Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އާރަށު ހިޔާނަތް

އާރަށް ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމުގެ މާކުރިން އެރަށުގައި ރިސޯޓު ތަރައްޤީކުރަން ހުށަހަޅަން ޓޫ.ޖީގެ ބޯޑުން އޮތީ ފާސްކޮށްފައި

ޓޫޖީ ޕްރައިވެޓް ލިމިޓެޑުގެ ބޯޑުން އެގޮތަށް ފާސްކޮށްފައިވަނީ 22 އޯގަސްޓު 2015 ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2023 | އާދީއްތަ 07:35
ވ އާރަށު ހިޔާނާތުގެ މައްސަލަ

ވ އާރަށު ހިޔާނާތުގެ މައްސަލަ

އާރަށް ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމުގެ މާކުރިން އެރަށުގައި ރިސޯޓު ތަރައްޤީކުރަން ޝައުޤުވެރިކަން ފާޅުކުރަން ޓޫ.ޖީގެ ބޯޑުން އޮތީ ފާސްކޮށްފައިކަމަށް ކްރިމިނަލް ކޯޓުގެ ޙުކުމުގައި ވަނީ ބުނެފައެވެ.

ވ އާރަށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށްޓަކައި ޝައުޤުވެރިކަން ފާޅުކޮށް، ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑުގެ ބޯޑުން ވަނީ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ސިޓީއެއް ހުށައެޅުމަށް ފާސްކޮށްފައެވެ.

ޓޫ.ޖީ ޕްރައިވެޓް ލިމިޓެޑުގެ ބޯޑުން އެގޮތަށް ފާސްކޮށްފައިވަނީ 22 އޯގަސްޓު 2015 ގައެވެ.

އެހެންނަމަވެސް އެއީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ވ އާރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމުގެވެސް މާ ކުރީގެ ތާރީޚެކެވެ. އެގޮތުން ވ އާރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވަނީ 25 އޯގަސްޓު 2015 ގައެވެ.

އެކަން ފާހަގަކޮށް ޙުކުމުގައި ބުނެފައިވަނީ، އެ ތާރީޚުގައި ވ އާރަށުގައި ޓޫރިސްޓު ރިސޯޓެއް ތަރައްޤީ ކުރުމުގެ ޝައުޤުވެރިކަން ފާޅުކުރަން ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް އެނގުނު ގޮތެއް މި މައްސަލައިގެ ލިއެކިއުންތަކުން ފެންނާކަށް ނެތް ކަމަށެވެ.  

25 އޯގަސްޓު 2015 ގައި ވ އާރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމުން، ޖެހިގެން އައި ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ރަށް އެމްއެމްޕީއާރްސީއަށް ލީސްކޮށްފައެވެ.

އަދި ހަމަ އެ ދުވަހު ވ އާރަށުގެ ލީސް ހޯލްޑިންގ ރައިޓްސް ޓޫ.ޖީ ޕްރައިވެޓް ލިމިޓެޑަށް ބަދަލު ކުރުމުގެ ހުއްދައަށް އެމްއެމްޕީއާރްސީން ޓޫރިޒަމް މިނިސްޓްރީގައި އެދުނެވެ. މިނިސްޓްރީން އެކަމުގެ ހުއްދަވެސް ހަމަ އެ ދުވަހުން ދުވަހަށް ވަނީ ދީފައެވެ.

އެ ދުވަހު ހިނގާދިޔަ އިތުރު ކަންކަމަށް ބަލާއިރު، އާރަށުގެ ލީސް ހޯލްޑް ރައިޓްސް ދެމިލިއަން އެމެރިކާ ޑޮލަރަށް ވިއްކާލުމަށް އެމްއެމްޕީއާރްސީއާއި، ޓޫ.ޖީ ޕްރައިވެޓް ލިމިޓެޑާ ދެމެދު އެގްރީމަންޓެއް ވެފައިވެއެވެ. އެ އެގްރީމަންޓުގައި އެމްއެމްޕީއާރްސީގެ ފަރާތުން އަބްދުﷲ ޒިޔަތު ސޮއިކުރައްވާފައިވާއިރު، ޓޫ.ޖީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއި ކުރެއްވީ ޔޫސުފް ނައީމެވެ.

އޭގެ އިތުރުން، އާރަށް ތަރައްޤީ ކުރުމަށް އެމްއެމްޕީއާރްސީއަށް ލިބިފައިވާ ޙައްޤުތައްވެސް ޓޫ.ޖީ ޕްރައިވެޓް ލިމިޓެޑަށް ބަދަލުކޮށް ހަމަ އެ ދުވަހު "ޑީޑް އޮފް އެސައިންމަންޓް" އެއްގައިވެސް ހަމަ އެ ފަރާތްތަކުން ސޮއިކޮށްފައިވެއެވެ.

އެ ދުވަހު ވ އާރަށުގެ ލީސް ހޯލްޑިންގ ރައިޓްސް ޓޫ.ޖީއަށް ބަދަލު ކުރުމުގެ ކަންކަން ނިމުމާއެކު، ޓޫ.ޖީ ކުންފުނިން ވަނީ އެމްއެމްޕީއާރްސީއަށް 1 މިލިއަން ޑޮލަރުގެ ޗެކެއް ޙަވާލުކޮށްފައެވެ. އެއީ ޔޫސުފް ނައީމްގެ ހިއްސާ އޮންނަ އެލްއޭ ރިސޯޓްސްގެ ނަމުގައި ދޫކޮށްފައިވާ ޗެކެކެވެ.

އެ ޗެކް އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައިވަނީ 10 ސެޕްޓެމްބަރުގައެވެ.

އަދި ހަމަ 9 ސެޕްޓެމްބަރުގައި ޔޫސުފް ނައީމަށްވެސް އެލްއޭ ރިސޯޓްސްއިން 1 މިލިއަން ޑޮލަރުގެ ޗެކެއް ދޫކޮށްފައިވެއެވެ. އެ ޗެކް ޔޫސުފް ނައީމްގެ އެކައުންޓަށް ޖަމާވީ 14 ސެޕްޓެމްބަރުގައެވެ.

ޖެހިގެން އައި ދުވަސް (15 ސެޕްޓެމްބަރު) ގައި ޔޫސުފް ނައީމް ވަނީ އެ ޗެކު ޖަމާވި އެކައުންޓުން، ޔާމީނަށް 1 މިލިއަން ޑޮލަރުގެ ޗެކެއް ދޫކުރައްވާފައެވެ. އެހިސާބުން ބޭންކުން ސުވާލު ކުރުމުން ޔޫސުފް ނައީމް ވިދާޅުވެފައިވަނީ އެއީ ވިޔަފާރީގެ މުއާމަލާތެއް ކަމަށެވެ.

މި މައްސަލައިގެ ތަހުގީގުގައި ޔާމީނާއި ޔޫސުފް ނައީމްވެސް ހެއްކެއް ހުށައަޅާފައެއް ނުވެއެވެ. ނަމަވެސް މައްސަލައިގެ ޝަރީއަތް ފެށުމުން، އެއް ހެކިތަކެއް ހުށައަޅާފައިވާއިރު، ހުރިހާ ހެކިވެރިންވެސް ވަނީ ޔާމީނާއި ޔޫސުފް ނައީމާ ދެމެދު ވެފައިވަނީ ޑޮލަރު މާރު ކުރުމުގެ ވިޔަފާރީގެ މުއާމަލާތެއްކަމަށް ހެކިބަސް ދީފައެވެ.

އެހެންނަމަވެސް، އެ ހެކިވެރިންނަކީ އޮޅުވާލައިގެން، ވަކި ކަމެއް ވަކި ގޮތަކަށް ހިނގިކަން ދެއްކުމަށް އުފައްދާފައިވާ ހެކިންކަން ސާބިތުވާކަމަށް ޙުކުމުގައި ބުނެއެވެ.

ވުމާއެކު، މަނީ ލޯންޑަރިންގ އަދި ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ ޔާމީނަށް 11 އަހަރުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ. އަދި 5 މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާވެސް ކޮށްފައެވެ.

ރަށްތައް ދެވޭ އިންވެސްޓަރުންގެ އަތުން ރައީސް ޔާމީނު އެކި ގޮތްގޮތުން ފައިސާ އަތުލަމުން ދިޔަ ކަމަށާއި، އެމީހުންނަށް ރަށްތައް ދޫކުރަމުން ދިޔައީވެސް އެކިކަހަލަ މަންފާތަކާއި ފައިސާ ދިނުމަށް ޝަރުތުކޮށްގެންކަން އެނގެން އޮންކަމަށް ޙުކުމުގައިވެއެވެ.

މި މައްސަލައަކީވެސް ހަމައެގޮތަށް ޔާމީނުގެ ގާތް ރައްޓެއްސެއްކަމަށްވާ ޔޫސުފް ނައީމަށް ރަށް ދިނުމުގެ މުޤާބިލުގައި ރިޝްވަތު ދިނުމުން ކޮށްފައިވާ މުއާމަލާތެއްކަން ހެކި ޤަރީނާތަކުން އެނގޭކަމަށް ވަނީ ބަޔާންކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ

ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ

06 ޖެނުއަރީ 2025
ރުޅިގަނޑު ފަޅައިގެން ގޮސް ކަވާނީގެ ރޯޅި ވީއޭއާރަށް!

ރުޅިގަނޑު ފަޅައިގެން ގޮސް ކަވާނީގެ ރޯޅި ވީއޭއާރަށް!

03 ޑިސެމްބަރު 2022
ކުލަ ބަހައި، މާބޮނޑިއާއި ޕީއެސް ދޭންވީ ކޮން ބަޔަކަށްކަން ކަނޑައަޅަނީ މާކުރިންނެވެ.

ކުލަ ބަހައި، މާބޮނޑިއާއި ޕީއެސް ދޭންވީ ކޮން ބަޔަކަށްކަން ކަނޑައަޅަނީ މާކުރިންނެވެ.

07 މާރިޗު 2022

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު