Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޖަސްޓިން ޓިމްބަލޭކް

ދިގު އިންތިޒާރަކަށް ފަހު ޖަސްޓިން ޓިމްބަލޭކްގެ އާ އަލްބަމް ފެބްރުއަރީ 2 ގައި ރިލީޒް ކުރަނީ

އޭނާ އެންމެ ފަހުން އަލްބަމެއް ރިލީޒްކޮަށްފައި ވަނީ ހަތަރު އަހަރު ކުރިން

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 3 ޖެނުއަރީ 2018 | ބުދަ 18:18
ޖަސްޓިން ޓިމްބަލޭކްގެ އާ އަލްބަމް ރިލީޒްކުރަނީ 2 ފެބްރުއަރީ ގައި

ޖަސްޓިން ޓިމްބަލޭކްގެ އާ އަލްބަމް ރިލީޒްކުރަނީ 2 ފެބްރުއަރީ ގައި

ދިގު އިންތިޒާރަކަށް ފަހު ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ޓިމްބަލޭކް އާ އަލްބަމް ރިލީޒްކުރާ ދުވަސް އިއުލާންކޮށްފިއެވެ.

އޭނާގެ އެންމެ ފަހު އަލްބަމް "ދަ 20/20 އެކްސްޕީރިއަންސް - ޓޫ އޮފް ޓޫ" ރިލީޒްކުރިތާ ހަތަރު އަހަރު ފަހުން ޖަސްޓިންގެ އާ އަލްބަމެއް ރިލީޒް ކުރަން ތައްޔާރު ވަމުންދާކަން އިއުލާން ކޮށްފައި ވަނީ އަންގާރަ ދުވަހުވެ.

ފެބްރުއަރީ 2 ގައި "މޭން އޮފް ދަ ވުޑްސް" ރިލީޒްކުރާ ކަން އިއުލާން ކޮށްފައި ވަނީ ޓްވިޓާގައި އެއް މިނިޓްގެ ވީޑިއޯއެއް މެދުވެރިކޮށެވެ.

މި އަލްބަމްގެ "އިންސްޕިރޭޝަން" އަކީ އޭނާގެ ދަރިފުޅާއި އަންހެނުންނާއި އާއިލާކަން ފާހަގަކޮށް މިއީ ވަރަށް "ޕަރސަނަލް" އަލްބަމެއްކަން، ގްރެމީ އެވޯޑްގެ އިތުރުން އެހެނިހެން ގިނަ އެވޯޑްތަކެއް ކާމިޔާބު ކޮށްފައިވާ ޖަސްޓިން ބުންޏެވެ.

ވީޑިއޯގައި އެކި މަންޒަރު ފެނިގެންދާއިރު، އޭނާގެ އަންހެނުން، މަޝްހޫރު އެކްޓްރެސް ޖެސިކާ ބީލް އާއި އެމީހުންގެ ދަރިފުޅު، ދެ އަހަރުގެ ސިލަސް ވެސް ފެނިގެންދެއެވެ.

"މޭން އޮފް ދަ ވުޑްސް" ގައި ޖަސްޓިންއާ އެކު މަސައްކަތް ކޮށްފައިވާ އާޓިސްޓުންގެ ތެރޭގައި ފެރެލް، އެލީޝާ ކީސް، ޓިމްބަލޭންޑް އަދި ނެޕްޓިއުން ހިމެނެއެވެ.

"މޭން އޮފް ދަ ވުޑްސް" ރިލީޒްކުރާތާ ދެ ދުވަސް ފަހުން، ފެބްރުއަރީ 4 ގައި ޖަސްޓިން ސުޕަރބޯލް ހާފްޓައިމް ޝޯވގައި ޕަރފޯމް ކުރާނެވެ.

ނުވަދިހައިގެ އަހަރުތަކުގައި ފުރަތަމަ ފެނިގެން ދިޔަ ޖަސްޓިން ޓިމްބަލޭކް މަޝްހޫރު ވެފައި ވަނީ އެމެރިކާގެ ފިރިހެން ބޭންޑެއް ކަމަށްވާ "އެންސިންކް"ގެ މައި ލަވަކިޔުންތެރިޔާގެ ގޮތުގައެވެ. އެއަށް ފަހު ކާމިޔާބު ސޯލޯ ކެރިއަރަކަށް ފަހު ޖަސްޓިން ވަނީ މިއުޒިކް ދުނިޔެއިން ބްރޭކެއް ނެގުމަށް ފަހު އެކްޓް ކުރުމަށް ފޯކަސް ކޮށްފައެވެ. އެ ގޮތުން އޭނާ ވަނީ ވިއްސަކަ ފިލްމްގައި ހަރަކާތްތެރިވެފައެވެ. އޭގެ ތެރެއިން "ފްރެންޑްސް ވިތު ބެލެނެފިޓްސް" އާއި، "ދަ ސޯޝަލް ނެޓްވޯކް" "އިން ޓައިމް"، "ދަ ލަވް ގްރޫ"، " ދަ އޯޕެން ރޯޑް" އަދި "އަލްފާ ޑޯގް" ފާހަގަކޮށްލެވެއެވެ. އަދި އެނިމޭޓެޑް ފިލްމްތައް ކަމަށްވާ "ޔޯގީ ބެއާ" އާއި "ޝްރެކް ދަ ތާޑް" އަދި "ޓްރޯލްސް" ގެ ކެރެކްޓާތަކަށް އަޑު އަޅާފައި ވެއެވެ. "މޭން އޮފް ދަ ވުޑްސް' އަކީ މި ބްރޭކަށް ފަހު ޖަސްޓިން ރިލީޒްކުރާ ފުރަތަމަ އަލްބަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

26 މާރިޗު 2017
ފަސް އަހަރަށް ފަހު ސަލްމާނާއި ކެޓްރީނާ ކުޅޭ ފިލްމުގެ ފުރަތަމަ މަންޒަރު

ފަސް އަހަރަށް ފަހު ސަލްމާނާއި ކެޓްރީނާ ކުޅޭ ފިލްމުގެ ފުރަތަމަ މަންޒަރު

23 މާރިޗު 2017
ޑްރޭކަށް ފަހު ޖޭލޯ އެލެކްސް ރޮޑްރިގެޒްއާ އެކު؟

ޑްރޭކަށް ފަހު ޖޭލޯ އެލެކްސް ރޮޑްރިގެޒްއާ އެކު؟

20 މާރިޗު 2017
ނޫރަށް ފަހު ނޫސްވެރިންނަށް ކުރާ އިޚުތިރާމް އިތުރުވެއްޖެ: ސޮނާކްޝީ

ނޫރަށް ފަހު ނޫސްވެރިންނަށް ކުރާ އިޚުތިރާމް އިތުރުވެއްޖެ: ސޮނާކްޝީ

08 މާރިޗު 2017
ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި

ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި

08 މާރިޗު 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު