Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބްދުއްރަހީމް

ފުލެޓާ ބެހޭ ގޮތުން ސުވާލު ކުރުމުން އަބްދުއްރަހީމް ރުޅިގަދަވެއްޖެ

14 ފެބުރުއަރީ 2018 | ބުދަ 11:39

އަގު ބޮޑު ދެ ފްލެޓް ބައްލަވައިގަތީ 9 މިލިއަނަށް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 14 ފެބުރުއަރީ 2018 | ބުދަ 11:39
ޕީޕީއެމްގެ ނާއިބު ލީޑަރު އަބްދުއްރަހީމް: މަތީ ފެންވަރުގެ ދެ ފްލެޓް ބައްލަވައިގެންނެވި

ޕީޕީއެމްގެ ނާއިބު ލީޑަރު އަބްދުއްރަހީމް: މަތީ ފެންވަރުގެ ދެ ފްލެޓް ބައްލަވައިގެންނެވި

ޕީޕީއެމް ނާއިބު ލީޑަރު، އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ނުހައްގު ފައިސާ އިން ފްލެޓް ބައްލަވައިގަތް ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ސުވާލު ކުރުމުން އޭނާ ރުޅި އިސްކުރައްވައި ރާއްޖެޓީވީ އަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

އަބްދުއްރަހީމާއި އޭނާގެ އަނބިކަނބަލުން ދިޔާނާ ހުސައިން ފެންވަރު މަތީ ފްލެޓެއްތަކެއް ބައްދަލަވައިގަތީ، އެފްޑަބްލިޔު ކޮންސްޓްރަކްޝަނުން މާލޭގައި އިމާރާތް ކުރި "ރެހެންދި-6" އިންނެވެ. އަބްދުއްރަހީމްގެ ދެކަނބަލުން ބައްލަވައިގަތް ދެ ފްލެޓުގެ އަގު، ނުވަ މިލިއަން ރުފިޔާއަށް އަރައެވެ.

Advertisement - newsAdvertisement

ޕީޕީއެމްގެ އޮފީހުގައި ބުދަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި އަބްދުއްރަހިމާ އެ ސުވާލު ކުރުމުން، އޭނާ ވަނީ ރުޅި އިސްކުރައްވައި ރާއްޖެޓީވިއަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

ނުހައްގު މުއްސަނދިކަން އަބްދުއްރަހީމް ހޯއްދަވާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އޭނާ ވިދާޅުވީ އޭނާއަކީ 2009 ވަނަ އަހަރުން ފެށިގެން، މަޖިލީހުގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.

އަބްދުއްރަހީމް އެ ވިދާޅުވި ގޮތުން ނަމަ، އޭނާ މަޖިލީހުގެ މެމްބަރު ކަމަށް ވަޑައިގެންނެވި ތާރީހު ކަމުގައިވާ 2009 ވަނަ އަހަރުގެ މެއި މަހުގެ 28 އިން ފެށިގެން މިއަހަރާ ހަމައަށް އޭނާއަށް ކޮންމެ މަހަކު ލިބިވަޑައިގަންނަވާ މުސާރައާ އެކު، ޖުމްލަ 8.4 މިލިއަން ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އެ އަދަދަށް ފައިސާ ލިބޭނީ ކޮންމެ މަހެއްގެ މުސާރަ އާއި ކޮމެޓީ އެލަވަންސް ރައްކާ ކުރެއްވުމުންނެވެ. އެ އަދަދަށް ފައިސާ އެއްކޮށްގެން ވެސް "ރެހެންދި 6" އިން ފެންވަރު މަތީދެ ފުލެޓް ބައްލަވައި ނުގެންނެވޭނެ އެވެ.

އޭނާ ފުލެޓް ބައްލަވައިގެންނެވި ގޮތާ ގުޅޭ ގޮތުން ސުވާލު ކުރުމުން، ފައިސާ ހޯދި ގޮތާއި ނުހައްގު މުއްސަނދިކަން ހޯދާފައިވާ ކަމަށް ދެެކެވޭ ވާހަކަތަކަށް ޖަވާބެއް ނުދެއްވުނެވެ. ވިދާޅުވީ ކަމާބެހޭ މުއައްސަސާތަކަށް ވަޑައިގެން، މައުލުމާތު ހޯއްދެވުމަށެވެ.

"ތިބޭފުޅުން ވަޑައިގަންނަވާށޭ ކަމާބެހޭ މުއައްސަސާތަކަށް. ތައުލަތުގެ މުއައްސަސާތަކަށް ވަޑައިގަންނަވާށޭ. އެންމެ ފުރަތަމަ ވާހަކައެއް ދައްކާއިރު ދެއްކެނީ ކިހާ ވަރެއްގެ ވާހަކައެއްތޯ ބަލަން އެބަޖެހޭ. އަޅުގަނޑަކީ 2009 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް އައި މީހެއް. މިހާރު ވެސް މި ހުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި. އަޅުގަނޑު މީގެ ކުރިން ދިރިއުޅުމަށް އަޅުގަނޑު ކުރެއްވި މަސައްކަތްތަކާ އެއްޗެހި ރަނގަޅަށް ދިރާސާކޮށްލާފަ ތިވާހަކަ ދައްކަންވާނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މަޖިލީހުގެ ބައެއް މެމްބަރުން މާލީ ބަޔާން އާންމު ކުރެއްވި ނަމަވެސް، އަބްދުއްރަހީމަކީ މާލީ ބަޔާން އާންމު ކުރައްވާ ބޭފުޅެއް ނޫނެވެ. ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުއްރަހީމަށް ފައިސާ ލިބިވަޑައިގަންނަވާ ގޮތާއި މަންފާ ހޯދުމަށް ކުރައްވާ މަސައްކަތްތަކުގެ ތަފްސީލު ހާމަކުރައްވާފައި ނުވުމުން، އަގުބޮޑެތި ފުލެޓް ބައްލަވައިގަތުމަށް ފައިސާ ހޯއްދެވި ގޮތް އެނގިފައެއް ނުވެއެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ފްލެޓްތަކެއް ބައްދަލަވައިގަތުމުން، ފުލުހުން ތުހުމަތުކޮށްފައި ވަނީ އެ ބޭފުޅުން ރިޝްވަތުގެ ފައިސާ އިން ފްލެޓް ބައްލަވައިގަތީ ކަމަށެވެ. ނަމަވެސް އަބްދުއްރަހީމަށް ލިބިވަޑައިގަންނަވާ މުސާރައާ ނުބައްދަލު، މުއައްސަނދި ކަމެއް ހޯއްދައި އަޑުބޮޑެތި ފްލެޓްތަކެއް ބައްލަވައިގަތީ ކޮރަޕްޝަންގެ ފައިސާ އިން ކަމަށް އަޑުފެތުރިފައި ވިޔަސް، ކަމާބެހޭ މުއައްސަސާތަކުން އެކަން ތަހުގީގު ނުކުރާތީ، ފާޑުކިޔުން ދަނީ އޮހެމުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް