Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބަޖްރަންގީ ބައިޖާން

"ބަޖްރަންގީ ބައިޖާން" ވެސް އެންމެ ފަހުން ޗައިނާއަށް

މިހާތަނަށް މި ފިލްމަށް ލިބިފައި ވަނީ 630.86 ކުރޯޑް އިންޑިއަން ރުޕީސް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2017 | ބުރާސްފަތި 05:57
"ބަޖްރަންގީ ބައިޖާން" ގެ މަންޒަރެއް

"ބަޖްރަންގީ ބައިޖާން" ގެ މަންޒަރެއް

އާމިރު ޚާންގެ "ޑަންގަލް" ޗައިނާގައި އަޅުވައި ރަނގަޅު އާމްދަނީއެއް ވަނީ ލިބިފައެވެ. ޗައިނާ ވެފައި ވަނީ ބޮލީވުޑްގެ ފިލްމު ހަދާ ފަރާތްތަކަށް ރަނގަޅު މާކެޓަކަށެވެ. އަދި 2015 ވަނަ އަހަރު ނިކުތް ސަލްމާން ޚާންގެ ކާމިޔާބު ފިލްމު "ބަޖްރަންގީ ބައިޖާން" ވެފައި ވަނީ އެއަހަރު ނިކުތް އެންމެ ރަނގަޅު އާމްދަނީ ލިބުނު ހިންދީ ފިލްމަށެވެ.

"ބަޖްރަންގީ ބައިޖާން" ޗައިނާގައި އެޅުވުމުގެ އެންމެ ފަހުގެ މަސައްކަތް ސަލްމާން ޚާން މިހާރު ދަނީ ކުރަމުންނެވެ. ޗައިނާގައި އެ ފިލްމު އަޅުވަން މަސައްކަތް ކުރުމާއެކީ އެ ފިލްމަށް ޗައިނާގެ މީހުން މިވަނީ އާ ނަމެއްވެސް ހަދާފައެވެ. ޗައިނާ މީހުން "ބަޖިރަންގީ ބައިޖާން" އަށް ކިޔާފައިވާ ނަމަކީ "ލިޓްލް ލޮލިތާ މަންކީ ގޯޑް އަންކަލް" އެވެ.

"ލިޓްލް ލޮލިތާ މަންކީ ގޯޑް އަންކަލް" އަކީ "ބަޖްރަންގީ ބައިޖާން" ނަމުގެ ތަރުޖަމާއެއް ކަމަށް ބެލެވެއެވެ. "މަންކީ ގޯޑް އަންކަލް" އަކީ ޗައިނާ މީހުން ތަރުޖަމާއިން "ބަޖްރަންގީ" އެވެ. "ބައިޖާން" ގެ މާނައަކީ ބޭބެއެވެ. މި ފިލްމުގައި މުންނީގެ ރޯލު އަދާކުރަނީ ހަރްޝާލީއެވެ. މިފިލްމުގައި ސަލްމާން އަދާކުރަނީ ބަޖްރަންގީގެ ރޯލެވެ. އެހެން ނަމަވެސް މުންނީގެ ބައި ކުޅޭ ހަރްޝާލީ ސަލްމާނަށް ކިޔަނީ މާމާ (އަންކަލް) އެވެ. އަދި ލިޓްލް ލޮލީތާއަކީ ޗައިނާ މީހުން ކުޑަ ކުޑަ އަންހެން ކުދިންނަށް ލޯބިން ކިޔާ އުޅޭ ނަމެކެވެ.

މި ފިލްމު އުފައްދާފައި ވަނީ 80 ކްރޯޑް އިންޑިއަން ރުޕީސްގެ ބަޖެޓަކުންނެވެ. އމްދަނީގެ ގޮތުގައި މިހާތަނަށް މި ފިލްމަށް ލިބިފައި ވަނީ 630.86 ކްރޯޑް އިންޑިއަން ރުޕީސްއެވެ. އަދި 159 މިނިޓްގެ މި ފިލްމު ޗައިނާގައި އެޅުވުމުން މިހާރު މިފިލްމަށް ލިބިފައިވާ އަދަދަށްވުރެ ދެގުނަ ފައިދާގެ ގޮތުގައި ލިބިގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.

"ބަޖްރަންގީ ބައިޖާން" ޑައިރެކްޓް ކޮށްފައި ވަނީ ކަބީރު ޚާންއެވެ. ފިލްމުގެ ލީޑް ކާސްޓުންގެ ތެރޭގައި ސަލްމާން ޚާނާއި ހަރްޝާލީގެ އިތުރުން ފެނިގެންދަނީ ކަރީނާ ކަޕޫރާއި ނަވާޒުއްދީން ސިއްދީގީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަޖްރަންގީ ބައިޖާންގެ ދެވަނަ ބައެއް އުފައްދަނީތަ؟

ބަޖްރަންގީ ބައިޖާންގެ ދެވަނަ ބައެއް އުފައްދަނީތަ؟

20 ޖުލައި 2021
ސަންޖޫ ޗައިނާއަށް!

ސަންޖޫ ޗައިނާއަށް!

21 ޖުލައި 2018
އަކްޝޭގެ ޓޮއިލެޓްވެސް ޗައިނާއަށް

އަކްޝޭގެ ޓޮއިލެޓްވެސް ޗައިނާއަށް

07 ޖޫން 2018
ބާހުބަލީ 2 ވެސް ޗައިނާއަށް

ބާހުބަލީ 2 ވެސް ޗައިނާއަށް

03 އެޕްރީލު 2018
މަޝްހޫރު ފިލްމް ބަޖިރަންގީ ބައިޖާންގެ ޑައިރެކްޓަރު ކަބީރް ޚާން ރާއްޖޭގައި !

މަޝްހޫރު ފިލްމް ބަޖިރަންގީ ބައިޖާންގެ ޑައިރެކްޓަރު ކަބީރް ޚާން ރާއްޖޭގައި !

25 މާރިޗު 2018

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު