Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ ސަރުކާރު

ބަޖެޓް ފާސްކުރުމުގައި އެއްބަސްވުމަކަށް ގޮސް އެމެރިކާ ސަރުކާރު ބަންދުން ވީއްލިއްޖެ

މައިނޯރިޓީ ލީޑަރު ވިދާޅުވީ ސަރުކާރު ހުއްޓިފައި އޮތް އޮތުން މަދު ގަޑިއިރުކޮޅެއްގެ ތެރޭ ނިމޭނެކަމަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 22 ޖެނުއަރީ 2018 | ހޯމަ 18:28
ހުކުރު ދުވަަހުން ފެށިގެން ސަރުކާރު އޮތީ ހުއްޓުމަކަށް އައިސްފައި

ހުކުރު ދުވަަހުން ފެށިގެން ސަރުކާރު އޮތީ ހުއްޓުމަކަށް އައިސްފައި

ވަގުތީގޮތުން ސަރުކާރަށް ޚަރުދުކުރާނެ ބަޖެޓެއް ފާސްކޮށް ސަރުކާރު އަލުން ހިނގައިގަތުމުގެ ފުރުސަތު ދިނުމަށް އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މަތިގެ، ސެނޭޓްގައި ރިޕަބްލިކަން ޕާޓީއާއި ޑެމޮކްރެޓިކް ޕާޓީން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

ޑެމޮކްރެޓިކް ޕާޓީގެ ޗަކް ޝޫމަރ ވިދާޅުވީ އިމިގްރޭޝަން ގާނޫނާ ބެހޭގޮތުން ރިޕަބްލިކަންއާއެކު ވާހަކަދައްކަމުންދާއިރު އެ މަނިކުފާނުގެ ޕާޓީން" ސަރުކާރު އަލުން ހުޅުވުމަށް ވޯޓް ދޭނެ" ކަމަށެވެ.

ޑެމޮކްރޭޓުންދަނީ ޒުވާން ރެފިއުޖީން ޑީޕޯޓްކޮށްލުން ހުއްޓުވޭނެ ގާނޫނެއް ފާސްްކުރުމަށް މަސައްކަތްކުރަމުންނެވެ.

ޝޫމަރ ވިދާޅުވީ ތިން ދުވަސްވަންދެން ސަރުކާރު ހުއްޓުމަކަށް އައިސްފައި އޮތް އޮތުން މަދު ގަޑިއިރުކޮޅެއްގެ ތެރޭ ނިމުމަކަށް ގެނެވޭނެ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ މެންދަމު 12:00 އާއި ހަމަޔަށް ބަޖެޓެއް ފާސްނުވުމުން އެމެރިކާގެ ސަރުކާރު ވަނީ ރަސްމީކޮށް ބަންދުވެފައެވެ.

ހަފްތާ ބަންދުގައި ސެނެޓުގައި ގިނަ މަޝްވަރާތަކެއް ޑިމޮކްރެޓުންނާއި ރިޕަބްލިކަން ޕާޓީއިން ކޮށްފައިވެއެވެ. އެހެން ނަމަވެސް އެމެރިކާގެ އިމިގްރޭޝަން ޤާނޫނުތަކަށް ކުރީގެ ރައީސް ބަރަކް އޮބާމާ ގެންނެވި އިސްލާހުތަކަށް ގެންނެވި ބަދަލުތައް ދެމެހެއްޓުމަށް ޑިމޮކްޓިކް ޕާޓީއިން އެދޭ އެދުމަށް އިޖާބަ ދިނުމަށް ޓްރަމްޕް އެއްބަސްވެވަޑައިނުގަތުމުން، ވައިޓް ހައުސްއިން ހުށަހެޅި ބަޖެޓަށް ޑިމޮކްރެޓިކް ޕާޓީއިން ވޯޓު ދީފައެއް ނުވެއެވެ.

ވަގުތީ ގޮތުން ސަރުކާރު ހިންގަން ބޭނުންވާ ބަޖެޓް ފާސްކުރުމަށް ސެނެޓްގެ 100 މެމްބަރުންގެ ތެރެއިން 60 މެމްބަރުންގެ ވޯޓު ބޭނުންވާއިރު، ލިބިފައިވަނީ 51 ވޯޓެވެ.

ސެނެޓުގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް މެޖޯރިޓީ ލިބިފައި އޮތަސް، އެޕާޓީއަށް ލިބިފައިވަނީ 51 ގޮނޑިކަމުން ޑިމޮކްރެޓުންގެ ތާޢިދު މިފަދަ ކަންކަމަށް ބޭނުންވެއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު