Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަން އައިލެންޑުން މުދާ ފޭރުން

ރިސޯޓުން މުދާ ފޭރުނީ ކޯޓު އަމުރެއްނެތިކަން ކަށަވަރުވެއްޖެ: ވިލާ ގުރޫޕް

ބަނގުރާތައް ގެންދާކަށް ކޯޓުން އަމުރެއް ދީފައެއް ނުވޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2018 | އަންގާރަ 16:37
ފަން އައިލެންޑުން ބަނގުރަލާ އޫރުމަސް ގެންދަނީ

ފަން އައިލެންޑުން ބަނގުރަލާ އޫރުމަސް ގެންދަނީ

ކްރިމިނަލް ކޯޓުން ދޫކޮށްފައިވާ ބަލައިފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގެ ނަމުގައި، ދައުލަތުގެ ބައެއް މުވައްޒަފުން ވިލާގެ ރިސޯޓަށް އަރައި ޤާނޫނާ ޚިލާފަށް މުދާ ފޭރިގަނެފައިވަނީ އެކަމަށް ކޯޓުއަމުރެއްގެ ބާރު ލިބިގެން ނޫންކަމަށް ކަށަވަރުވެފައިވާކަމަށް ވިލާޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.

އެކުންފުނީގެ ޤާނޫނީ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން ދޫކޮށްފައިވާ ބަލައިފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގެ ނަމުގައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ނިސްބަތްވާ 37 ފަރާތަކާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނިސްބަތްވާ 7 ފަރާތަކުން ފަން އައިލެންޑް ރިޒޯޓަށް އެރުމަށް ކްރިމިނަލް ކޯޓުން ބަލައިފާސްކުރުމުގެ އަމުރެއް ދޫކޮށްފައިވަނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކޮށްފައިވާ ތުހުމަތަކާ ގުޅިގެން ހެއްކާ ޤަރީނާ ހޯދުމަށް ރިޒޯޓު ބަލައިފާސްކުރުމަށް ކަމަށެވެ. ނަމަވެސް ކޮށްފައިވާ ތުހުމަތަކާ ގުޅިގެން އެއްވެސް ހެއްކެއް ހޯދުމަށް ރިޒޯޓަށް އެރި ތަޙްޤީޤު ޓީމުން މަސައްކަތްކޮށްފައެއް ނުވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އޭގެ ބަދަލުގައި ފަން އައިލެންޑް ރިޒޯޓަށް އެރި ތަޙްޤީޤު ޓީމުން ކޮށްފައިވާ މަސައްކަތަކީ ރިޒޯޓުގައި އެވަގުތު ހުރި ބަނގުރާގެ ސްޓޮކް ރަށުން ބާލައިގެން ގެންދިއުމުގެ މަސައްކަތް ކަމަށް ޤާނޫނީ ވަކީލުންގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ވިލާއިން ބުނީ ކްރިމިނަލް ކޯޓުން ދޫކޮށްފައިވަނީ ބަލައިފާސްކުރުމުގެ އަމުރެއް ކަމަށެވެ. ނަމަވެސް ބަލައިފާސްކޮށް ހެކި ހޯދުމުގެ ބަދަލުގައި، ފަންއައިލެންޑް ރިޒޯޓުގެ ސްޓޯރގައި ހުރި ބަނގުރާ ކޭސްތައް ކަސްޓަމްސްގެ އޮފިސަރުން ނަގައިގެން ގެންދިޔައީ ކްރިމިނަލް ކޯޓުގެ އަމުރުގެ ދަށުން ނޫންކަން ވެސް މިހާރު ވަނީ ޔަޤީންކުރެވިފައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެރިޒޯޓުގައި ހުރި ބަނގުރާ ނަގައިގެން ގެންދިއުމުގެ އަމުރެއް ކްރިމިނަލް ކޯޓުން މުދާ ނަގައިގެން ގެންދިއުމުގެ އަމުރެއް ދިނުމަށް ކަސްޓަމްސްއިން ކްރިމިނަލް ކޯޓުގައި އެކި ފަހަރު މަތިން އެދުމުންވެސް ހުއްދަދީ އެފަދަ އަމުރެއް ކަސްޓަމްސްއަށް ދީފައެއްނުވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މުދާ ނެގުމުގެ ހުއްދައަކަށް ކޯޓުގައި ކަސްޓަމްސްގެ ފަރާތުން ތަކުރާރުކޮށް އެދުނީ ބަލާ ފާސްކުރުމުގެ އަމުރެއްގެ ދަށުން ފަން އައިލެންޑް ރިޒޯޓުގެ މުދާ ނުހިފޭއްޓޭނެކަން ޚުދު އެއިދާރާއިންވެސް ޤަބޫލުކުރާތީކަން ސާބިތުވެގެންދާތީ ކަމަށް ވިލާއިން ވަނީ ބުނެފައެވެ.

އެކުންފުނީ ބުނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ތަޙްޤީޤު ކުރަމުންދާކަމަށް ބުނާ މައްސަލައަކީ ރޯޔަލް އައިލެންޑް ރިޒޯޓުގެ ނަމުގައި ދޫކުރި ބަނގުރާ ފަންއައިލެންޑް ރިޒޯޓަށް ގެންދިޔަކަމަށް ތުހުމަތުކުރާ މައްސަލައެއް ކަމަށާއި ރޯޔަލް އައިލެންޑް ރިޒޯޓާއި ފަންއައިލެންޑް ރިޒޯޓަކީވެސް ބަނގުރާ އެތެރެކުރުމާއި ބަނގުރާ ގެންގުޅުމާއި ބަނގުރާ ވިއްކުމަށް ދައުލަތުގެ އިދާރާތަކުން ހުއްދަ ދީފައިވާ ދެރިޒޯޓް ކަމަށެވެ. ނަމަވެސް ކަސްޓަމްސްގެ ތަޙްޤީޤު ޓީމުން ފަންއައިލެންޑަށް އަރާ، ކުންފުނީގެ މުދާ ގެންދިޔައިރު މިއިން އެއްވެސް ހުއްދައެއް ކަމާބެހޭ އެއްވެސް އިދާރާއަކުން ބާޠިލުކޮށް ނުވަތަ ސަސްޕެންޑް ކޮށްފައެއްނުވާ ކަމަށް ވިލާ ކުންފުނިން ވަނީ ބުނެފައެވެ.

ބަނގުރަލަކީ ޚާއްޞަ ހުއްދައެއްގެ ދަށުން އެތެރެކެރެވޭ އަދި ގެންގުޅެ ވިއްކޭ އެއްޗަކަށް ވެފައި ރޯޔަލް އައިލެންޑް ރިޒޯޓާއި ފަންއައިލެންޑް ރިޒޯޓަށް ލިބިފައިވާ ބަނގުރާ އެތެރެކުރުމާއި ގެންގުޅެ ވިއްކުމުގެ ހުއްދަތައް ސައްހަކަންމަތީ އޮތްއިރު ފަންއައިލެންޑް ރިޒޯޓަށް ބަނގުރާ އެތެރެކޮށްފައިވަނީ، ޤަވައިދާ ޚިލާފަށްކަމަށް ސަރުކާރުން ބުނާ ބުނުމަކީ ޤާނޫނީގޮތުން ހަމަޖެހޭ ވާހަކައެއްނޫން ކަމަށާއި އަދި، ބަނގުރާ އެތެރެކުރުމާއި ވިއްކުމާއި، ގެންގުޅުމުގެ ހުއްދަ އޮތް ފަރާތަކަށް ބަނގުރާ ދޫކުރުން ކަސްޓަމްސްއިން ހުއްޓާލުމަކީ، ހުއްދަ އޮތް ފަރާތަށް ހުއްދައިގެ ދަށުން ލިބޭ އެއްވެސް ޙައްޤެއް ބޭނުންކުރުން މަނާވެގެންދާނެ ކަމެއް ނޫން ކަމަށް ވިލާއިން ވަނީ ބުނެފައެވެ.

"މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް ދޮގު މަޢުލޫމާތު ދީގެން އަމުރެއް ހޯދައި އަދި އެއަމުރުން ވެސް ނުލިބޭ ބާރެއް ބޭނުންކޮށް، ފަންއައިލެންޑް ރިޒޯޓުގައި ހުރި މިކުންފުނީގެ މުދާ ގެންދިޔަ ގެންދިއުމަކީ، ދިވެހިރާއްޖޭގެ ޤާނޫނުތަކުން ތަޖްރީމްކޮށްފައިވާ ފޭރުމުގެ ޢަމަލެކެވެ. އެކަން ކުރި ބަޔަކު އެކަން ކޮށްފައިވަނީ، ޤާނޫނުތަކާ ޚިލާފަށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތާމެދު ކުޑަނަމަވެސް ވިސްނުންތެރިކަމެއް ނެތި، ދިވެހިރާއްޖޭގެ އިޤްތިޞާދު ނުރައްކަލާއި ބިރުވެރިކަމުގެ ތެރެއަށް ވައްދުވާފައެވެ. ދިވެހިންގެ އެންމެ ޚާއްޞަ މެހެމާނުންކަމުގައިވާ ފަތުރުވެރިންގެ ހިތްތަކުގައި އުފެދިދާނެ ނުތަނަވަސްކަމާއި ބިރުވެރިކަމަށް ފަރުވާލެއް ނެތި، ދުނިޔޭގެ ކުރިމަތީގައި ދިވެހިންގެ އަގު ވައްޓާލާފައެވެ. މީގެ އިތުރުން، ފާއިތުވި 2 އަހަރުދުވަހުގެ ތެރޭގައި ސަރުކާރުން މިކުންފުންޏަށް ޤަޞްތުގައި ކުރި މަތިކުރުވަމުން ގެންދާ ދަތިތަކާއެކު، ނުހަނު އުނދަގުލުގައި ވިޔަފާރިކުރަމުންދަނިކޮށް، ދިވެހި ސަރުކާރުގެ ފަރާތުން ހިންގި ޤާނޫނާ ޚިލާފު މިޢަމަލުގެ ސަބަބުން މިކުންފުންޏަށް ދަނީ ފޫ ނުބެދޭވަރު ބޮޑެތި ގެއްލުންތަކެއް ލިބެމުން" ވިލާގެ ޤާނޫނީ ޓީމުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

އެކުންފުނިން ބުނީ ޤާނޫނާ ޚިލާފަށް މުދާ އަނބުރާ ހޯދުމުގެ މައްސަލައާއި، ރޯޔަލް އައިލެންޑްއަށް ސަރުކާރުން ދޫކޮށްފައިވާ ބަނގުރާ އެތެރެ ކުރުމުގެ ލައިސަންސް ސަސްޕެންޑްކުރި މައްސަލަ މިކުންފުނީގެ ފަރާތުން މިހާރު ވާނީ ކޯޓަށް ހުށަހަޅާފައި ކަމަށާއި މިޖަރީމާގައި ޢަމަލީގޮތުން ޝާމިލްވި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 37 ފަރާތުގެ މޯލްޑިވްސް ޕޮލިސް ސަރވިސްގެ 7 ފަރާތުގެ މައްޗަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މިހާރު ވާނީ މައްސަލަ ހުށަހަޅާފައި ކަމަށެވެ. އަދި އެފަރާތްތަކުގެ ލިސްޓެއްވެސް ވިލާ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު