Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާރިސްގެ އިސްތިއުނާފް

ފާރިސްގެ އިސްތިއުނާފުގެ މައްސަލަ ދިގު ދެމިގެންދާތީ ހައި ކޯޓުގެ އިސްގާޒީއާ ބައްދަލުކުރައްވަން ޔުމްނާ އެދިވަޑައިގެންފި

22 ޖެނުއަރީ 2018 | ހޯމަ 08:03

ފާރިސް ބަންދުގައި ހުންނަވާތާ ހަ މަސް ދުވަސް ވަނީ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 22 ޖެނުއަރީ 2018 | ހޯމަ 08:03
ޔުމްނާއާއި ފިރިކަލުން ނަދީމް އިތުރު ބަޔަކާއެކު ހައިކޯޓުގެ ބޭރުގައި

ޔުމްނާއާއި ފިރިކަލުން ނަދީމް އިތުރު ބަޔަކާއެކު ހައިކޯޓުގެ ބޭރުގައި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ އިސްތިއުނާފު މައްސަލައިގައި ގޮތެއް ނުނިމި ދިގުލައިގެންދާތީ، ހައިކޯޓުގެ އިސްގާޒީއާ ބައްދަލުކުރައްވަން، ފާރިސްގެ ދައްތަ ޔުމްނާ މައުމޫން އެދިވަޑައިގަންނަވައިފި އެވެ.

ޔުމްނާ ސޮއިކުރައްވައި ހައިކޯޓަށް އާދިއްތަ ދުވަހު ފޮނުއްވި ސިޓީއެއްގައިވާ ގޮތުގައި، ފާރިސްގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅިތާ ހަ މަސް ދުވަސް ވާއިރުވެސް މައްސަލަ ނިމިފައިނުވާތީ އާއިލާގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެހެންކަމުން، އެކަންތައްތަކާއި ގުޅިގެން ވީހާވެސް އަވަހަކަށް ހައިކޯޓުގެ އިސްގާޒީ އަބްދުﷲ ދީދީއާ ބައްދަލުކުރުމަށް ފުރުސަތެއް ހަމަޖައްސައި ދިނުމަށް ޔުމްނާ އެދިވަޑައިގަންނަވާފައިވެއެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ފާރިސް ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހު އެވެ. ޖެހިގެން އައި ދުވަހު އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން، އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ފާރިސް ހައްޔަރުކުރުމަށް ނެރުނު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ޖުލައި މަހުގެ 25 ވަނަ ދުވަހު އެވެ.

ފާރިސްގެ އިސްތިއުނާފު މައްސަލައިގެ ވަކި ހިސާބަކުން، އެ މައްސަލަ ބައްލަވަމުން ގެންދެވި ބެންޗަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ފުރަތަމަ މައްސަލަ ބައްލަވަމުން ގެންދެވީ، ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު ޢަބުދުއް ރައޫފް އިބްރާހީމް ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ. އެހެން ނަމަވެސް، ހުކުމް އިއްވުމާ ހަމައަށް ގޮސްފައިވަނިކޮށް ފަނޑިޔާރު ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗުން އޭނާ ބޭރުކޮށް، ފަނޑިޔާރު ޝުޖާއު އުސްމާން ވަނީ ބެންޗުގެ ރިޔާސަތަށް ހަމަޖައްސަވާފަ އެވެ.

ފަނޑިޔާރު ޝުޖާއު އުސްމާން ރިޔާސަތު ބެލެހެއްޓެވި ބެންޗުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައެވެ. އަޑުއެހުންތައް ނިންމާލިތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ހުކުމް ނުއިއްވައި ގިނަ ދުވަސްތަކެއް ފާއިތުވަނީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް ނޭނގެ އެވެ. މިކަމާއި ގުޅޭގޮތުން ހައިކޯޓުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

ބެންޗަށް ބަދަލު ގެނައީ، މީގެ ކުރިން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަކާއި ގާނޫނީ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފަށް ކަމަށް ބުނެ ފާރިސްގެ ފަރާތުން ބެންޗު ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓުގެ ބެލެނެވެރިކަމުގެ އިހުތިސާސްގެ މައްސަލައެއްގެ ގޮތުގައި އެ ކޯޓަށް ހުށަހެޅި އެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުން އޮކްޓޯބަރު 10 ވަނަ ދުވަހު ނިންމި ނިންމުމުގައި ވަނީ، ފާރިސްގެ ފަރާތުން ހުށަހަޅާ އެ ދަފްއުއަކީ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ފާރިސްގެ ފަރާތުން އެ ދަފްއު ހުށަހަޅައިފި ނަމަ، އެ އިޖުރާއަތުގެ ސައްޙަކަން ނުވަތަ ނޫން ކަން ގާނޫނީ ސަބަބާއެކު އެ ކޯޓުން ކަނޑައަޅައި މައްސަލައިގައި ފައިސަލާ ކުރަންޖެހޭ މައްސަލައެއް ކަމަށްވާތީ އެގޮތުގެ މަތިން އަމަލުކުރަންޖެހޭ މައްސަލައެއް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ ވާހަކަ ހައިކޯޓުގައި ދެންނެވިފައިވާ ކަމަށެވެ.

އޮކްޓޯބަރު 31 ވަނަ ދުވަހު މި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި، އިސްފަނޑިޔާރު އަބްދުﷲ ދީދީ ބެންޗު ބަދަލުކުރެއްވި އިރު، އަބްދުﷲ ދީދީ އިންނަވައިގެން ބެންޗަށް ބަދަލު ގެނެސްފައިވާ އިޖުރާއަތުގެ ސައްހަކަން ނުވަތަ ނޫންކަން ކަނޑަނޭޅޭނެ ކަމަށް ބުނެ ފާރިސްގެ ފަރާތުން ވަކާލާތު ކުރި އެވެ. އެހެންނަމަވެސް، އިސްފަނޑިޔާރު އަބްދުﷲ ދީދީ އިންނެވި ބެންޗުގެ އިއްތިފާގުން ނިންމީ، އަބްދުﷲ ދީދީ އިންނަވައިގެން އިޖުރާއަތުގެ ސައްހަކަން ނުވަތަ ނޫންކަން ކަނޑައެޅޭނެ ކަމަށެވެ. އެއަށްފަހު ބެންޗަށް ގެނެސްފައިވާ އިޖުރާއަތު ސައްހަ ކަމަށް ކަނޑައަޅައި، އެ ބެންޗުން މައްސަލަ ބެލޭނެ ކަމަށް ވެސް ކަނޑައެޅި އެވެ.

ބެންޗަށް ބަދަލު ގެނައި އިޖުރާއަތުގެ ސައްޙަކަން ނުވަތަ ނޫން ކަން ގާނޫނީ ސަބަބާ އެކު ހައިކޯޓުން ކަނޑައަޅަންވާނެ ކަމަށް ސުޕްރީމް ކޯޓުން އަންގާފައި އޮތް ނަމަވެސް، އިޖުރާއަތު ސައްހަ ކަމަށް ކަނޑައެޅި ގާނޫނީ ސަބަބުތަކެއް ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް