Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނާސާ އެސްޓްރޮނޯޓް މަރުވުން

6 ފަހަރު ޖައްވަށް ގޮސް، ހަނދުގައި ހިނގި އެސްޓްރޮނޯޓް ޖޯން ޔަންގް މަރުވެއްޖެ

މަރުވީ ނިއުމޯނިއާގައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 7 ޖެނުއަރީ 2018 | އާދީއްތަ 03:34
ޔަންގް ވަނީ ހަނދުގައި ހިނގާފައި

ޔަންގް ވަނީ ހަނދުގައި ހިނގާފައި

ހަ ފަހަރެއްގެ މަތިން ޖައްވަށް ގޮސް، ހަނދުގައި ހިނގާފައިވާ ނާސާގެ އެސްޓްރޮނޯޓް ޖޯން ޔަންގް ހުކުރު ދުވަހު މަރުވެއްޖެއެވެ.

ހޮނިހިރު ދުވަހު ނާސާއިން ބުނީ އުމުރުން 87 އަހަރުގައި ޖޯން ޔަންގް މަރުވީ ނިއުމޯނިއާ ޖެހިގެންކަމަށެވެ. ޔަންގްވަނީ ނާސާގެ ޖެމަނައި، އެޕޯލޯ އަދި ސްޕޭސް ޝަޓްލް ޕްރޮގްރާމްތަކުގައި ޖައްވަށް ގޮސްފައެވެ. އޭނާއަކީ 3 ޕްރޮގްރާމްގައި ޖައްވަށް ދިޔަ ހަމައެކަނި އެސްޓްރޮނޯޓެވެ.

1962ވަނަ އަހަރު ޔަންގް ނާސާއާއި ގުޅުމަށްފަހު އެންމެ ފުރަތަމަ ޖައްވަށް ގޮސްފައިވަނީ 1965ވަނަ އަހަރު ޖެމަނައި 3 ގައެވެ. އެފަހަރު ޖައްވަށް ދިޔައިރު ނާސާއަށް ނާންގައި، ސްޕޭސްސޫޓްގެ ތެރޭގައި ފޮރުވައިގެން ޔަންގްވަނީ ކޯންޑް ބީފް ސޭންޑްވިޗެއް ޖައްވަށް ގެންގޮސްފައެވެ.

ޖޯން ޔަންގްގެ ނާސާގެ ރަސްމީ ފޮޓޯއެއް

ޔަންގް ވަނީ ދެފަހަރު ހަނދަށް ދިޔަ ދަތުރުތަކުގައި ބައިވެރިވެފައެވެ. ފުރަތަމަ ދަތުރުގައި 1969ވަނަ އަހަރު އެޕޯލޯ 10ގެ ފަޅުވެރިންނާއިއެކު ހަނދުގެ ވަށައިގެން އޯބިޓްކުރިއެވެ. އެއީ އެއަހަރު ފުރަތަމަ ފަހަރަށް އިންސާނުން ހަނދަށް ދިޔަ ދަތުރަށް ތައްޔާރުވުމަށް ކުރި ދަތުރެކެވެ. އަދި އޭގެ ފަހުގައި 1972ވަނަ އަހަރު އެޕޯލޯ 16 ގައި ހަނދަށް ޖައްސައި، ހަނދުގައި ހިނގާފައިވެއެވެ.

ޖައްވަށް ފޮނުވާލި އެންމެ ފުރަތަމަ ސްޕޭސް ޝަޓްލްގައިވެސް 1981ވަނަ އަހަރު ކޮމާންޑަރެއްގެ ހައިސިއްޔަތުން ޔަންގް ވަނީ ޖައްވަށް ގޮސްފައެވެ.

ޖޯން މަރުވުމާއެކު ނާސާއިންނާއި މުޅި އެމެރިކާއިން ގެންދަނީ ހިތާމަ ފާޅުކުރަމުންނެވެ. ޚާއްސަކޮށް ނާސާގެ އެސްޓްރޮނޯޓުންނާއި ޖޯން ޔަންގް ކުރިން ޕައިލެޓެއްގެ ގޮތުގައި މަސައްކަތްކުރި އެމެރިކާގެ ނޭވީއިން ވަނީ ހިތާމަފާޅުކޮށްފައެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2017

މެލޭޝިއާއަށް ނިސްބަތްވާ އދ. ގެ ދެ މުވައްޒަފަކު އުތުރު ކޮރެއާ ދޫކޮށް ގޮސްފި

11 މާރިޗު 2017
މެލޭޝިއާއަށް ނިސްބަތްވާ އދ. ގެ ދެ މުވައްޒަފަކު އުތުރު ކޮރެއާ ދޫކޮށް ގޮސްފި
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
20 ފެބުރުއަރީ 2017

ފިލިޕީންސްގައި ހިނގި ބަސް އެކްސިޑެންޓެއްގައި 15 މަރު

20 ފެބުރުއަރީ 2017
ފިލިޕީންސްގައި ހިނގި ބަސް އެކްސިޑެންޓެއްގައި 15 މަރު
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
11 ފެބުރުއަރީ 2017

ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

11 ފެބުރުއަރީ 2017
ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ
10 ފެބުރުއަރީ 2017

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

10 ފެބުރުއަރީ 2017
ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ
06 ފެބުރުއަރީ 2017

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ

17 ޖެނުއަރީ 2017
ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު