Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފާރިސް މައުމޫން

ފާރިސްގެ ބަންދުގެ މައްސަލަ ހައި ކޯޓަށް ހުށަހެޅި ފަހުން ފަސް މަސް، އަދިވެސް ހުކުމެއް ނުކުރެވޭ

ބަންދުގެ މައްސަލަ ހައި ކޯޓުން ބެލި ބެންޗް ބަދަލުކޮށްފައިވަނީ ހުކުމް ކުރުމާ ހަމައަށް ގޮސްފައިވަނިކޮށް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2017 | އާދީއްތަ 00:18
ފާރިސް ފުލުހުންގެ ބެލުމުގެ ދަށުން މާފުއްޓަށް ގެންދަނީ

ފާރިސް ފުލުހުންގެ ބެލުމުގެ ދަށުން މާފުއްޓަށް ގެންދަނީ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރުމަށް ނެރުނު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލްކުރަން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރިފަހުން ހުކުމެއް ނުކުރެވި ފަސް މަސްވެއްޖެ އެވެ.

ފާރިސް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި އަދި އެ އަމުރުގެ ދަށުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން, ތުހްމަތު ކުރެވޭ ރިޝްވަތު ހުށަހެޅުމުގެ ކުށުގެ ދައުވާގެ އަޑުއެހުން ނިމެންދެން ބަންދުގައި ބަހައްޓަން ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފުކުރީ މިދިޔަ ޖުލައި މަހު އެވެ. އަދި އެ މައްސަލަ ހައިކޯޓުން ބަލައިގެންފައިވަނީ ޖުލައި 25 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

ފާރިސް ހައްޔަރުކުރުމަށް ނެރުނު އަމުރުގެ ދަށުން، ޖުލައި 18 ވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށް ފަހު، ބަންދާއި މެދު ގޮތެއް ނިންމުމަށް ޖުލައި 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުން، ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށް ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީއިން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ފާރިސް ހައްޔަރު ކުރުމަށްފަހު އޭނާގެ މައްޗަށް އުފުލި ދައުވާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް، މަޖިލިސް މެންބަރަކަށް ރިޝްވަތު ހުށަހަޅާފައިވާ ކަމަށެވެ.

ފާރިސް ދެއްވި ކަމަށްބުނާ ރިޝްވަތުގެ ފައިސާ ހިފައިގެން މަޖިލިސް މެމްބަރު ގާތަށް ދިޔަ ކަމަށް ތުހްމަތު ކުރެވޭ މީހާވެސް ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް އޭނާ ބަންދުގައި ނުބެހެއްޓޭނެ ކަމަށް ބުނެ ހައި ކޯޓުން ކޮށްފައިވާ ހުކުމުގައިވާ ގޮތުން ރިޝްވަތުގެ ކުށުގެ ތުހްމަތަކީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ބޮޑު ކުށެއްގެ ތުހްމަތު ކަމަށް ނުވާތީ ޝަރީއަތް ނިމެންދެން ބަންދުގައި ނުބެހެއްޓޭނެ ކަމަށެވެ. އެހެން ނަމަވެސް ރިޝްވަތުގެ ކުށަކީ ބޮޑު ކުށެއްގެ ތުހްމަތުކަމަށްބަލައި، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު އޭގެ ފަހުންވެސް ބާތިލް ކޮށްފައިނުވެއެވެ.

ފާރިސްގެ ބަންދުގެ އިސްތިއުނާފީ މައްސަލާގައި އޯގަސްޓް މަހުގެ 9 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށްފަހު އަޑުއެހުންތައް ނިމުނީ ކަމަށް މައްސަލަ ބެއްލެވި ބެންޗުން އިއުލާން ކުރެއްވި އެވެ. ނަމަވެސް އެ ބެންޗްގެ އިސް ފަނޑިޔާރަކަށް ސަމީރު އިންނަވަނިކޮށް އިސް ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ އެ މައްސަލާގެ ފައިލްތައް ސަމީރު އަތްޕުޅުން ނަންގަވައި އޭނާ ސެކްޝަނަށް ގެންދަވާފަ އެވެ.

އަދި އެ މައްސަލަ ބެއްލެވި އެ ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަހްމަދު ސަމީރާއި ފަނޑިޔާރު އަބްދުލް ރައޫފުގެ ބެންޗް ބަދަލު ކުރެއްވި އެވެ. އަލުން އެކުލަވާލި ބެންޗްގައި ފަނޑިޔާރު ސަމީރު ބޭރުކޮށް، ފަނޑިޔާރު ޝުޖާއު އުސްމާން ވަނީ ބެންޗުގެ ރިޔާސަތަށް ހަމަޖައްސަވާފަ އެވެ.

ހައި ކޯޓުގެ ދެކުނު ގޮތްޕައް ކަނޑައަޅުއްވާފައި ހުންނަވަނިކޮށް ފަނޑިޔާރު ޝުޖާއު އުސްމާން އެ ބެންޗަށް ގެންނެވީ ތިން މަސްދުވަހުގެ ނިޔަލަށް މާލޭގެ ހައި ކޯޓުގައި މަސައްކަތް ކުރެއްވުމަށް ސުޕްރީމް ކޯޓުން ނެރުއްވި އަމުރެއްގެ ދަށުންނެވެ. ނަމަވެސް އޭނާ މާލޭ ކޯޓަށް ބަދަލުކުރި ތިން މަސް ދުވަސް ހަމަވިއިރުވެސް ފާރިސްގެ މައްސަލާގައި ހުކުމެއް ނުކުރެވުނެވެ.

ފާރިސް ބަންދުގައި ހުންނެވި މި ދުވަސްތަކުގެ ތެރޭގައި އިސްތިއުނާފުގެ މައްސަލަ އަވަސްކޮށްދޭން އެކި ފަހަރުގެ މަތިން ހައި ކޯޓުގަ އާއި ސުޕްރީމް ކޯޓުގައި އެދިފަ އެވެ. ފާރިސްއާމެދު ކޮށްފައިވާ ތުހްމަތު ކުރާ ކުށަކީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ބޮޑު ކުށެއްގެ ތުހްމަތު ނޫން ކަމަށް ހައި ކޯޓުންވެސް ނިންމާފައިވާތީ އޭނާ ދޫކޮށްލުމުގެ އަމުރެއް ނެރެދިނުމަށް ޕްރޮސެކިއުޓާ ޖެނަރަލްއަށްވެސް ވަކީލުން ހުށަހެޅުއްވި އެވެ.

ރިޝްވަތު ހުށަހެޅުމުގެ ކުށުގައި ޖުލައި 18 ގައި ފާރިސް ބަންދު ކޮށްފައިވާއިރު އޭނާގެ މައްޗަށް އެކުށުގައި ދައުވާ އުފުލީ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު އެވެ.

އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް ބަންދުކޮށްފައިވާއިރު، ޝަޙްސް އޮޅުވާލުމުގެ ދައުވާކޮށް އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޝަރީއަތެއް ދަނީ ހިންގަމުންނެވެ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު