވިއެވެ.

މި މައްސަލައިގެ ތަހްގީގް ރާއްޖޭ އިން ބޭރުގައި ވެސް ހިނގަމުންދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. ހެކި ހުރި ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ ކޮން ހެއްކިތަކެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި އެއްވެސް ސުވާލެއް ކުރުމަށް ފުލުހުން ފުރުސަތު ދީފައެއް ވެސް ނުވެއެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު