Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަސީލުގެ މަރު

އަސީލުގެ މަރުގެ މައްސަލަ: ދިފާއީ ހެކިން ހާޒިރުކުރުމަށް ހަތް ދުވަސް ދީފި

21 ޖެނުއަރީ 2018 | އާދީއްތަ 07:44

މައްސަލަ ނުނިމި ދިގުލައިގެންދާތީ ދައުވާ ލިބޭ މީހުންގެ ކަންބޮޑުވުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 21 ޖެނުއަރީ 2018 | އާދީއްތަ 07:44
ތ. ތިމަރަފުށީ ބްލޫނިއާގޭ އަސީލް އަހުމަދު، މަރާލާފައިވަނީ 2014 ވަނަ އަހަރު

ތ. ތިމަރަފުށީ ބްލޫނިއާގޭ އަސީލް އަހުމަދު، މަރާލާފައިވަނީ 2014 ވަނަ އަހަރު

އިސްކަންދަރު ސްކޫލްގެ ކުރިމައްޗަށް ވާގޮތަށް އޮންނަ ދިދި ގޯޅިތެރޭގައި 2014 ވަނަ އަހަރު މަރާލި، ތ. ތިމަރަފުށީ ބްލޫނިއާގޭ އަސީލް އަހުމަދުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުންނަށް ދިފާއީ ހެކިން ހާޒިރުކުރުމަށް ހަތް ދުވަހުގެ ފުރުސަތެއް ދީފި އެވެ.

އަސީލްގެ މަރުގެ މައްސަލައިގައި ދައުލަތުން ޓެރަރިޒަމުގެ ދައުވާ އުފުލާފައިވަނީ، ގދ. ތިނަދޫ ސްވީޓްޑްރީމް އަހުމަދު ނިމްޝާދުއާއި، ހުޅުމާލެ 10118 އަހުމަދު ޖައުފަރުއާއި، ދަފްތަރު 6566 އިސްމާއިލް ރިފާއުއާއި، ގދ، ވާދޫ އާބަހާރުގޭ އިހުސާން ރަޝީދުއާއި، މ. ގޯލްޑްބަރޑްލިލީ ހަސަން އިސާމް މުހައްމަދުގެ އިތުރުން މއ. ރާޅުއެރިގެ ޝާރިފް ޝަރީފްގެ މައްޗަށެވެ.

Advertisement - newsAdvertisement

އެ ހަ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 23 ވަނަ ދުވަހުގެ ރޭ 8:45 އެހާކަންހާއިރު "އަގޯރާ އެކްސްޕްރެސް" ފިހާރަ ކައިރީގައި އަސީލުއާއި އިތުރު ދެ މީހަކު ހުއްޓައި، އެ ހަ މީހުން އެތަނަށް ގޮސް އަސީލުއާއި އޭނާއާއެކު ތިބި މީހުންނަށް ތޫނުއެއްޗަކުން ހަމަލާދީފައިވާ ކަމަށް ބުނެ އެވެ.

އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް އަސީލް މަރުވީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

ދައުވާ ލިބޭ ހަ މީހުންގެ މައްޗަށް ހިންގާ ޝަރީއަތް މެދުކެނޑިފައި އޮންނަތާ ގިނަ ދުވަސްތަކަކަށްފަހު އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ގާޒީ އަލީ އާދަމް ވިދާޅުވީ މައްސަލައިގެ އަޑުއެހުންތައް ނުބޭއްވި ގިނަ ދުވަސްތަކެއް ފާއިތުވީ، އަހުމަދު ޖައުފަރު ފިޔަވައި ދައުވާ ލިބޭ އެހެން މީހުންގެ ވަކީލު ސަސްޕެންޝަނުގައި ހުންނެވުމުގެ ސަބަބުން ކަމަށެވެ.

ޖައުފަރު ފިޔަވައި ދެން ތިބި މީހުންގެ ވަކީލަކީ އަބްދުﷲ ހަސީނު އެވެ. އޭނާ ސަސްޕެންޑް ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. އަދި ހުއްދަ އަނބުރާ ދިނީ މިިދިޔަ ހަފްތާގެ ތެރޭގައެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމަށް ތާވަލުކޮށްފައި އޮތީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ. އެހެން ނަމަވެސް، ހެކިން ހާޒިރުކުރެވޭގޮތް ނުވި އެވެ. ދައުވާ ލިބޭ ޖައުފަރުގެ ފަރާތުން ބުނެފައިވަނީ އޭނާގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިން ހާޒިރުކުރަން ބޭނުންނުވާ ކަމަށެވެ.

ދެން ތިބި ފަސް މީހުންގެ ވަކީލު އަބްދުﷲ ހަސީން ވިދާޅުވީ ހެކިން ހާޒިރުކުރުމަށް މަސައްކަތް ކުރެއްވި ކަމަށާއި އެހެންނަމަވެސް، ގިނަ ދުވަސްތަކެއް ވަންދެން ޝަރީއަތް މެދުކެނޑިފައި އޮތުމުގެ ސަބަބުން ހެކިބަސް ދޭން ތިބި މީހުން އިތުރަށް ވިސްނަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށެވެ.

ހެކިން ހާޒިރު ކުރުމަށް އިތުރު ފުރުސަތެއް ދެއްވުމަށް ހަސީން އެދިވަޑައިގަތުމުން ގާޒީ އަލީ އާދަމް ވަނީ ހަތް ދުވަހުގެ ފުރުސަތެއް ދެއްވާފަ އެވެ. ގާޒީ ވިދާޅުވީ މިމަހުގެ 30 ވަނަ ދުވަހު ބާއްވާ އަޑުއެހުމަށް ހެކިން ހާޒިރުނުކޮށްފިނަމަ ދެން އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށެވެ.

ދައުވާ ލިބޭ ހަ މީހުންގެ ފަރާތުން ވެސް ވަނީ، އެ މީހުން ބަންދުގައި ތިބޭތާ ތިން އަހަރާއި ހަ މަހަށް ވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކޮށް، ބަންދަށް ލުޔެއް ދެއްވުމަށް އެދިފައެވެ. އެހެން ނަމަވެސް، ދައުލަތުން އެކަމަށް އިއުތިރާޒު ކުރުމުން ގާޒީ ވަނީ އެފަދަ ލުޔެއް ދެވެން ނެތް ކަމަށް ކަނޑައަޅުއްވާފައެވެ.

ޖައުފަރުގެ ވަކީލު ވިދާޅުވީ މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހުރިހާ ހެކިންގެ ހެކި ބަސް ނަގައި ނިމިފައިވާއިރު، ބަންދަށް ލުޔެއް ދީގެން ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. އެހެން ނަމަވެސް، ގާޒީ ވިދާޅުވީ މައްސަލަ ވަރަށް އަވަހަށް ކުރިއަށް ގެންގޮސް ނިންމަވާލައްވާނެ ކަމަށެވެ.

އަސީލްގެ މަރުގެ މައްސަލައިގައި މި މީހުންގެ މައްޗަށް ޝަރީއަތް ހިންގާއިރު، އިތުރު ދެ ކުއްޖެއްގެ މައްޗަށް ވެސް ޓެރަރިޒަމުގެ ދައުވާ އުފުލި އެވެ. ޖުވެނައިލް ކޯޓުން 2016 ވަނަ އަހަރުގެ އޯގަސްޓުގައި ވަނީ، އެ ދެ ކުދިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، 13 އަހަރާއި ހަތަރު މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް