Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔާޔާ ޓޫރޭ

އަނެއްކާ ވެސް ގައުމީ ޓީމަށް ކުޅެން ޔާޔާ ޓޫރޭ ނިންމައިފި

27 ޑިސެމްބަރު 2017 | ބުދަ 13:11

އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 27 ޑިސެމްބަރު 2017 | ބުދަ 13:11
އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ތަށި ޓޫރޭއާ ހަވާލުކުރަނީ

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ތަށި ޓޫރޭއާ ހަވާލުކުރަނީ

ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމި ނިންމުން އަނބުރާ ގެންގޮސް އަލުން އަނބުރާ ގައުމީ ޓީމަށް ކުޅެން މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އައިވޮރީ ކޯސްޓްގެ މިޑްފީލްޑަރު ޔާޔާ ޓޫރޭ ނިންމައިފިއެވެ.

އުމުރުން 34 އަހަރުގެ ތަޖުރިބާކާރު މިޑްފީލްޑަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭރު އޭނާއަކީ އައިވަރީ ކޯސްޓުގެ ޓީމުގެ ކެޕްޓަންވެސްމެއެވެ. އެހެން ނަމަވެސް އޭނާ ވަނީ މި ނިންމުން އަނބުރާ ގެންދިޔަކަން ކަށަވަރު ކޮށްދީފައެވެ.

ޓޫރޭ ކުރި ޓްވީޓެއްގައި ވަނީ އޭނާގެ ގައުމު ދެކެ ވަރަށް ލޯބިވާ ކަމަށާއި ގައުމީ ޓީމަށް އޭނާ އަލުން އަނބުރާ ކުޅެން ބޭނުންވާ ކަމަށް ބުނެފައެވެ. އަދި އޭނާގެ ތަޖުރިބާގެ އަލީގައި ޒުވާން ކުޅުންތެރިންނަށް އެހީތެރިވާން ބޭނުންވާ ކަމަށް ވެސް ޓޫރޭގެ މި ޓްވީޓުގައިވެއެވެ. އެހެންކަމުން އައިވަރީ ކޯސްޓުން ދެން ކުޅުމަށް ހަމަޖެހިފައިވާ ރަހުމަތްތެރިކަމުގެ މެޗުތަކަށް އޭނާ ނެގުމަކީ އެކަށީގެންވާ ކަމެކެވެ.

މިކަމާއި ގުޅިގެން އޭނާގެ އޭޖެންޓު ޑިމިޓްރީ ސެލުކް ކުރި ޓްވީޓެއްގައި ވަނީ ގައުމީ ޓީމަށް އޭނާ ކުޅެން ނިންމީ އަނެއްކާ ވެސް އެ ގައުމަށް ތައްޓެއް ހޯދައިދިނުމުގެ އުއްމީދުގައި ކަމަށެވެ.

އަންނަ އަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕުން އެ ގައުމަށް ފުރުސަތު ގެއްލުނު ނަމަވެސް 2019 ވަނަ އަހަރު އޮންނަ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންއަށް އެ ގައުމުގެ ގައުމީ ޓީމު އަންނަނީ ތައްޔާރު ވަމުންނެވެ. ކޮލިފައިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗު މަހުގައެވެ.

މެންޗެސްޓާ ސިޓީ ދޫކޮށް އެހެން ޓީމަކަށް ޓޫރޭ ބަދަލުވާން އުޅޭ ކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. ބާސެލޯނާ ދޫކޮށް ޓޫރޭ ސިޓީއާ ގުޅިފައިވަނީ 2010 ވަނަ އަހަރުއެވެ. އޭނާގެ ލީޑާޝިޕުގެ ދަށުން އެ ޓީމުން ގިނަ ކާމިޔާބުތަކެއް ހޯދާފައިވާއިރު އޭނާގެ އޭޖެންޓު ވަނީ މިވާހަކަތައް ދޮގުކޮށްފައެވެ.

މި ވާހަކަތައް ދޮގު ކުރަމުން ސެލުކް ބުނެފައިވަނީ ޓޫރޭ ސިޓީގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށާއި ފިނި މޫސުމުގެ ޓްރާންސްފާގައި އޭނާ އެހެން ޓީމަކަށް ބަދަލުނުވާނެ ކަމަށެވެ. އޭނާ ބޭނުން ވަނީ ތިން ފަހަރެއްގެ މަތިން ޕްރިމިއާ ލީގުގެ ތަށި އުފުލާލަން ކަމަށާއި އަދި އޭނާގެ ތަޖުރިބާގެ ބޭނުން ކޮށްގެން ޒުވާން ކުޅުންތެރިންނަށް އެހީވުމަށް ވެސް ޓޫރޭ ބޭނުންވާ ކަމަށް އޭނާގެ އޭޖެންޓް ހާމަކޮށްފައިވެއެވެ.

ޓޫރޭ އެންމެފަހުން ގައުމީ ޓީމަށް މެޗެއް ކުޅެދީފައި ވަނީ 2015 ވަނަ އަހަރު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލުގައެވެ. އޭނާ ވަނީ އައިވޮރީ ކޯސްޓުގެ ގައުމީ ޓީމަށް 100 މެޗު ކުޅެދީ 19 ލަނޑު ޖަހައިދީފައެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުން 2015 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް އެ ގައުމުން ކާމިޔާބު ކުރިއެވެ. ޓޫރޭގެ ކާމިޔާބު ކެރިއަރުގައި އޭނާ ވަނީ ހަތަރު ފަހަރެއްގެ މަތިން އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް