Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަލް ގަރްދާވީ

މަޝްހޫރު މިސްރުގެ ދީނީ އިލްމްވެރިޔާ އަލް ގަރްދާވީ އަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް

އަލް ގަރްދާވީގެ މައްޗަށް ހުކުމް އިއްވީ މިސްރުގެ އަސްކަރީ ކޯޓަކުން

ރާއްޖެ އެމްވީ | 18 ޖެނުއަރީ 2018 | ބުރާސްފަތި 18:20
އަލް ގަރްދާވީ

އަލް ގަރްދާވީ

މިސްރުގެ މަޝްހޫރު ދީނީ އިލްމްވެރިޔާ ޔޫސުފް އަލް ގަރްދާވީ އުމުރަށް ޖަލަށް ލުމަށް މިސްރުގެ އަސްކަރީ ކޯޓަކުން ހުކުމް ކޮށްފިއެވެ.

މިއީ 2015 ވަނަ އަހަރު މިސްރުގައި ހިނގި ހަމަނުޖެހުންތަކުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހިންގުނު ޝަރީއަތާ ގުޅިގެން އަލް ގަރްދާވީ މައްޗަށް ބުދަ ދުވަހު އިއްވި ހުކުމެވެ.

ޔޫސުފް އަލް ގަރްދާވީ މައްޗަށް ހުކުމް އިއްވީ އޭނާގެ ޣައިރު ހާޒިރުގައެވެ.

އަލް ގަރްދާވީ މައްޗަށް ކުރެވުނު ތުހުމަތު ތަކުގެ ތެރޭގައި މީހުން މެރުމަށް ހިތްވަރު ދިނުމާއި، ދޮގު ޚަބަރު ފެތުރުމާއި، ދައުލަތުގެ ތަކެއްޗަށް ގެއްލުން ދިނުން ހިމެނެއެވެ.

އަލް ގަރްދާވީ އަކީ ދޯހާ ގައި ގާއިމް ކޮށްފައިވާ އިންޓަނޭޝަނަލް ޔޫނިއަން އޮފް މުސްލިމް ސްކޯލާރސް ގެ ވެރިޔާ އެވެ. އޭނާ ދިރިއުޅެމުން ގެންދަނީވެސް ގަތަރުގައެވެ.

އަލް ގަރްދާވީގެ އިތުރުން 17 މީހަކު އުމުރަށް ޖަލަށް ލުމަށް ބުދަ ދުވަހު ހުކުމް އިއްވިއެވެ. އަދި 8 މީހުންނަށް މަރުގެ ހުކުމް އައެވެ.

މިނިވަން އިންތިޚާބަކުން މިސްރުގައި ފުރަތަމަ އިންތިޚާބު ކުރެވުނު ރައީސް މުހައްމަދު މުރުސީގެ ވެރިކަން 2013 ވަނަ އަހަރު އަސްކަރީ ބަޣާވާތަކުން ވައްޓާލި ފަހުން މިސުރުގައި ހަމަ ޖެހުން އޮތް ތަނެއް ނުފެނެއެވެ.

ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހު އިންޓަޕޯލުން ވަނީ އުމުރުން 91 އަހަރުގެ އަލް ގަރްދާވީ ވޯންޓެޑް ލިސްޓުން އުނި ކޮށްފައެވެ. އިންޓަޕޯލުން އަލް ގަރްދާވީ ނަން ވޯންޓެޑް ލިސްޓުން އުނިކުރީ މިސުރުން އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތައް ދިރާސާ ކުރުމަށްފަހުގައި ކަމަށް އެ މުވައްސަސާއިން ހާމަ ކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

05 ޖޫން 2017

އައިއެސްގެ އަތްދަށުން އަލްބާޖް މިނިވަންކޮށްފި

05 ޖޫން 2017
އައިއެސްގެ އަތްދަށުން އަލްބާޖް މިނިވަންކޮށްފި
27 އެޕްރީލު 2017

އިންޑޮނީޝިއާގެ އެންމެ މަޝްހޫރު ގާރީ ޝޭޚް ޖައުފަރު އަބްދުއް ރަހުމާނު ލައިވް ޓީވީގައި ގުރުއާން ކިޔަވަމުން ދަނިކޮށް ނިޔާވެއްޖެ

27 އެޕްރީލު 2017
އިންޑޮނީޝިއާގެ އެންމެ މަޝްހޫރު ގާރީ ޝޭޚް ޖައުފަރު އަބްދުއް ރަހުމާނު ލައިވް ޓީވީގައި ގުރުއާން ކިޔަވަމުން ދަނިކޮށް ނިޔާވެއްޖެ
26 އެޕްރީލު 2017

ޚާލިދު އަލް އަރާޖްއަށް ބޮޑު ޖަލު ހުކުމެއް އަތުވެދާނެ!

26 އެޕްރީލު 2017
ޚާލިދު އަލް އަރާޖްއަށް ބޮޑު ޖަލު ހުކުމެއް އަތުވެދާނެ!
03 އެޕްރީލު 2017

ބަޣްދާދީގެ ނައިބެއް ކަމަށްވާ އަޔާދު އަލް-ޖުމައިލީ މަރާލައިފި

03 އެޕްރީލު 2017
ބަޣްދާދީގެ ނައިބެއް ކަމަށްވާ އަޔާދު އަލް-ޖުމައިލީ މަރާލައިފި
19 މާރިޗު 2017

މިސްރުގެ ރައީސް ސީސީ އެމެރިކާއަށް ވަޑައިގަންނަވަނީ

19 މާރިޗު 2017
މިސްރުގެ ރައީސް ސީސީ އެމެރިކާއަށް ވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު