Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބަޖްރަންގީ ބައިޖާންްް

ބަޖްރަންގީ ބައިޖާން ވެސް ޗައިނާގެ ސްކްރީނަށް

މި ފިލްމު ޗައިނާގެ މާކެޓަށް ވަރަށް އަވަހަށް އަންނާނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2018 | ބުދަ 05:35
ބަޖްރަންގީ ބައިޖާންގެ ޕޯސްޓަރ

ބަޖްރަންގީ ބައިޖާންގެ ޕޯސްޓަރ

އާމިރު ޚާންގެ "ޑަންގަލް" ޗައިނާގައި އަޅުވައި ރަނގަޅު އާމްދަނީއެއް ވަނީ ލިބިފައެވެ. އަދި އާމިރުގެ "ސީކްރެޓް ސުޕަރސްޓާ" އަށް ވެސް ވަނީ އިންޑިއާގައި އެ ފިލްމަށް ލިބުނު އާމްދަނީ އަށް ވުރެ ބޮޑު އާމްދަނީއެއް، އެ ފިލްމު ޗައިނާގައި ދެއްކި ފުރަތަމަ ދެދުވަހު އެކަނި ވެސް ލިބިފައެވެ. ޗައިނާގައި ފިލްމަށް ލިބުނު ކާމިޔާބީގެ އިތުރުން މި ފިލްމު ވަނީ ޗައިނާގައި ރިކޯޑެއް ވެސް ޤާއިމްކޮށްފައެވެ. އެގޮތުން ޗައިނާގެ ބާޒާރުގައި ފުރަތަމަ ދުވަހު އެ ފިލްމަކަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ހިންދީ ފިލްމުގެ މަޤާމު އެ ފިލްމު ވަނީ ހޯދާފައެވެ.

ޗައިނާ ވެފައި ވަނީ ބޮލީވުޑްގެ ފިލްމު ހަދާ ފަރާތްތަކަށް ރަނގަޅު މާކެޓަކަށެވެ. ޚަބަރުތައް ބުނާ ގޮތުގައި ބަޖްރަންގީ ބައިޖާން ޗައިނާގައި އަޅުވާނީ ސީކްރެޓް ސުޕަސްޓާއަށް ފަހުގައެވެ.

ބަޖްރަންގީ ބައިޖާން ޗައިނާގައި އެޅުވުމުގެ އެންމެ ފަހުގެ މަސައްކަތް ސަލްމާން ޚާން މިހާރު ދަނީ ކުރަމުންނެވެ. ޗައިނާގައި އެ ފިލްމު އަޅުވަން މަސައްކަތް ކުރުމާއެކީ އެ ފިލްމަށް ޗައިނާގެ މީހުން މިވަނީ އާ ނަމެއް ވެސް ހަދާފައެވެ. ޗައިނާ މީހުން "ބަޖިރަންގީ ބައިޖާން" އަށް ކިޔާފައިވާ ނަމަކީ "ލިޓްލް ލޮލިތާ މަންކީ ގޯޑް އަންކަލް" އެވެ.

"ލިޓްލް ލޮލިތާ މަންކީ ގޯޑް އަންކަލް" އަކީ "ބަޖްރަންގީ ބައިޖާން" ނަމުގެ ތަރުޖަމާއެއް ކަމަށް ބެލެވެއެވެ. "މަންކީ ގޯޑް އަންކަލް" އަކީ ޗައިނާ މީހުން ތަރުޖަމާ އިން "ބަޖްރަންގީ" އެވެ. "ބައިޖާން" ގެ މާނައަކީ ބޭބެއެވެ. މި ފިލްމުގައި މުންނީގެ ރޯލު އަދާކުރަނީ ހަރްޝާލީއެވެ. މިފިލްމުގައި ސަލްމާން އަދާކުރަނީ ބަޖްރަންގީގެ ރޯލެވެ. އެހެން ނަމަވެސް މުންނީގެ ބައި ކުޅޭ ހަރްޝާލީ ސަލްމާނަށް ކިޔަނީ މާމާ (އަންކަލް) އެވެ. އަދި ލިޓްލް ލޮލީތާއަކީ ޗައިނާ މީހުން ކުޑަ ކުޑަ އަންހެން ކުދިންނަށް ލޯބިން ކިޔާ އުޅޭ ނަމެކެވެ.

މި ފިލްމު އުފައްދާފައި ވަނީ 80 ކްރޯޑް އިންޑިއަން ރުޕީސްގެ ބަޖެޓަކުންނެވެ. އމްދަނީގެ ގޮތުގައި މިހާތަނަށް މި ފިލްމަށް ލިބިފައި ވަނީ 630.86 ކްރޯޑް އިންޑިއަން ރުޕީސްއެވެ. އަދި 159 މިނިޓްގެ މި ފިލްމު ޗައިނާގައި އެޅުވުމުން މިހާރު މިފިލްމަށް ލިބިފައިވާ އަދަދަށްވުރެ ދެގުނަ ފައިދާގެ ގޮތުގައި ލިބިގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.

"ބަޖްރަންގީ ބައިޖާން" ޑައިރެކްޓް ކޮށްފައި ވަނީ ކަބީރު ޚާންއެވެ. ފިލްމުގެ ލީޑް ކާސްޓުންގެ ތެރޭގައި ސަލްމާން ޚާނާއި ހަރްޝާލީގެ އިތުރުން ފެނިގެންދަނީ ކަރީނާ ކަޕޫރާއި ނަވާޒުއްދީން ސިއްދީގީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗައިނާގެ ރައީސް އަކީ އަންހެން ބޭފުޅެއްގެ ގޮތުގައި ވިސްނުންފުޅުގައި ބެހެއްޓެވުމަށް ޓްރަމްޕަށް ލަފާ އެރުވި

ޗައިނާގެ ރައީސް އަކީ އަންހެން ބޭފުޅެއްގެ ގޮތުގައި ވިސްނުންފުޅުގައި ބެހެއްޓެވުމަށް ޓްރަމްޕަށް ލަފާ އެރުވި

07 ޖެނުއަރީ 2018
ޑަންގަލް: ޗައިނާގެ އެއްވަނަ

ޑަންގަލް: ޗައިނާގެ އެއްވަނަ

04 ޖެނުއަރީ 2018
"ބަޖްރަންގީ ބައިޖާން" ވެސް އެންމެ ފަހުން ޗައިނާއަށް

"ބަޖްރަންގީ ބައިޖާން" ވެސް އެންމެ ފަހުން ޗައިނާއަށް

07 ޑިސެމްބަރު 2017
17 އަހަރަށް ފަހު އަނިލް ކަޕޫރުއާއި މަދޫރީ އެކުގައި ބޮޑު ސްކްރީނަށް

17 އަހަރަށް ފަހު އަނިލް ކަޕޫރުއާއި މަދޫރީ އެކުގައި ބޮޑު ސްކްރީނަށް

04 ޑިސެމްބަރު 2017
ޗައިނާގެ މީހަކު 25 އައިފޯނުން ޕްރޮޕޯސް ކޮށްފި

ޗައިނާގެ މީހަކު 25 އައިފޯނުން ޕްރޮޕޯސް ކޮށްފި

13 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު