Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާރިސްގެ ޝަރީއަތް

ފާރިސްގެ ޝަރީއަތް: ގާޒީ އެންގެވީ މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް އިންސާފުގެ ވާހަކަ ދައްކަން ފުރުސަތެއް ނެތް ކަމަށް!

9 ޖެނުއަރީ 2018 | އަންގާރަ 08:48

ފާރިސްގެ މައްޗަށް ފުރަތަމަ "އޮޅުމަކުން" ކުރީ ނުބައި ދައުވާއެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 9 ޖެނުއަރީ 2018 | އަންގާރަ 08:48
ފާރިސްގެ ޝަރީއަތުގެ އަޑުއެހުމަކަށް ފަހު ކޯޓުން ނިކުމެވަޑައިގަންނަވަނީ، ފާރިސް ހައްޔަރުކޮށްފައިވަނީ ޖުލައި 18 ގައި

ފާރިސްގެ ޝަރީއަތުގެ އަޑުއެހުމަކަށް ފަހު ކޯޓުން ނިކުމެވަޑައިގަންނަވަނީ، ފާރިސް ހައްޔަރުކޮށްފައިވަނީ ޖުލައި 18 ގައި

ޝަރީއަތުގެ ކަންކަން ކުރިއަށްދާ ގޮތުން އިންސާފު ލިބޭ މަންޒަރު ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް ވިދާޅުވުމުން، މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް އިންސާފުގެ ވާހަކަ ދައްކަން ފުރުސަތު ނުދެވޭނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ، ފާރިސް އަށް އަންގަވައިފި އެވެ.

ފާރިސްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުންތައް ކުރިއަށްދާއިރު، އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި ފާރިސް ވަނީ ޝަރީއަތް ކުރިއަށްދާ ގޮތާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ފާރިސް ވިދާޅުވީ އޭނާގެ މައްސަލައިގައި ދައުލަތަށް "އޮޅިގެން" ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށާއި، ހުރިހާ ވަސީލަތަކާއި ވަގުތެއް ލިބިގެން ތިބެ ދައުލަތަށް "އޮޅިގެން" ކަންތައްތައް ކުރެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

ފާރިސް މިފަދައިން ވިދާޅުވިއިރު، އޭނާގެ މައްޗަށް ފުރަތަމަ އުފުލީ ރިޝްވަތު ހިފުމުގެ ދައުވާ އެވެ. ރިޝްވަތު ހިފުމުގެ ދައުވާ ކުރެވުނީ އޮޅުމަކުން ކަމަށް ބުނެ ދައުލަތުން ވަނީ، ކޯޓަށް މައްސަލަ ހުށަހެޅި ފަހުން ދައުވާ އަނބުރާ ގެންގޮސް، ރިޝްވަތު ދިނުމުގެ ދައުވާއަށް ބަދަލުކޮށްފަ އެވެ.

އަންގާރަ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ، ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ މޯބައިލް ފޮރެންސިކް ރިޕޯޓުގައި އޮޅުމަކުން ނުބައި ތާރީޚެއް ޖެހިފައިވާ ކަމަށް އެއްބަސްވެފަ އެވެ. އެގޮތުން، ދައުލަތުގެ ވަކީލު ބުނީ އެފަދަ ރިޕޯޓުތަކަކީ އިންސާނުން ތައްޔާރުކުރާ އެއްޗެހި ކަމަށާއި އެހެންކަމުން ކުށެއް އޮވެދާނެ ކަމަށެވެ.

މޯބައިލް ފޮރެންސިކް ރިޕޯޓުގައިވާ ގޮތުގައި، ފުލުހުންގެ ފޮރެންސިކް ޑިޕަރޓްމެންޓާއި ފޯނު ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖޫން 5 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް، ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި އޮއްވައި 2017 ވަނަ އަހަރުގެ ޖޫން 15 ވަނަ ދުވަހު އެ ފޯނަށް ލިބުނު ފޮޓޯއެއްގެ ވާހަކަ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެ ފޯނަކީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓް އަހުމަދު ޝާފިއުގެ ފޯނެވެ.

ފޮރެންސިކް ޑިޕަރޓްމެންޓަށް ފޯނު ހަވާލުކުރި ތާރީޚުގެ ގޮތުގައި 2017 ވަނަ އަހަރުގެ ޖޫން 5 ވަނަ ދުވަސް ހިމަނާފައި އޮތް ނަމަވެސް، އަސްލު ތާރީޚަކީ 2017 ވަނަ އަހަރުގެ ޖުލައި 5 ވަނަ ދުވަސް ކަމަށް ވަކީލު ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން ފާރިސް ވިދާޅުވީ މިއީ ދައުލަތުގެ ބާރު ހުރި ފަރާތްތަކަކުން، ހެކި އުފައްދައިގެން އޭނާއާ ދެކޮޅަށް ކުރިއަށްގެންދާ މައްސަލައެއް ކަމަށާއި، އެފަރާތްތަކުން ބޭނުންވަނީ އޭނާ ބަންދުގައި ބަހައްޓައިގެން މައްސަލަ ނިންމާލަން ކަމަށެވެ. އަދި، މި މައްސަލައިގައި މިހާތަނަށް ކަންތައްތައް ހިނގާފައިވާ ގޮތުން މިއީ އުފައްދާފައިވާ މައްސަލައެއްކަން ސާފުކޮށް އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދިފާއު ބިނާކުރުމަށް ވަކީލުންނާއި ބައްދަލުކުރުމުގެ ފުރުސަތު ނުލިބޭކަން ފާހަގަކޮށް ފާރިސް ވިދާޅުވީ ދިފާއުވާން މަސައްކަތް ކުރުމުގެ ފުރުސަތު ނުދޭތީ އިންސާފު ލިބޭ މަންޒަރު ނުފެންނަ ކަމަށެވެ.

ފާރިސްގެ އެ ވާހަކަތަކާއި ގުޅިގެން ގާޒީ އަލީ އާދަމް ވިދާޅުވީ މައްސަލައިގެ އިންސާފުވެރިކަމާއި މެދު އެއްޗެއް ބުނެވޭނީ މައްސަލަ ނިމުމުން ކަމަށާއި، ޝަރީއަތުގެ ކަންކަން ކުރިއަށް ގެންދަނީ ދެ ހަސްމުންނަށް ވެސް ހަމަހަމަ ފުރުސަތުދީގެން ކަމަށެވެ. އަދި މި މައްސަލައިގައި ވަކި ގޮތެއް ނިމެންދެން އިންސާފުގެ ވާހަކަ ދެއްކުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

"މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް އިންސާފުގެ ވާހަކަ ދައްކަން ފުރުސަތެއް ނުދެވޭނެ،" ގާޒީ ވިދާޅުވި އެވެ.

މޯބައިލް ފޮރެންސިކް ރިޕޯޓުގައި މައްސަލަތަކެއް ހުރުމުން، އެ ރިޕޯޓަކީ ޝަރީއަތަށް ބަލައިގަނެވޭނެ ރިޕޯޓެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށް ފާރިސްގެ ފަރާތުން އެދުނެވެ. ފާރިސްގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ އެ ރިޕޯޓަކީ ހަގީގަތާއި ޚިލާފު ދޮގު ކަންތައްތަކެއް ހިމަނައިގެން ހަދާފައިވާ ރިޕޯޓަކަށްވާއިރު، އެފަދަ ރިޕޯޓެއް ޝަރީއަތަށް ބަލައި ނުގަނެވޭނެ ކަމަށެވެ.

މައުމޫން ވިދާޅުވީ ފޮރެންސިކް ރިޕޯޓް ހަދަން ދިނީ ފޯނުގައި ހުރި މެސެޖުތަކުގެ ބެކްއަޕް ނަގަން ކަމަށާއި އެހެން ނަމަވެސް، ބެކްއަޕް ނަގާފައިނުވާ ކަމަށެވެ. މައުމޫން ވިދާޅުވީ ފޯނުގައި ހުރި މެސެޖުތަކުގެ ބެކްއަޕް ނަގާފައިނުވަނީ ގަސްދުގައި ކަމަށާއި ބެކްއަޕް ނެގިނަމަ، ފާރިސް ރިޝްވަތު ދެއްވި ކަމަށް ބުނާ މެންބަރު ޝާފިއުއަށް ދިން އިންޒާރުތައް ފެންނާނެ ކަމަށެވެ.

ޝާފިއުއަކީ، ފާރިސް ދެއްވި ރިޝްވަތުގެ ފައިސާ ހިފައިގެން މެންބަރު ކައިރިއަށް ދިޔަ ކަމަށް ދައުލަތުން ބުނާ މީހާއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރުގައި ރާއްޖެޓީވީއަށް ދިން އިންޓަވިއުއެއްގައި ޝާފިއު ބުނެފައިވާ ގޮތުގައި، ފާރިސްއާ ދެކޮޅަށް ވަކި ގޮތަކަށް ބަޔާން ދިނުމަށާއި ހެކި ބަސް ދިނުމަށް އިންޒާރުދީ ފޮނުވި މެސެޖުތައް އޭނާގެ ފޯނުގައި ހުންނާނެ އެވެ.

ފާރިސްގެ ވަކީލަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު ވަނީ، އެ ރިޕޯޓް ތައްޔާރުކުރި ފަރާތް ހެކީގެ ގޮތުގައި ޝަރީއަތަށް ހާޒިރުކޮށްދިނުމަށް ހުށަހަޅާފަ އެވެ. ވަކީލު ވިދާޅުވީ މައުޟޫއީ ގޮތުން ބެލުމެއް ނެތި، އެ ރިޕޯޓް ބަލައިނުގަންނަން ނިންމުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.

ރިޝްވަތު ދިނުމުގެ ދައުވާއާ ގުޅިގެން, ޝަރީއަތުގެ ކުރީގެ ހުށަހެޅި ހުށަހެޅުންތަކާ މެދު ވާހަކަ ދައްކައި ނިމިފައިވާއިރު، ދެން އޮންނާނީ އެކަންތައްތަކާ މެދު ޝަރީއަތުން ގޮތެއް ކަނޑައެޅުމެވެ. އެކަމަށް ބާއްވާ އަޑުއެހުން އޮންނާނީ މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 10:00 ގަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް