Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިމާވެށި ހިމާޔަތްކުރުން

ގަވާއިދު ތަންފީޒުނުވެ އުޅެނިކޮށް، ރުއްގަސް ކެނޑުން އާންމުވެ ރަތުގެ ސިގުނަލެއް!

6 ޖެނުއަރީ 2018 | ހޮނިހިރު 03:16

ފަޅު ހިއްކައިގެން ރިސޯޓު ހަދާ ކުންފުނިތަށް ރުއް ވިއްކާ މައްސަލަ ބޮޑު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 6 ޖެނުއަރީ 2018 | ހޮނިހިރު 03:16
އއ. ތޮއްޑޫގައި ރުއްގަސްތަކެއް: ނާޒުކު ތިމާވެއްޓެއް އޮތް ރަށްތަކުން ރުއް ކެނޑުމުގެ މައްސަލަ ވަނީ ބޮޑުވެފައި

އއ. ތޮއްޑޫގައި ރުއްގަސްތަކެއް: ނާޒުކު ތިމާވެއްޓެއް އޮތް ރަށްތަކުން ރުއް ކެނޑުމުގެ މައްސަލަ ވަނީ ބޮޑުވެފައި

ވަކި އުސޫލެއް ނެތި ރަށްރަށުން ރުއްގަސް ކަނޑައި ނުވަތަ އުފުރުން އިރުތުވުމާ ގުޅިގެން ރަށްރަށުގެ ފެހިކަން ކުޑަވަމުންދާކަން ފާހަގަ ކުރެވެއެވެ. ބޮޑެތި ގަސްގަސް ކޮނެގެން، ބޮޑު ސަރަހައްދަކުން ފަސްގަނޑާއެކު ނަގައި ރަށުން ބޭރުކުރުމުގެ ސަބަބުން އުފެދޭ ވަޅުގަނޑުތަކަށް ރަނގަޅަށް ފަސް އަޅައި ބިންގަނޑު ހަމަނުޖެއްސުމުގެ ސަބަބުން ބިމުގެ ފަސްގަނޑު ދޫވެ ރަށްރަށުގެ ބިންގަނޑަށާއި ފެން ފަށަލައަށް ނޭދެވޭ އަސަރުތައް ކުރަމުންދާކަން ވެސް ފާހަގަ ކުރެވެ އެވެ. އެހެންކަމުން ރަށްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނަގައި އަދި އެއް ރަށުން އަނެއް ރަށަށް ގެންދިއުމާއި ބެހޭ ގޮތުން ވަކި އުސޫލުތަކެއް ކަނޑައަޅާފައި އޮތުމަކީ ދިރޭތަކެތީގެ ނަސްލަށް ކުރާ ނޭދެވޭ އަސަރު ވީހާވެސް ކުޑަކުމާއެކު ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކުރާ ކަމެވެ.

އެ މައްސަލައަށް ހައްލު ހޯދުމަށް މީގެ 25 އަހަރު ކުރިން އަމަލު ކުރަމުންދާ ގާނޫނެއްގެ ދަށުން، ގަވާއިދެއް ވަނީ ހަދާފައެވެ. ނަވާރަސަތޭކަ ނުވަދިހަ ތިން ވަނަ އަހަރު ތަސްދީގުކޮށް، އަމަލުކުރަމުންދާ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އުފެއްދި އެ ގަވާއިދަށް އެކި ސަރުކާރުތަކުން އިސްލާހު ގެނެސް އަމަލު ކުރަމުންދެއެވެ.

Advertisement - newsAdvertisement

އެ ގަވާއިދުގައި ވަކި ދިގު މިނެއްގެ ރުއްތަކާއި އެފަދަ ރުއްތައް އުފުރައިގެން ގެންދާއިރު ކަޅު ފަސް ގެންދެވޭނެ އުސޫލު ކަނޑައަޅާފައިވެ އެވެ. ބިންސާފު ކުރުމުގެ ގޮތުން އާދަޔާ ހިލާފަށް ރުއްގަސް ކަނޑާނަމަ، އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓެއް ހަދައި، ހުއްދަ ހޯދަންޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެއެވެ.

ފަނަރަ ފޫޓަށް ވުރެ ދިގު ރުއްގަސް ނުގެންދެވޭނެ ކަމަށާއި ކަޅު ފަސްގެންދެވޭނެ ކޮތަޅުތަކުގެ ބޮޑުމިނާއި ކުޑަމިން ވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. ގަވާއިދު ބުނާ ގޮތުން ގޮނޑުދޮށުން ފެށިގެން އެއްގަމަށް 15 މީޓަރުގެ ފުޅާ ސަރަހައްދުގައި ހުންނަ ރުއްގަސް ކެނޑުމާއި އުފުރުމަކީ މަނާކަމެވެ. ކަނޑޫފަލާއި ކުޅިފަދަ ތަންތަނާއި އެތަންތާގެ ވަށައިގެންވާ 15 މީޓަރުގެ ސަރަހައްދުން ވެސް ރުއްގަސް ކެނޑުމާއި އުފުރުމާއި ނެގުމަކީ ވެސް މަނާކަމެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާރަކަށް އައިސް ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުން އާންމުވަމުންދާ ކަމަށެވެ. ގަވާއިދާ ހިލާފަށް އެކަން ކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

ނަމަވެސް 25 އަހަރުވީ ގާނޫނެއްގެ ބާރު ލިބިގެން ހާދާފައިވާ އެ ގަވާއިދު އަދިވެސް އެ އޮތީ ތަންފީޒު ނުކުރެވިއެވެ. އެ ގަވާއިދު ދަށުން މޮނީޓާ ކުރަންޖެހޭ ކަންތައްތައް އެ ވަނީ ނުކުރެވިއެވެ. އިއްޔެ އަމަލު ނުކުރެވުނު ކަމަކަށް މިއަދު އަމަލު ކުރަން ސަރުކާރުން އަވަސް އަރުވާލަނީއެވެ. ވަރިހަމަކޮށްގެން ތިއްބައި، އަނެއްކާވެސް ކުރިމަތި މިވީ ތިމާވެށީގެ ބޮޑު މައްސަލައެކެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ މާލީ ގޮތުން ލިބޭ ކުޑަ ފައިދާއަކަށް ރަށުގައި ހުންނަ ބިޔަ ގަސްތައް އެހެން ރަށްތަކަށް ވިއްކުމާއި ހޭޅި ފަށުގައި ހުންނަ މަގޫގަސް ފަދަ ގަސްގަހާ ގެހި ވިއްކުމަކީ މުސްތަގުބަލުގައި ރަށަށް ބޮޑެތި ގެއްލުން ތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

"މިގޮތުން ރަށް ގިރުމަށް މަގު ފަހި ވުމާއި ވިއްސާރަ މޫސުމުގައި ފެންބޮޑުވުމާއި މި ގޮތަށް އެއް ރަށުން އަނެއް ރަށަށް ގެންދެވޭ ގަސްގަހުން ބަލި ފެތުރުން ފަދަ ތިމާވެށީގެ މައްސަލަތައް ފާހަގަކުރެވެއެވެ." އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ރުއްގަހާ ގުޅޭ ގަވާއިދަށް ބެލުމެއް ނެތި ގިނަ ރުއްގަސް ކަނޑައި، އަދި ވިޔަފާރި ބޭނުމަށް އެފަދަ ރުއްގަސް ވިއްކަމުންދާއިރު އެކަން ހުއްޓުވުމަށް ސަރުކާރު ވަނީ ނުކުޅެދިފައެވެ. ރަށްރަށުން ރުއްގަސް ގަންނަމުންދާ ބައެއް ކުންފުނިތަކުގެ ތެރޭގައި ފަޅުތައް ހިއްކައިގެން ރިސޯޓު ތަރައްގީ ކުރާ ކުންފުނިތައް ހިމެނެވެ. ރިސޯޓު ހެދުމަށް ހިއްކާފައިވާ ސަރާސަރު އެ ހިކިފަސް ބިންތަކުގައި ގަސް އިންދުމަށް މީހުން ދިރިއުޅޭ ރަށްތަކުގެ ހޭޅިފަށުގައި ހެދިފައި ހުންނަ ގަސްތައް އުފުރައިގެން ގެންދިއުމުގެ ސަބަބުން، ރަށްތައް ގިރުމުގެ ބިރާ ވަނީ ކުރިމަތިވެފައެވެ. ނުރައްކަލުގެ ރަތް ސިގުނަލް މި ވަނީ އަޅަން ފަށާފައެވެ.

މައްސަލައެއްގެ މައްޗަށް މައްސަލައެކެވެ. ފަޅުތަކުގެ ދިރުންތަކަށް ބެލުމެއް ނެތި މާލި މަންފާއަށް ރިސޯޓުތައް ހެދުމަށް ބިން ހިއްކަމުން، ނުކުތް ނަތީޖާ މި ވަނީ ހިތިވެފައެވެ. ފެންމަށްޗަށް ތިލަކުރި ބިންތައް ފެހި ކުރަން، ގުރުބާން ކުރަން މި ޖެހުނީ އެތައް ޒަމާނެއްވީ ރަށްތަކުގެ ފެހިކަމެވެ. ރާއްޖޭގެ ރަށްތަކުގެ ތިމާވެށީގެ ނާޒުކުކަން އިންތިހާއަށް އޮތްއިރު، ހޭޅި ފަށުންނާއި ހޭޅިފަށާ ގުޅިފައިވާ ސަރަހައްދުތަކުން ރުއްގަސް ގެންދިމުން ނުރައްކަލާ ކުރިމަތިވީ އެ ރަށްތަކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

24 އޯގަސްޓު 2017

އަނިލްގެ އިތުބާރުގެ މައްސަލަ ކުރިއަށް ގެންދެވޭނީ ގަވާއިދު އިސްލާހުކޮށްގެން: މަސީހު

24 އޯގަސްޓު 2017
އަނިލްގެ އިތުބާރުގެ މައްސަލަ ކުރިއަށް ގެންދެވޭނީ ގަވާއިދު އިސްލާހުކޮށްގެން: މަސީހު
21 އޯގަސްޓު 2017

ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ލޯނު ދޫކުރުމާ ބެހޭ ގަވާއިދު އާންމުކޮށްފި

21 އޯގަސްޓު 2017
ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ލޯނު ދޫކުރުމާ ބެހޭ ގަވާއިދު އާންމުކޮށްފި
31 ޖުލައި 2017

މަޖިލިހަށް ފާރިސް ހާޒިރު ނުކުރުމަކީ މަޖިލީހުގެ ހުރުމަތް ކެނޑުން: ވަކީލް

31 ޖުލައި 2017
މަޖިލިހަށް ފާރިސް ހާޒިރު ނުކުރުމަކީ މަޖިލީހުގެ ހުރުމަތް ކެނޑުން: ވަކީލް
10 ޖުލައި 2017

ޕާޓީގެ އުސޫލުތަކާއި ގަވާއިދުތަކާއި ހިލާފުވުމުންވެސް ވަކި ނުކުރުމުން މުސްތަފާ އަމިއްލައަށް ޕީޕީއެމްއިން ވަކިވެއްޖެ

10 ޖުލައި 2017
ޕާޓީގެ އުސޫލުތަކާއި ގަވާއިދުތަކާއި ހިލާފުވުމުންވެސް ވަކި ނުކުރުމުން މުސްތަފާ އަމިއްލައަށް ޕީޕީއެމްއިން ވަކިވެއްޖެ
06 ޖޫން 2017

ފުޅާ ދާއިރާއެއްގައި ރުއްގަސް ކެނޑޭނީ ސަރުކާރުން ހުއްދަ ދޫކޮށްފައިވާ ފަރާތްކަށް ކަމަށް ކަނޑައަޅައިފި

06 ޖޫން 2017
ފުޅާ ދާއިރާއެއްގައި ރުއްގަސް ކެނޑޭނީ ސަރުކާރުން ހުއްދަ ދޫކޮށްފައިވާ ފަރާތްކަށް ކަމަށް ކަނޑައަޅައިފި
01 ޖޫން 2017

ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދު ތަންފީޒުކުރުން މަޑުޖައްސާލައިފި

01 ޖޫން 2017
ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދު ތަންފީޒުކުރުން މަޑުޖައްސާލައިފި
25 މެއި 2017

ކެޓްމަރާންއެއްގައި ނުކުމެ އުޅެނިކޮށް ގެއްލުނު މީހާފެނިއްޖެ

25 މެއި 2017
ކެޓްމަރާންއެއްގައި ނުކުމެ އުޅެނިކޮށް ގެއްލުނު މީހާފެނިއްޖެ
02 މާރިޗު 2017

މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ

02 މާރިޗު 2017
މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ
24 ޖެނުއަރީ 2017

އެއަރޕޯޓު ޓެކުހާއި ފީ ނެގުމުގެ ގަވާއިދު ގެޒެޓުކޮށްފި

24 ޖެނުއަރީ 2017
އެއަރޕޯޓު ޓެކުހާއި ފީ ނެގުމުގެ ގަވާއިދު ގެޒެޓުކޮށްފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް