Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ދެކުނު ޗައިނާ ކަނޑުގެ މައްސަލަ

ދެކުނު ޗައިނާ ކަނޑަށް އެމެރިކާ ސިފައިން ވަނުމަކީ ޗައިނާގެ ސަލާމަތަށް ކުރި ނުރައްކަލެއް: ޗައިނާ

ޗައިނާ ކަނޑުގައި އޮތް ޗައިނާގެ ރަށެއްގެ 12 މޭލު ކައިރިއަށް އެމެރިކާގެ މަނަވަރު ދިޔަ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2018 | އާދީއްތަ 14:36
ދެކުނު ޗައިނާ ކަނޑަށް ވަން އެމެރިކާގެ އަސްކަރީ މަނަވަރު ޔޫއެސްއެސް ހޮޕަރ

ދެކުނު ޗައިނާ ކަނޑަށް ވަން އެމެރިކާގެ އަސްކަރީ މަނަވަރު ޔޫއެސްއެސް ހޮޕަރ

ދެކުނު ޗައިނާ ކަނޑަށް އެމެރިކާ ސިފައިން ވަނުމަކީ ޗައިނާގެ ސަލާމަތާއި އިސްތިޤްލާލަށް ކުރި ނުރައްކަލެއް ކަމަށް ޗައިނާ އިން ބުނެފިއެވެ.

ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރެއް ނިމިދިޔަ ހަފްތާގައި ވަން ކަމަށް އެމެރިކާ އިން ބުނެފައިވާއިރު، މިމައްސަލައިގައި ޗައިނާ އިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި އެމެރިކާގެ އެ އަމަލުގެ ސަބަބުން ޗައިނާގެ ޤައުމީ ސަލާމަތަށް ނުރައްކާވެ، ޗައިނާގެ އުޅަނދުތަކަށާއި، އެއުޅަނދުތަކުގައި ތިބި ފަޅުވެރިންނަށް ވެސް ނުރައްކާވި ކަމަށް ޗައިނާ އިން ބުނެއެވެ.

ޗައިނާގެ ޚާރިޖިއްޔާ އިން ބުނީ އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރު ޔޫއެސްއެސް ހޮޕަރ ދެކުނު ޗައިނާ ކަނޑުގައި އޮންނަ ހުއަންގްޔަން އައިލެންޑްގެ 12 މޭލު ކައިރިއަށް އައި ކަމަށެވެ.

ޕެންޓަގަން އިން ބުނީ އެމެރިކާގެ އަސްކަރީ މަނަވަރު ދަތުރުކުރީ ހުއަންގްޔަންގްގެ 12 ނޯޓިކަލް މޭލު ބޭރުން ކަމަށާއި، މިއީ ބައިނަލްއަޤްވާމީ ޤާނޫނުން ހުއްދަކުރާ ހިސާބެއް ކަމަށެވެ. އަދި އެސަރަހައްދުގައި މަޑުނުކުރާ ކަމަށާއި، އެމެރިކާގެ މަނަވަރު ބާރު ސްޕީޑްގައި އެސަރަހައްދުން ދިޔައީ ކަމަށެވެ. މިއީ އިނޮސެންޓް ޕެސެޖްގެ ގޮތުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކުން ހުއްދަ ކަމެއް ކަމަށް ޕެންޓަގަ އިން ބުނެއެވެ.

ހުއަންގްޔަން އައިލެންޑަކީ ޗައިނާގެ ސަރަހައްދެއް ކަމަށް ޗައިނާ އިން ދައުވާކުރާ އިރު، އެސަރަހައްދުގެ މިލްކުވެރިކަމާ މެދު ފިލިޕީންސް އިން ވެސް ދައުވާކުރެއެވެ. ދެކުނު ޗައިނާ ކަނޑުގެ ބޮޑު ސަރަހައްދަކަށް ޗައިނާ އިން ވެރިވެގެންފައިވާއިރު، އިރުމަތީ އޭޝިއާގެ ގިނަ ޤައުމުތަކަކުން އެސަރަހައްދުގެ މިލްކުވެރިކަމާ މެދު ދައުވާކުރެއެވެ.

އެމެރިކާގެ އަސްކަރީ މަނަވަރެއް ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް ވަދެގެން މައްސަލަ ޖެހިފައިވާއިރު، އުތުރު ކޮރެއާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޗައިނާގެ އެހީތެރިކަން ހޯދުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް ޗައިނާ އިން ވެރިވެގަނެ، އެކަނޑުގައި ފަޅުތައް ހިއްކައިގެން ރަށްތައް ބިނާކޮށް، އަސްކަރީ މަރުކަޒުތައް ބިނާކުރާ މައްސަލައިގައި އެމެރިކާ އިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު