Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: އަލާވޭސް އަތުން ބާސާއަށް އުނދަގޫ މޮޅެއް

29 ޖެނުއަރީ 2018 | ހޯމަ 07:59

އަލާވޭސް އަތުން ބާސާ މޮޅުވީ 2-1 އިން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 29 ޖެނުއަރީ 2018 | ހޯމަ 07:59
އަލާވޭސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން މެސީ

އަލާވޭސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން މެސީ

ސްޕެނިޝް ލަލީގާގައި ޑިޕޯޓިވޯ އަލާވޭސްއާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ ހަނި ގޮތަކަށް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ބާސާ މޮޅުވީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ބާސާއާ އަލަށް ގުޅުނު ބްރެޒިލްގެ މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. މި ދެ ޓީމު ސީޒަނުގެ ކުރީކޮޅު ކުޅުނު މެޗު 2-0 އިން ކާމިޔާބުކުރީ ބާސާއެވެ. މި މެޗާއި ބާސާއިން ކުރިމަތިލީ މި ސީޒަނުގެ ލަލީގާގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑާއެކުއެވެ.

ފުރަތަމަ ހާފު ފެށިގެން ބާސާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު ލޫކަސް ޑިންޔޭ ވަނީ ލަނޑު ޖެހުމާއި ގާތަށް ގޮސްފައެވެ. އެހެން ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ. އަލާވޭސް އަށް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިދިނީ ޖޯން ގިޑެޓީއެވެ. މި ލަނޑަށް ފަހުވެސް އަލަވޭސްއިން ވަނީ ބާސާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެހެން ނަމަވެސް އެ ޓީމުން އުފެއްދި ހަމަލާތަކުގެ ހުރަހަކަށް ވެގެންދިޔައީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖަރުމަނުގެ ކީޕަރު މާކް އެންޑަރ ޓަރ ސްޓީޖެންއެވެ. މެޗުގެ 43 ވަނަ މިނެޓުގައި މެސީ ފޮނުވާލީ ހިލޭ ޖެހުމެއް އަލަވޭސްގެ ގޯލުގެ ދަނޑިއަށް އަމާޒުވެފައިވެއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ އަލާވޭސްއިން ފުރަތަމަ ހާފު ނިންމާލިއިރު ބާސާއިން ދެވަނަ ހާފަށް ނުކުތީ ނަތީޖާ ބަދަލުކޮށްލުމުގެ އުއްމީދުގައެވެ. މި ހާފުގައި ބާސާގެ ކުޅުން ވަރުގަދަ ކުރުމުގެ ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ އަލަވޭސްއަށް އެޓޭކް ކުރުމުގު ހުރިހާ ދޮރެއް ބަންދުކޮށްފައެވެ. ތަކުރާރުކޮށް ބާސާއިން އުފައްދަމުން ދިޔަ ހަމަލާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 72 ވަނަ މިނެޓުގައި އަންދްރޭސް އިނިއެސްޓާ ތަނަވަސްކޮށްދިން ފުރުސަތަކުން ލުއިސް ސުއަރޭޒް ލަނޑެއް ޖަހައިދީ ނަތީޖާ ހަމަހަމަކޮށްދިނުމެވެ. ބާސާއަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުވެގެންދިޔައީ 84 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން މެސީ ކާމިޔާބުކޮށްދިން ލަނޑާއެކުއެވެ. މި ލަނޑަށް ފަހު އަލާވޭސްއިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު އެ ޓީމަށް ނަތީޖާ ހަމަހަމަކުރެވިފައެއް ނުވެއެވެ.

މި މެޗުން މޮޅުވުމާއެކު ބާސާއިން ވަނީ މި ސީޒަނުގެ ލަލީގާގައި ބަލިނުވުމުގެ ރެކޯޑު ދަމަހައްޓާފައެވެ. ހަމައެހެންމެ ޕެޕް ގާޑިއޯލާ ބާސާއަށް އިރުޝާދުދިންއިރު 21 މެޗުން ބަލިނުވެ ހެދި ރެކޯޑާއި އެ ޓީމުގެ ކޯޗުގެ މަގާމުގައި މިވަގުތު ހުރި އާނެސްޓޯ ވަލްވާޑޭ ވަނީ އަރާ ހަމަކޮށްފައެވެ.

މި މެޗުން މޮޅުވުމަށްފަހު ވާހަކަ ދައްކަމުން ބާސާގެ ކޯޗު ވަލްވާޑޭ ބުނީ މެޗުން މޮޅުވީ ކުޅުންތެރިންގެ ހިތްވަރުން ކަމަށާއި މި މެޗުން މޮޅުވުމަކީ ސީޒަނުގެ ބާކީ ބަޔަށް އެޅުނު ރަނަގަޅު ފިޔަވަޅެއް ކަމަށެވެ. އޭނާ ވަނީ އިނިއެސްޓާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އެގޮތުން އިނިއެސްޓާއަކީ ޓީމުގައި ހުރި ތަފާތު ކުޅުންތެރިޔެއް ކަމަށާއި އޭނާއަކީ "މާސްޓަރ" އެއްގެ ގޮތުގައި ވަލްވާޑޭ ވަނީ ސިފަކޮށްފައެވެ. ހަމައެހެންމެ ފިލިޕޭ ކުޓީނިއޯގެ ފުރަތަމަ މެޗާއި މެދު ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށް އޭނާ ބުނެފައިވެއެވެ.

ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލްގެ އެއްވަނައިގައިވާ ބާސެލޯނާ އަށް ވަނީ 21 މެޗުން 57 ޕޮއިންޓް ލިބިފައެވެ. ތާވަލްގެ ދެވަނައިގައިވާ އެތުލެޓިކޯ މެޑްރިޑަށް 46 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައިވާ ވެލެންސިއާ އަށް ލިބިފައިވަނީ 40 ޕޮއިންޓެވެ. ތާވަލުގެ ހަތަރުވަނައިގައިވާ ރެއާލް މެޑްރިޑަށް ލިބިފައިވަނީ 38 ޕޮއިންޓެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް