Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުކިނބިހި އެޅުން

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ޑޮކްޓަރުންގެ ލަފަޔަކީ ކިނބިހި އަޅަން ޖެހިއްޖެ ނަމަ ކިނބިހި އޮއްބާ ނުލުން

ރާއްޖެ އެމްވީ | 16 ޖެނުއަރީ 2018 | އަންގާރަ 07:00
މީހަކު ކިނބިހި އަޅަނީ

މީހަކު ކިނބިހި އަޅަނީ

ނުވަގުތެއްގައި އަދި ނުގުޅޭ މާހައުލެއްގައި ބާރު އަޑުފައްގަނޑާ އެކު ކިނބިހި އަޅާކަށް މީހުން ބޭނުމެއް ނުވެއެވެ. އެއީ މީހުން ބަލައިގަންނަ ކަމަކަށް ވެސް ނުވެއެވެ. ގިނަ މީހުން އަނގަމަތީގައި އަތް އަޅައިގެން ކިނބިހި އެޅި ނަމަވެސް މަދުން ނަމަވެސް ކިނބިހި ބޭރުވިޔަ ނުދީ ހިފަހައްޓާ މީހުން އުޅޭތީ ފެނެއެވެ. އެކަމަކު މިހެން ކަންކުރާ މީހުންނަށް އިނގިރޭސި ވިލާތުގެ ޑޮކްޓަރުން ބޮޑު އިންޒާރެއް ދީފިއެވެ. މި އިންޒާރު އައީ ކިނބިއްސެއް އޮއްބާލުމަށް އުޅުނު މީހަކު ކަރުތެރެ ފަޅައިގެން ގޮސް އޭނާއަށް ލިބުނު ގެއްލުންތައް ހާމަ ކުރުމުގެ ތެރެއިންނެވެ.

ބީއެމްޖޭ ކޭސް ރިޕޯޓްސް މަޖައްއްލާގައި މި ދިޔަ ހޯމަ ދުވަހު ޝާއިއު ކޮށްފައިވާ މި ކޭސް ސްޓަޑީގައި ޑޮކްޓަރުން ބުނެފައިވަނީ، ސިއްހަތު ރަނގަޅު މީހަކު ކަރު ދުޅަވުމާއި، ހިން ދިރުވަން އުނދަގޫ ވުމާއި، އަދި ކަރުތެރެއަށް އިތުރު އުނދަގޫތައް ވާތީ ލީސިސްޓަރ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމަށް ރިޕޯޓު ކުރުމުން އެކަން ވީ ގޮތް ބެލުމުން އޭނާ އަށް މި މައްސަލަ ކުރިމަތިވީ ވަރަށް ވަރުގަދަ އަށް އައި ކިނބިއްސެއް އޮއްބާލުމުގެ ސަބަބުން ކަމަށް ޑޮކްޓަރުންނަށް ދެނެގަނެވިފައިވާ ކަމަށެވެ.

އުމުރުން 34 އަހަރުގެ މި މީހާގެ އަޑު ގެއްލި ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް އެޑްމިޓް ކުރަން ޖެހުނު ކަމަށްވެސް ޑޮކްޓަރުން ބުނެފައިވެއެވެ.

ލަންޑަން ޔުނިވަސިޓީ ހޮސްޕިޓަލުގެ ޑިރެކްޓަރ ފޯ އިޔަރ، ނޯސް އެނޑް ތްރޯޓް ޑރ. އެންތަނީ އައިމަޓް ޓައިމް މަޖައްލާ އަށް ދެއްވި ބަސްދީގަތުމެއްގައި ހާމަ ކުރައްވާފައިވާ ގޮތުގައި ކިނބިހި އަޅާ އިރު ހަށިގަނޑުން ވައި ބޭރަށް ނުކުންނަނީ ވަރަށް ބާރު ސްޕީޑުގައެވެ. އެއީ ގަޑިއަކު 150 މޭލު ބާރު މިނުގައެވެ. އޭނާ ވިދާޅުވީ، އެ ހުރިހާ ޕްރެޝަރެއް އޮއްބާލަން އުޅެފިނަމަ ކިތަންމެ ބޮޑު ގެއްލުމެއްވެސް ލިބިދާނެ ކަމަށެވެ.

ކިނބިހި އޮއްބާލަން އުޅުނު މީހާ ބެލި ޑޮކްޓަރުން ބުނެފައިވަނީ ކަރުތެރެ ހަލާކުވެފައި ހުރުމާއެކު ފުރަތަމަ އެމީހުން ހީކުރީ އިންފެކްޝަންގެ ސަބަބުން ކުރިމަތިވި މައްސަލައެއް ކަމަށެވެ. އެހެން ކަމުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް އެންޓިބަޔޮޓިކް ފަރުވާ ފެށި ކަމަށްވެސް ބުނެފައިވެއެވެ.

ޔުނިވަރސިޓީ އޮފް ޓެކްސަސްގެ ހެލްތް ސައިންސް ސެންޓަރ ގެ ކަރާއި ބެހޭ ޚާއްސަ ސާޖަން ޑރ ޒީ ޔޭންގް ޖިއާން ޓައިމް މަޖައްލާ އަށް ކިޔައި ދެއްވި ގޮތުގައި ކިނބިހި އޮއްބާލުމަށް އުޅުމުގެ ތެރޭގައި އެތެރެހައްޓަށް ގެއްލުންވާ މައްސަލަ ތަކުގެ އަދަދު މަދު ނަމަވެސް އަހަރު މައްސަލައެއް ދެ މައްސަލައެއް ރިޕޯޓު ކުރެވިފައިވާ ކަމަށެވެ.

ޑރ ޖިއާން އިތުރަށް ސާފު ކޮށްދެއްވި ގޮތުގައި ކިނބިހީގެ ބޭނުމަކީ ހަށިގަނޑުން ޖަރާސީމް ނުވަތަ ބެކްޓީރިއާ ފަދަ އެއްޗެއް ބޭރު ކޮށްލުން ކަމަށް ވުމާއެކު އެކަމަށް ހުރަސް އަޅައިފިނަމަ ބޭރު ކޮށްލަން ބޭނުންވާ އެއްޗެއް ބޭރު ވުމުގެ ބަދަލުގައި އެތެރެ ކޮށްލެވެނީ ކަމަށާއި އޭގެ ސަބަބުން ހަށިގަނޑުން ބޭރުވާން ޖެހޭ އެއްޗެއް އަނބުރާ ހަށިގަނޑުގެ ތެރެއަށް ވާސިލް ކުރެވެނީ ކަމަށެވެ.

ކިނބިހި އޮއްބާލުން އުޅުމުގެ ސަބަބުން ކަރުތެރެ ފަޅައިގެން ދިޔަ މީހާ މިހާރު ވަނީ މުޅިން ފަސޭހަ ވެފައެވެ. އަދި ކިނބިއްސެއް އަތުވެއްޖެ ނަމަ ކިނބިހި އޮއްބާލަން ނޫޅުމަށްވެސް ޑޮކްޓަރުން އޭނާ ހޮސްޕިޓަލުން ދޫކޮށްލަމުން ނަސޭހަތްތެރިވެފައި ވެއެވެ.

ޑޮކްޓަރުންގެ ލަފަޔަކީ އިޖްތިމާއީ ގޮތުން ގަބޫލު ކުރެވެ ކަމަކަށް ނުވިޔަސް، ކިނބިއްސެއް އައުމުން ކިނބިހި އެޅުމެވެ. އަދި ކިނބިހި އަޅާއިރު ހަމަ ބާރަށް ކިނބިހި އެޅުމެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2025

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

24 ޖެނުއަރީ 2025
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
28 ޖުލައި 2018

މީހެއްގެ ނަން ހަނދާން ނެތެނީ ކީއްވެ؟

28 ޖުލައި 2018
މީހެއްގެ ނަން ހަނދާން ނެތެނީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު