Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފިލިޕީންސްގެ ޒުވާނުން

ފިލިޕީންސްއަކީ ބޭބީ ފެކްޓަރީއެއް!

20 ޖެނުއަރީ 2018 | ހޮނިހިރު 09:29

އުމުރުން 13 އަހަރާއި 19 އަހަރާ ދެމެދުގައި ގިނަ އަންހެން ކުދިން ވިހާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 20 ޖެނުއަރީ 2018 | ހޮނިހިރު 09:29
ފިލިޕީންސްގެ ކުޑަ ކުދިންތަކެއް

ފިލިޕީންސްގެ ކުޑަ ކުދިންތަކެއް

ފިލިޕީންސްގެ ވެރިރަށް މެނީލާ ވެފައި މިވަނީ ދުނިޔޭގައި ނިސްބަތުން ޓީނޭޖް އުމުރުގެ ގިނަ ކުދިން މަންމައިންނަށްވާ އެއް ސިޓީގެ ގޮތުގައެވެ. އެހެންކަމުން ބައެއް މީހުން ކިޔާ އުޅެނީ ވެސް "ބޭބީ ފެކްޓަރީ" އެވެ.

މެނީލާގައި ހުންނަ ޑރ. ޖޯސް ފަބެއްލާ މެމޯރިއަލް ހޮސްޕިލުން ބުނީ ކޮންމެ 12 މިނެޓަކުން ކުއްޖަކު އުފަންވާ ކަމަށާއި އޭގެ ތެރެއިން ވިހާ ގިނަ މީހުންނަކީ 13 އަހަރާއި 19 އަހަރާ ދެމެދުގެ މީހުން ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންނަކީ އުމުރުން 13 އަހަރުގެ އަންހެން ކުދިން ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

ޒުވާނުން ޅަ އުމުރުގައި ކުދިން ހޯދަމުންދާއިރު، އުމުރުން 23 އަހަރުގެ ބައެއް ޒުވާނުން ހަތަރު ކުދިންނަށް ވުރެ ވެސް ގިނަ ކުދިން ހޯދަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ބައެއް ޒުވާނުން ކައިވެންޏަކާ ނުލައި ރައްޓެހިވެގެން އުޅޭ ކުއްޖާއާ އެކު ގުޅުން ހިންގުމުން ބަނޑުބޮޑުވުމުން އިންނަން މަޖުބޫރު ވަނީއެވެ. އެގޮތުން ޅަ އުމުރުގައި ދަރިން ހޯދަނީ ގަސްތުގައި ނޫން ކަމަށާއި ދިރިއުޅެނީ ވެސް ވަރަށް ހާލުގައި ކަމަށް ވެސް ޒުވާން ބައެއް މައިން ބުނެއެވެ.

ފިލިޕީންސްގެ އާބާދީ 86 ޕަސެންޓް ކްރިސްޓިއަނުންނަށް ވިޔަސް އެބޯޝަން ހެދުމަކީ އެގައުމުގައި މުޅިން މަނާ ކަމެކެވެ. އެބޯޝަން ހެދުމާއި އެފަދަ ބޭހެއް ވިއްކާކަން ސާބިތުވެއްޖެ ނަމަ ހަ އަހަރުގެ ޖަލު ހުކުމެއް އާދެއެވެ.

އޭޝިއާގެ ގައުމުތަކުގެ ތެރެއިން ޕިލިޕީންސް ވެފައި ވަނީ ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ޓީނޭޖް އަންހެން ކުދިން އެންމެ ގިނައިން ވިހައި ނުވަތަ ބަލިވެއިން ގައުމުގެ ގޮތުގައެވެ.

ޓީނޭޖް އުމުރުގެ ގިނަ އަދަދެއްގެ ޒުވާނުން ޅައުމުރުގައި ކުދިން ހޯދަމުންދާތީ އެކުދިން ކިޔެވުމަށް ނޭދެވޭ އަސަރުތައްކޮށް ހައި ސްކޫލް ނިންމުމުގެ ފުރުސަތު ގެއްލިގެންދެއެވެ. އަދި އެކަމުގެ ސަބަބުން ފިލިޕީންސްގެ އިގްތިސާދަށް ވެސް ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

31 އޯގަސްޓު 2022

ފެންނަ ފެނުމަށް ބޭބީ ވައިޕްސް، އެތެރޭގައި 11.8 މިލިއަން ޑޮލަރުގެ ކޮކެއިން

31 އޯގަސްޓު 2022
ފެންނަ ފެނުމަށް ބޭބީ ވައިޕްސް، އެތެރޭގައި 11.8 މިލިއަން ޑޮލަރުގެ ކޮކެއިން
02 މާރިޗު 2017

މެލްބަންގެ ފެކްޓަރީއެއްގައި ރޯވެ ތިން މީހުން މަރުވެއްޖެ

02 މާރިޗު 2017
މެލްބަންގެ ފެކްޓަރީއެއްގައި ރޯވެ ތިން މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް