Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އުތުރު ކޮރެއާ

މަދު މަސްތަކެއްގެ ތެރޭގައި އެމެރިކާ އަށް ހަމަލާ ދެވޭ ފަދަ މިސައިލްތަކެއް އުތުުރު ކޮރެއާ އަށް ލިބިގެން ހިނގައިދާނެތީ އެކަމާ ވަރަށް ކަންބޮޑުވަން: މައިކް ޕޮމްޕޭއޯ

30 ޖެނުއަރީ 2018 | އަންގާރަ 12:52

އެމެރިކާ އިން ވަނީ މިދިޔަ ބުދަ ދުވަހު އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އަޅާފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 30 ޖެނުއަރީ 2018 | އަންގާރަ 12:52
ސީއައިއޭގެ ޑައިރެކްޓާ މައިކް ޕޮމްޕޭއޯ

ސީއައިއޭގެ ޑައިރެކްޓާ މައިކް ޕޮމްޕޭއޯ

"ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި" އެމެރިކާ އަށް ހަމަލާ ދެވޭ ފަދަ މިސައިލްތަކެއް އުތުުރު ކޮރެއާ އަށް ލިބިގެން ހިނގައިދާނެތީ އެކަމާ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) ގެ ޑައިރެކްޓާ މައިކް ޕޮމްޕޭއޯ ވިދާޅުވެއްޖެއެވެ.

ބީބީސީ ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޕޮމްޕޭއޯ ވިދާޅުވީ އުތުރު ކޮރެއާގެ ސަބަބުން އެމެރިކާ އަށް އޮތް ނުރައްކާތަކާ ބެހޭ ގޮތުން، އެމެރިކާގެ އިންޓެލިޖެންސް އެޖެންސީ ކަމަށްވާ ސީއައިއޭ އިން އަބަދުވެސް މަޝްވަރާކޮށް ހަދާ ކަމަށެވެ. ވާޖީނިއާގައި ހުންނަ ސީއައިއޭގެ ހެޑްކުއާޓަރުގައި ހުންނަވައި ޕޮމްޕޭއޯ ވިދާޅުވީ އެމަނިކުފާނުގެ އިންޓެލިޖެންސް އިދާރާގެ ޒިންމާއަކީ އެމެރިކާގެ ރައީސް އަށް އިންޓެލިޖެންސް މައުލޫމާތު ފޯރުކޮށްދިނުން ކަމަށާއި އެކަމުގެ ބޭނުމަކީ ޑިޕްލޮމެޓިކް ނޫން ގޮތްގޮތުން, އުތުރު ކޮރެއާ އިން އެމެރިކާ އަށް ކުރިމަތިކުރާ ރިސްކާ ދެކޮޅަށް މަސައްކަތް ކުރުން ކަމަށެވެ.

ޕޮމްޕޭއޯ އިތުރަށް ވިދާޅުވީ އުތުރު ކޮރެއާގެ އަމަލުތަކާ ދެކޮޅަށް އެމެރިކާ އިން ބާރުގެ ބޭނުން ކުރުމަކީ އުތުރު ކޮރެއާ ހިމެނޭ ސަރަހައްދުގައި ވަރަށް ގިނަ އަދަދެއްގެ ބައެއްގެ ފުރާނަ ގެއްލުމަށް މެދުވެރިވާނެ ކަމެއް ކަމަށެވެ.

ބައިނަލްއަގްވާމީ ދުނިޔެ އިން ތަކުރާރުކޮށް އުތުރު ކޮރެއާ އަށް އަންގަމުން ދަނީ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށާއި އަދި މިސައިލް ޓެސްޓްތައް ކުރުން ހުއްޓާލުމަށެވެ. އެހެން ނަމަވެސް އުތުރު ކޮރެއާ އިން ބައިނަލްއަގްވާމީ ދުނިޔޭގެ ގޮވުންތަކަށް ދަނީ ބީރުކަންފަތެއް ދެމުންނެވެ. މިހާތަނަށް އދ. އާއި އެމެރިކާ އިން ވެސް ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އެހެން ނަމަވެސް އުތުރު ކޮރެއާގެ އަމަލުތަކަކަށް ބަދަލެއް ނާދެއެވެ.

އުތުރު ކޮރެއާ އިން ވަނީ 2017 ވަނަ އަހަރު އެކަނި ވެސް 20 ބެލިސްޓިކް މިސައިލް ޓެސްޓްކޮށްފައެވެ. އޭގެ ތެރޭގައި ތިން އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ޓެސްޓް ހިމެނެއެވެ.

އެންމެ ފަހުން އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅީ މިދިޔަ ބުދަ ދުވަހުއެވެ. ބުދަ ދުވަހު އެމެރިކާ ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވަނީ ނުވަ މުއައްސަސާއަކަށާއި، 16 މީހަކަށާއި، އަދި އުތުރު ކޮރެއާގެ ހަ ބޯޓަކާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
16 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސްގެ ކާގޯ ފްލައިޓެއް ކިރިގިސްތާނަށް ވެއްޓި މަދުވެގެން 20 މަރު

16 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސްގެ ކާގޯ ފްލައިޓެއް ކިރިގިސްތާނަށް ވެއްޓި މަދުވެގެން 20 މަރު
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް