Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކްސް ނުދައްކާ ފަރާތްތައް

ޓެކްސް ނުދައްކާ 26 ފަރާތެއްގެ މައްސަލަ ކޯޓަށް ހުށަހެޅިފައިވޭ: މީރާ

17 ޑިސެމްބަރު 2017 | އާދީއްތަ 11:57

މިމަހުގެ 06 ވަނަ ދުވަހު ތިން މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅާފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 17 ޑިސެމްބަރު 2017 | އާދީއްތަ 11:57
މީރާގެ މުވައްޒަފުން އޮފީހުގައި މަސައްކަތްކުރަނީ

މީރާގެ މުވައްޒަފުން އޮފީހުގައި މަސައްކަތްކުރަނީ

ދައުލަތަށް ޓެކްސް ނުދައްކާ 26 ފަރާތެއްގެ މައްސަލަ މިހާރުވެސް ސިވިލް ކޯޓުގައި ކުރިއަށްދާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފަ އެވެ.

މީރާއިން ޓެކްސް ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ގޮތުން ގިނަ މައްސަލަތަކެއް ސިވިލް ކޯޓަށް ހުށަހަޅާފައިވާ އިރު މިމަހުގެ 06 ވަނަ ދުވަހު ވަނީ ތިން މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި މުހައްމަދު އަހުމަދު ދީދީ ނަމަކަށް ކިޔާ މީހަކު 7.1 މިލިއަން ރުފިޔާ ޖީއެސްޓީގެ ގޮތުގައި ދައްކަންޖެހި ނުދައްކާ ވާތީ އެ މައްސަލަވެސް ވަނީ ހުށަހަޅާފަ އެވެ. އޭގެ އިތުރުން ބެވަރޭޖް ޓްރިޕަލް ޕްރައިވެޓް ލިމިޓެޑުން 1.4 މިލިއަން ރުފިޔާ ޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ މައްސަލައެއްވެސް ވަނީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.

Advertisement - newsAdvertisement

މީގެ އިތުރުންވެސް މިފާއިތުވެ ދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި ގިނަ މައްސަލަތަކެއް މީރާ އިން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. އެގޮތުން އޮކްޓޫބަރު މަހު އެކަނި ވެސް 12 މައްސަލައެއް މީރާއިން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.

މީގެ އިތުރުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގައި މީރާ އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން އަމިއްލަ ދެ ކުންފުންޏަކުން މީރާ އަށް ޓެކްސް ފައިސާގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށް އެ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

މީރާ އިން ޓެކްސް ނުދައްކާ މައްސަލަތަކުގައި ތަފާތު އެކި ފިޔަވަޅުތައް އަޅަމުންދެ އެވެ. އެގޮތުން ޗެކް ބައުންސްވުމުން ނުވަތަ އެއްވެސް ސަބަބަކާހުރެ ޗެކް އަނބުރައި ލިބޭ ހާލަތްތަކުގައި ކަނޑައަޅައިފައިވާ މުއްދަތުތަކުގެ ތެރޭގައި ފައިސާ ދައްކައި ހަލާސްނުކޮށްފި ކަމުގައިވާ ނަމަ ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން އެފަރާތްތަކާ މެދު ދައުވާކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް މީރާ އިން ކަނޑައަޅާފައިވާ އުސޫލުގައިވެ އެވެ. މީގެ އިތުރުން ޓެކްސް ދައްކަންޖެހޭ ފަރާތެއްގެ ޚަބަރެއް ނުވެ ކަނޑައަޅާފައިވާ މުއްދަތު ހަމަވެ، އެފަރާތަކުން ދައްކަންޖެހޭ ފައިސާގެ އަދަދު 10،000 ރުފިޔާއަށް ވުރެ މަތިވެއްޖެ ނަމަވެސް އެފަރާތެއްގެ މައުލޫމާތު ގެޒެޓް ކުރެވޭނެ ކަމަށް މީރާއިން ބުނެ އެވެ. އަދި އެފަރާތެއް ދައްކަންޖެހޭ އަދަދު 50،000 ރުފިޔާއަށް ވުރެ އިތުރު ވެއްޖެ ނަމަ، އެފަރާތެއްގެ މައުލޫމާތު ޓީވީ އަދި ރޭޑިއޯ މެދުވެރިކޮށްވެސް ހާމަކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން މި އުސޫލުގެ ދަށުން މީރާގެ އެންފޯސްމެންޓް ޕޮލިސީގެ ދަށުން ފައިސާ ދެއްކުމަށް އެދިއްޖެ ނަމަ، އެފަރާތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެ ޕޮލިސީގައިވާ ގޮތުގެ މަތިން ފުރުސަތުދެވޭނެ ކަމަށް މީރާއިން ބުނެ އެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް