Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް މީޑިއާ ކައުންސިލް

ޚާރިޖީ ގުޅުންތަކަށް ބުރޫއަރާ ގޮތަށް ލިޔުންތައް ޝާއިއުކުރާ ފަރާތްތަކުގެ މައްސަލަ ބަލަނީ

މިފަދަ ކޮންޓެންޓްތައް ޝާއިއުކުރުމަކީ ގައުމީ ސަލާމަތަށާއި ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ހީނަރުވެގެން ހިނގައިދާނެ ކަމެއް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 21 ޑިސެމްބަރު 2017 | ބުރާސްފަތި 11:19
އެމްއެމްސީގެ ބައްދަލުވުމެއްގެ ތެރެއިން

އެމްއެމްސީގެ ބައްދަލުވުމެއްގެ ތެރެއިން

ދިވެހިރާއްޖެއިން ގާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ބުރޫއަރާ ގޮތަށް ލިޔުންތައް ޝާއިއުކުރާ ފަރާތްތަކުގެ މައްސަލަ ބެލުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނިންމައިފިއެވެ.

އެމްއެމްސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއާ ގުޅުން ގާއިމުކޮށްފައިވާ ބައެއް ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ހީނަރުވެގެން ހިނގައިދާނެ ކޮންޓެންޓްތައް، އޮންލައިން މީޑިއާތަކުން ޝާއިއު ކުރަމުންދާކަމުގެ ޝާކުވާތައް އެ ކައުންސިލަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި މިފަދަ މައްސަލަތަކާއި އެހެނިހެން މައްސަލަތައް ގާނޫނާއި ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އެ ކައުންސިލުން ބަލަމުންދާނެ ކަމަށް މި ބަޔާނުގައިވެއެވެ.

Advertisement - newsAdvertisement

އެ ކައުންސިލުން ބުނީ މިފަދަ ކޮންޓެންޓްތައް ޝާއިއުކުރުމަކީ ގައުމީ ސަލާމަތަށާއި ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ހީނަރުވެގެން ހިނގައިދާނެ ކަމެއް ކަމަށެވެ.

އެ ބަޔާނުގައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންޓެންޓް ފެތުރުމަކީ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން މަނާ ކަމެއް ކަމަށާއި މިފަދަ ޚިޔާލުތައް މީޑިއާގައި ހާމަކޮށްގެން ލިބިދާނެ ގެއްލުމަކުން މީޑިއާއާއި ރިޕޯޓަރުން ސަލާމަތް ކުރުމަށްޓަކައި ހޭލުންތެރިކުރުވުމަކީ ވެސް އެ ކައުންސިލްގެ ޒިންމާއަކަށްވުމާއެކު އެ ކައުންސިލުން ވަނީ މިކަންކަމާމެދު މީޑިއާތަކުން ފަރުވާތެރިވުމަށް އިލްތިމާސްކޮށްފައެވެ.

އެ ކައުންސިލުން ވަނީ ގާނޫނުގައި ހިޔާލްފާޅުކުރުމުގެ މިނިވަންކަން ހަނިކުރާ ހާލަތްތަކުގެ ތެރެއަށް މީޑިއާތަކުން ނުވަނުމަށާއި، ރާއްޖެއާ ޚާރިޖީ ގުޅުން ގާއިމުކޮށްފައިވާ ގައުމުތަކާއި މެދު އޮންނަ ގުޅުން ހީނަރުވާފަދަ ކޮންޓެންޓް ޝާއިއު ނުކުރުމަށާއި، އެފަދަ އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް އިލްތިމާސް ކޮށްފައެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު